Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑުން އަރައިގަނެވޭނެ މަގު ފަހިވެއްޖެ

ކޮވިޑުން އަރައިގަނެވޭނެ މަގު ފެނިއްޖެ، އިރުޝާދުތަކާއި ލަފަޔާ އެއްގޮތަށް މަސައްކަތްކުރައްވާ: ރައީސް

ކޮވިޑާއި ގުޅިގެން ރައްޔިތުންގެ ތަހައްމަލުކުރައްވަމުން ގެންދަވާ ދަތި އުނދަގޫ އިހުސާސް ކުރެއްވޭ: ރައީސް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 މެއި 2020 | އާދީއްތަ 12:28
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ފުރަބަންދުގެ ކުރިން އެންއީއޯސީގެ މަސައްކަތްތަށް ބައްލަވާލައްވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ފުރަބަންދުގެ ކުރިން އެންއީއޯސީގެ މަސައްކަތްތަށް ބައްލަވާލައްވަނީ

ކޮވިޑް-19 އިން އަރައިގަނެވޭނެ މަގު ފެނިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފިތުރު އީދު ދުވަހާއި ގުޅިގެން ރާއްޖެޓީވީން ގެނެސްދިން "ބާޒާރުމަތިން އެކްސްޓްރާ އީދު ސްޕެޝަލް" ޝޯވްގައި ރައްޔިތުންނަށް ދެއްވި ހާއްސަ މެސެޖުގައި ރައީސް ވިދާޅުވީ ފިތުރު އީދުގެ ހެޔޮއެދުންތައް ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އެމަނިކުފާނާއި، އާއިލާގެ ފަރާތްޕުޅުން އަރިސް ކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ މިހާރު ދިމާވެގެން އުޅޭ ކޮވިޑް ބަލިމަޑުކަމާއެކީގައި ރައްޔިތުން ތަހައްމަލުކުރައްވަމުން ގެންދަވާ ދަތި އުނދަގުލާއި، ގޭގައި ތިއްބަވަން ޖެހުމާއި، ވަކިން ހާއްސަކޮށް މާލޭގެ ކުދިކުދި ތަންތަނުގައި ތިއްބަވަންޖެހުމުން ވެވަޑައިގަންނަވާ ދަތި އުނދަގޫ އިހުސާސް ކުރެއްވޭ ކަމަށެވެ.

ނަމަވެސް މިވަގުތުވެސް ހުރިހާ ރައްޔިތުންގެ ފަރާތްޕުޅުން އެދިވަޑައިގަންނަވަނީ ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް އަމަލުކުރެއްވަމުން ގެންދެވުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިކަމުން އަރައިގަތުމަށް މަގު ފެނިވަޑައިގެންފައިވާ ކަމަށާއި، ނަމަވެސް އަރައިގަނެވޭނީ ޑޮކްޓަރުންގެ އިރުޝާދުތަކާއި ލަފަޔާ އެކީގައި މަސައްކަތް ކުރައްވައިގެން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާތް ﷲ ގެ އިރާދަފުޅާއިއެކު، ވަރަށް އަވަހަށް ބޭރަށް ނިކުމެ އުޅެވޭގޮތަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

މާލޭ ސަރަހައްދު ފުރަބަންދުކުރިތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މީގެ ކުރިން ގައުމާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވަނީ މި ލުއިތައް ދެއްވާނެ ކަން އިއުލާންކުރައްވާފަ އެވެ. އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ލަފަޔާ އިރުޝާދުގެ މަތިން، ކަމާއިބެހޭ މުއައްސަސާތަކުން އަންނަނީ "ނިއު ނޯމަލް" ގައި އަމަލުކުރާނެ އުސޫލުތައް އެކުލަވާލަމުންނެވެ.

ފުރަބަންދުން ލުއި ދިނުމަށް ސީދާ ތާރީހެއް އިއުލާންކޮށްފައި ނުވީ ނަމަވެސް، މި ބަންދު ނިމެންވާއިރަށް ލުއިތަކެއް ދެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. ތިންވަނަ ފަހަރަކަށް އިތުރުކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ހަމަވާނީ މެއި މަހުގެ 28 އަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

06 ފެބުރުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު