Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ސާލިހާއި، އަނބިކަނބަލުން

ރައީސްގެ ދެކަނބަލުންގެ ހަނދާނެއް- އީދު ސައިފޮދަށް ބަތް ހުރުމުން ލިބިވަޑައިގަތީ ހައިރާންކަމެއް!

އެއީ މަޑުމައިތިރި ސާދާ ދިރިއުޅުމެއް އުޅުއްވާ ދެމަފިރިކަނބަލުންކަން އެންމެން ފާހަގަކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 މެއި 2020 | އާދީއްތަ 13:25
ރައީސް ސޯލިޙުއާއި ފަރސްޓްލޭޑީ ފަޒްނާ \"ކޮކާކޯލާ ލޯންގްރަން 2019\" ގައި އެކުގައި ނެންގެވި ފޮޓޯއެއް

ރައީސް ސޯލިޙުއާއި ފަރސްޓްލޭޑީ ފަޒްނާ \"ކޮކާކޯލާ ލޯންގްރަން 2019\" ގައި އެކުގައި ނެންގެވި ފޮޓޯއެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިހާއި، އަނބިކަނބަލުން ފަޒްނާ އަހުމަދަކީ މަޑުމައިތިރި ސާދާ ދިރިއުޅުމެއް އުޅުއްވާ ދެމަފިރިކަނބަލުންގެ ގޮތުގައި އެންމެންވެސް ސިފަ ކުރެ އެވެ. ރައީސްކަމުގެ މަޤާމާއި ޙަވާލުވެވަޑައިގަތުމަށް ފަހުވެސް، ދެކަނބަލުން ފެންނަނީ އާދައިގެ، ހިތްހެޔޮ ދެމަފިރިކަނބަލުންގެ ގޮތުގަ އެވެ. ޒާތީ ދިރިއުޅުއްވުމުގައި ވެސް ރިވެތި ނަމޫނާއެއްގެ ގޮތުގަ އެވެ.

މިއަދު ފިތުރު އީދުގެ އުފާ ފާޅު ކުރަމުން ދާއިރު، ރައީސް ސާލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ ރާއްޖެޓީވީ އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި، ޒާތީ ދިރިއުޅުއްވުމުގެ ވަރަށް ތަފާތު ވާހަކަތަކެއް ހިއްސާ ކުރައްވާފަ އެވެ. އަނބިކަނބަލުން ފަޒްނާގެ އުފަންދުވަހުގެ ތަހުނިޔާއާއެކު، ކައިވެނިފުޅުގެ ދުރު ހަނދާންތަކެއްގެ ވާހަކަ ހިއްސާ ކުރެއްވި އިރު، އެ ވާހަކަފުޅުން ވެސް ދޭހަވަގެން ދިޔައީ ރައީސް ސާލިޙާއި އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ދެމެދުގައި އޮންނަ ލޯތްބާއި ގާތް ގުޅުމެވެ.

އީދުގެ މި އުފާވެރި ވަގުތުގައި އެންމެ ހަނދުމަފުޅުވާ ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ ޖަމާއަތުގައި އީދު ނަމާދު ކުރެއްވުމެވެ. އެއަށްފަހު އީދު ސައިފޮދު އަނބިކަނބަލުންގެ ގެއިން ބެއްލެވުމަށް ފަހު މެންދުރުގެ ކެއުމަށް މަންމާފުޅުގެ ގެއަށް ވަޑައިގަންނަވާ ވާހަކަ ވިދާޅުވީ، އީދުގެ ހަނދާންތައް އައު ކުރައްވަމުންނެވެ. މިއަދު ފުރަބަންދުގެ ޙާލަތުގައި ތިއްބަވާއިރު، އެކަންކަން ހަނދުމަފުޅުވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ގެ އަނބިކަނބަލުން ފަޒްނާ ވިދާޅުވީ، އާންމުކޮށް އީދުގައި އެންމެ ފުރަތަމަ ވަޑައިގަންނަވަނީ މަންމާފުޅުގެ ގެއަށް ކަމަށާއި، ޚުދު މިއަދުވެސް އެންމެ ފުރަތަމަ އެ ފަޅުކަން އިހުސާސްވެ ވަޑައިގެން ކަމަށެވެ. އެކަމާއި ކޮންމެވެސް ވަރަކަށް މާޔޫސްވެވަޑައިގެން ކަމަށް މެޑަމް ފަޒްނާ ވިދާޅުވި އެވެ.

އީދު ދުވަހު ހެނދުނުގެ ނާސްތާއަށް އަނބިކަނބަލުންގެ ގެއަށް ވަޑައިގަންނަވާ ވާހަކަ ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ކައިވެނި ބައްލަވައިގެން ދެކަނބަލުން އެކުގައި ފާހަގަކުރެއްވި ފުރަތަމަ އީދު ގައި، އީދު ސައިފޮދަށް ވަޑައިގެންނެވި އިރު، އެ ގޭގައި އީދު ކެެއުމަކަށް ބަތް ކައްކާފައި ހުރި ކަމަށެވެ. އެންމެ ތުއްޕުޅު އިރުން ފެށިގެން އީދު ސަޔަށް ރޮށްޓާއި ސައި ބައްލަވައިގެންނެވި އިރު، އޭގެ ބަދަލުގައި އަނބިކަނބަލުން ގޭގައި ބަތް ހުރުމުން ހައިރާންކަމެއް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

ސަމާސާ ރާގުފުޅެއްގައި ރައީސް ވިދާޅުވީ، އެ ދުވަހު "ކުޑަ ގޮތެއް" ހެއްދެވުމަށް ފަހު ސުފުރާމަތިން ފައިބައިވަޑައިގަތީ ކަމަށެވެ. އެ ހަނދާން އައު ކުރައްވަމުން މެޑަމް ފަޒްނާ ވެސް ވިދާޅުވީ، އެ ދުވަހު އެކަމަނާއަށް ވެސް ރައީސްގެ އެ ހައިރާންކުރުވަނިވި ހަރަކާތް ފާހަގަ ކުރެއްވުނު ކަމަށެވެ.

މި ވާހަކަފުޅު ތަކުގެ ތެރެއިން ރައީސް ވަނީ ކުޑައިރު އަމިއްލަ ރަށް ޅ. ހިންނަވަރުގައި އުޅުއްވި ހަނދާންވެސް އައު ކުރައްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ، ހެނދުނު މަގުމައްޗަށް ނުކުމެ ކުޅުއްވަން އުޅުއްވުމާއި، ރަށްފުށުގެ އުފާވެރި ދިރިއުޅުން ހަނދުމަފުޅުވާ ކަމަށެވެ. ޚާއްސަ ގޮތެއްގައި ލޮކްޑައުންއެއްގައި ތިއްބަވާއިރު، ކުރީގެ ހަނދާންތައް އައު ކުރުމާއި، ކުރީގެ ފޮޓޯތައް ބެލުމަކީ އެންމެންނަށް ވެސް ކުރެވޭ ކަމެއްކަން ރައީސްގެ މި ވާހަކަފުޅާއި ގުޅިގެން މެޑަމް ފަޒްނާ ވެސް ވިދާޅުވި އެވެ.

ކޮންމެއަކަސް، އީދުގެ ތަހުނިޔާއާއި މުބާރަކްބާދީއާއެކު ވެސް ރައީސްގެ ދެކަނބަލުންގެ ދެއްވި މެސެޖަކީ ހުރިހާ ރައްޔިތުން ގޭގައި މަޑު ކުރުމެވެ. ކަމާއިބެހޭ ފަރާތްތަކުގެ ލަފައާއި އިރުޝާދަށް ބޯލެނބުމަށެވެ. ރައީސް ވިދާޅުވީ، އާއިލާއާއެކު އީދު ފާހަގަ ނުކުރެވުމުން އެމަނިކުފާނުވެސް ހިތާމަ ކުރެއްވި ނަމަވެސް ކޮންމެ ކަމެއްގެ ފަހަތުގައިވެސް ސަބަބެއް އޮންނާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު

ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު

26 އޯގަސްޓު 2017
މިނިސްޓަރ ސައީދުއާއި އަަވަހަށް މޯޅިވާ ފިނިފެންމާ

މިނިސްޓަރ ސައީދުއާއި އަަވަހަށް މޯޅިވާ ފިނިފެންމާ

19 އޯގަސްޓު 2017
"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ

"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ

15 އޯގަސްޓު 2017
ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

13 އޯގަސްޓު 2017
ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު

ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު

26 ޖޫން 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު