Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ފަަރަންސޭސްވިލާތުގެ ހާލަތު

ފަރަންސޭސްވިލާތުގައި ލޮކްޑައުން އުވާލިތާ ދެ ހަފުތާ، ވައިރަސް ޖެހޭ އަދަދު ދަށަށް

24 މެއި 2020 | އާދީއްތަ 08:25

ފާއިތުވި ހަތް ދުވަސް ތެރޭގައި އެވްރެޖްކޮށް ކޭސްތައް މައްޗަށް ޖެހިފައިވަނީ 0.3 އިންސައްތައިގަ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 މެއި 2020 | އާދީއްތަ 08:25
ފްރާންސްގެ ގޮނޑުދޮށުގައި މީހަކު މާސްކު އަޅައިގެން އިށީންދެލައިގެން

ފްރާންސްގެ ގޮނޑުދޮށުގައި މީހަކު މާސްކު އަޅައިގެން އިށީންދެލައިގެން

ފަރަންސޭސްވިލާތުގައި ކޮވިޑް-19 ފެތުރޭ މިންވަރު ކުރިޔަށްވުރެ ބޮޑަށް ދަށަށް ގޮސް، އައިސީޔޫގައި ފަރުވާދެމުންދާ މީހުންގެ އަދަދުތައް ދަށަށް ދާން ފަށާފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ފަރަންސޭސްވިލާތުގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ލޮކްޑައުން އުވާލިތާ ދެ ހަފުތާ ވެފައިވާއިރު ވައިރަސް ފެތުރޭ މިންވަރު ދަށަށް ގޮސްފައިވުމަކީ، އާންމުން އިޖުތިމާޢީ ގައިދުރުކަން ބަހައްޓާކަމުގެ ނިޝާނެއްކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

ހެލްތު މިނިސްޓްރީގެ ޑޭޓާ ތަކުން ދައްކާގޮތުގައި ހޮނިހިރު ދުވަހު އެގައުމުގައި އަލަށް ވައިރަސް ޖެހުނީ 250 މީހުންނަށެވެ. އެއީ 0.2 އިންސައްތަ އިތުރުވުމެކެވެ. ފާއިތުވި ހަތް ދުވަސް ތެރޭގައި އެވްރެޖްކޮށް ކޭސްތައް މައްޗަށް ޖެހިފައިވަނީ 0.3 އިންސައްތައިގަ އެވެ. ލޮކްޑައުންގެ އެންމެ ފަހު ހަފްތާގައި ކޭސްތައް މައްޗަށް ޖެހިފައިވަނީ 0.8 އިންސައްތައިގަ އެވެ.

ލޮކްޑައުން އުވާލާ ލުއި ތަކެއް ދީފައިވާ ސްޕެއިން އަދި އިޓަލީ އަށް ބަލާލާއިރުވެސް ފާއިތުވި ހަތް ދުވަސް ތެރޭގައި ކޭސްތައް މައްޗަށް ގޮސްފައިވަނީ 0.3 އިންސައްތައިގަ އެވެ.

ފަރަންސޭސްވިލާތުގައި ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދުތައް ވެސް ވަނީ ދަށަށްދާން ފަށާފަ އެވެ. އެގޮތުން ހޮނިހިރު ދުވަހު ފަރުވާ ދީފައިވަނީ 205 މީހުންނަށެވެ. އަދި މި އަދަދުތައް ފާއިތުވި ފަސް ހަފުތާގައި ވަނީ އެއް މިންވަރެއްގައި ދަށަށްދާން ފަށާފަ އެވެ.

އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ގެންގޮސްފައިވަނީ 32،292 މީހުންނަށެވެ. މިހާރު އެއަދަދުތައް ދަށަށް ގޮސްފައިވަނީ ދުވާލަކަށް 1665 މީހުންގެ ނިސްބަތުން 2.1 އިންސައްތައިގަ އެވެ.

ވައިރަސް އަލަށް ޖެހޭ މީހުންގެ ނިސްބަތާއި ހޮސްޕިޓަލުތަކުން ރަނގަޅުވެގެން ދޫކޮށްލާ ނިސްބަތް ފްރާންސްގެ ސަރުކާރުން ގާތުން ބަލަމުންދާއިރު މިކަންކަމަކީ ކުރިޔަށް އޮތް ތަނުގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއި ތަކެއް ދޭއިރު ބަލާނެ ކަންކަމެވެ.

ފަރަންސޭސްވިލާތުގެ ހެލްތު މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން، ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ހުރީ 28،332 އެވެ. ދިހަ ދުވަސް ވަންދެން ސްޕެއިނަށް ވުރެ ގިނައިން މީހުން މަރުވެގެން ރިޕޯޓްކުރަމުން އައިސް އެ ގައުމުން ރިޕޯޓްކުރާ އަދަދުތައް ވަނީ ސްޕެއިން އަށް ވުރެ ދަށަށް ޖެހިލާފަ އެވެ.

ހޮނިހިރު ދުވަހާ ހަމައަށް އައިއިރު ސްޕެއިންގައި މަރުވި މީހުންގެ އަދަދު ހުރީ 28،678 ގަ އެވެ. އެއާއެކު ސްޕެއިން މިހާރު ވެގެންގޮސްފައިވަނީ ހަތަރު ވަނަ އަށް އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކުރެފައިވާ ގައުމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2020

ޗައިނާގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސްގެ އަސަރު ހާހަކަށްވުރެ ގިނަ މީހުންނަށް ކޮށްފި

18 ޖެނުއަރީ 2020
ޗައިނާގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސްގެ އަސަރު ހާހަކަށްވުރެ ގިނަ މީހުންނަށް ކޮށްފި
16 ޖެނުއަރީ 2020

ޖަޕާނުގެ މީހަކަށް ކޮރޯނާ ވައިރަސް ޖެހިފައިވާކަން އެގައުމުން ކަށަވަރުކޮށްދީފި

16 ޖެނުއަރީ 2020
ޖަޕާނުގެ މީހަކަށް ކޮރޯނާ ވައިރަސް ޖެހިފައިވާކަން އެގައުމުން ކަށަވަރުކޮށްދީފި
05 މާރިޗު 2019

ދެވަނަ މީހެއްގެ ގައިން އެޗްއައިވީ ވައިރަސް ނައްތާލެވިއްޖެކަމަށް ބެލެވިއްޖެ

05 މާރިޗު 2019
ދެވަނަ މީހެއްގެ ގައިން އެޗްއައިވީ ވައިރަސް ނައްތާލެވިއްޖެކަމަށް ބެލެވިއްޖެ
24 އޮކްޓޯބަރު 2018

އެޑްނޯވައިރަސްގެ ސަބަބުން އެމެރިކާގައި 6 ކުއްޖަކު މަރުވެއްޖެ

24 އޮކްޓޯބަރު 2018
އެޑްނޯވައިރަސްގެ ސަބަބުން އެމެރިކާގައި 6 ކުއްޖަކު މަރުވެއްޖެ
04 ޖޫން 2018

ނިޕާ ވައިރަސްގެ ހާލަތު މިހާރު ހުރީ ކަންބޮޑުވާ ހާލަތެއްގައެއް ނޫން: ކެރެލާ ސަރުކާރު

04 ޖޫން 2018
ނިޕާ ވައިރަސްގެ ހާލަތު މިހާރު ހުރީ ކަންބޮޑުވާ ހާލަތެއްގައެއް ނޫން: ކެރެލާ ސަރުކާރު
30 މެއި 2018

ކަލްކަތާ ސިޓީގައި ނިޕާ ވައިރަސް ޖެހުުމުގެ ސަބަބުން ކަމަށް ބެލެވޭ ކޭސް އެއްގައި ސިފައިންގެ މީހަކު މަރުވެއްޖެ

30 މެއި 2018
ކަލްކަތާ ސިޓީގައި ނިޕާ ވައިރަސް ޖެހުުމުގެ ސަބަބުން ކަމަށް ބެލެވޭ ކޭސް އެއްގައި ސިފައިންގެ މީހަކު މަރުވެއްޖެ
21 މެއި 2018

ނުރައްކާތެރި ވައިރަސް ނިޕަހް އިންޑިޔާއިން ފެނި އެތައް ބަޔަކު މަރުވެއްޖެ!

21 މެއި 2018
ނުރައްކާތެރި ވައިރަސް ނިޕަހް އިންޑިޔާއިން ފެނި އެތައް ބަޔަކު މަރުވެއްޖެ!
28 އޮކްޓޯބަރު 2017

30 އަންހެނެއްގެ ގަޔަށް ގަސްތުގައި އެޗްއައިވީ ވައިރަސް ޖެއްސުވި ފިރެހެނަކު 24 އަހަރަށް ޖަލަށް ލައިފި

28 އޮކްޓޯބަރު 2017
30 އަންހެނެއްގެ ގަޔަށް ގަސްތުގައި އެޗްއައިވީ ވައިރަސް ޖެއްސުވި ފިރެހެނަކު 24 އަހަރަށް ޖަލަށް ލައިފި
29 މެއި 2017

އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ

29 މެއި 2017
އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ
12 މެއި 2017

ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި

12 މެއި 2017
ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް