Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ

ޗައިނާގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސްގެ އަސަރު ހާހަކަށްވުރެ ގިނަ މީހުންނަށް ކޮށްފި

ލަންޑަން ރިސަރޗް ސެންޓަރއިން ލަފާކުރާ ގޮތުގައި މިވައިރަސްގެ އަސަރު 1،723 މީހުންނަށް ވަނީ ކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ޖެނުއަރީ 2020 | ހޮނިހިރު 14:54
ޗައިނާގެ ވުހާން ސިޓީ- މިވައިރަސް ފެތުރެން ފަށާފައިވަނީ ވުހާން ސިޓީން

ޗައިނާގެ ވުހާން ސިޓީ- މިވައިރަސް ފެތުރެން ފަށާފައިވަނީ ވުހާން ސިޓީން

ޗައިނާގައި މިހާރު ފެތުރެމުންދާ އާ ކޮރޯނާ ވައިރަސްގެ އަސަރު އެގައުމުގެ ހާހެއްހާ މީހުންނަށް ކޮށްފައިވާނެ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ލަންޑަން ރިސަރޗް ސެންޓަރއިން ލަފާކުރާ ގޮތުގައި މިވައިރަސްގެ އަސަރު 1،723 މީހުންނަށް ވަނީ ކޮށްފަ އެވެ. މިވައިރަސް ޖެހިގެން ޗައިނާގެ ދެ މީހަކު މަރުވެފައިވާއިރު ހޮނިހިރު ދުވަހު މިވައިރަސް އިން ޖެހޭ ބައްޔެއްކަމުގައިވާ ނިޔުމޯނިއާގެ އަސަރު ހަތަރު މީހެއްގެ ގައިން ފެނިފައިވާކަމަށް ޗައިނާގެ އޮފިޝަލުން ބުނެއެވެ.

މިވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ވުހާން މުނިސިޕަލް ހެލްތު ކޮމިޝަނަރ ބުނެފައިވަނީ ހަތަރު މީހުންނަށްވެސް ނިޔުމޯނިއާ ޖެހިގެން ފަރުވާ ދީފައިވާކަމަށާއި މިހާރު މިމީހުންގެ ހާލު ރަނގަޅު ކަމަށެވެ.

ކޮރޯނޯވައިރަސް ގެ ސަބަބުން ނޭވާލާ ނިޒާމުގެ ބަލިތައް ޖެހެއެވެ. އެގޮތުން އެންމެ ފުރަތަމަ ޖެހެނީ ރޯގާ އެވެ. އަދި މިބަލި އިތުރަށް ގޯސްވެ ނިޔުމޯނިއާއަށް ބަދަލުވެއެވެ.

ޗައިނާގެ އޮފިޝަލުން ބުނާގޮތުގައި އެގައުމުގެ 45 މީހަކަށް މިވައިރަސް ޖެހިފައިވާއިރު މިމީހުންނަކީ މިވައިރަސް ފެތުރެންފެށި ވުހާން ސިޓީގެ މީހުންނެވެ. ވުހާން ސިޓީގައި 11 މިލިއަން މީހުން އުޅެއެވެ. އަލްޖަޒީރާއިން ބުނާގޮތުން 45 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 100 މީހުންގެ ހާލަތު މިހާރުވެސް އަންނަނީ މޮނީޓަރ ކުރަމުންނެވެ. އަދި 600 މީހުން ވަނީ ކަރަންޓީންކޮށްފަ އެވެ. ނަމަވެސް ބަލީގެ އެއްވެސް އަސަރެއް އެމީހުންގެ ކިބައިން ފެނިފައިނުވާތީ އެމީހުން ވަނީ މިހާރު ދޫކޮށްލާފަ އެވެ.

ނަމަވެސް ލަންޑަންގެ ރިސަރޗް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި މިވައިރަސްގެ އަސަރު ހާހެއްހާ މީހުންނަށް ކޮށްފައިވާނެ އެވެ. އަނެއްކޮޅުން ޗައިނާއިން ބޭރުން ތައިލެންޑްގެ ދެ މީހުންނަށާއި ޖަޕާނުގެ މީހަކަށް މިވައިރަސްގެ އަސަރު ކޮށްގެން ވަނީ ރިޕޯޓްކޮށްފަ އެވެ.

މިހާރު ފެތުރެމުންމިދާ ކޮރޯނާގެ އާ ވައިރަސް އަކީ 2002 ވަނަ އަހަރު ޗައިނާއިން ފެނުނު ސާސްރޯގާގެ ވައިރަސްގެ އާއިލާގެ ވައިރަސް އެކެވެ. އެހެންކަމުން އެހެން ގައުމުތަކުން އަންނަނީ އެއަރޕޯޓްތަކުގައި ފަސިންޖަރުން މޮނީޓަރ ކުރުމުގެ ކަންކަން ކުރަމުންނެވެ.

އަނެއްކޮޅުން ކުރިޔަށްއޮތް ޗައިނާގެ އާ އަހަރާދިމާކޮށް އެގައުމުގެ އެތައް ބިލިއަން ބަޔަކު އެކި ތަންތަނަށް ދަތުރުކުރާނެ އެވެ. ޗައިނާ ސަރުކާރުން ލަފާކުރާ ގޮތުގައި ޗައިނާގެ އާ އަހަރާ ދިމާކޮށް 440 މިލިއަން ދަތުރު ރެއިލް މެދުވެރިކޮށް އެގައުމުގައި ކުރާނެ އެވެ. އަދި 79 މިލިއަން ދަތުރު މަތިންދާ ބޯޓުތަކުގައި ކުރާނެއެވެ.

އެމެރިކާއިން ވަނީ ހުކުރު ދުވަހުން ފެށިގެން ވުހާން ސިޓީން އެމެރިކާގެ ސަން ފްރެންސިސްކީ އަދި ނިއުޔޯކަށް ދަތުރުކުރާ ހުރިހާ ފްލައިޓްތަކެއް ސްކްރީން ކުުރމަށް ނިންމާފަ އެވެ.

ސިއްހަތާ ބެހޭ އޮފިޝަލުން އަދި މިހާތަނަށް އާއިރު މިވައިރަސް އަކީ ސާސްފަދަ ނުރައްކާތެރި ވައިރަސް އެއްކަމެއް ހާމަކޮށްފަ އެއް ނުވެއެވެ. ނަމަވެސް މިވައިރަސް އާ ގުޅުންހުރި ކަންކަން އަންނަނީ ތަހުގީގުކުރަމުންނެވެ.

އިތުރަށް ކިޔާލަން

09 ޖުލައި 2018

ނުރައްކާތެރި ކެމިކަލް ގޭހުގެ އަސަރު ކުރި އަންހެން މީހާ މަރުވެއްޖެ

09 ޖުލައި 2018
ނުރައްކާތެރި ކެމިކަލް ގޭހުގެ އަސަރު ކުރި އަންހެން މީހާ މަރުވެއްޖެ
04 ޖޫން 2018

ނިޕާ ވައިރަސްގެ ހާލަތު މިހާރު ހުރީ ކަންބޮޑުވާ ހާލަތެއްގައެއް ނޫން: ކެރެލާ ސަރުކާރު

04 ޖޫން 2018
ނިޕާ ވައިރަސްގެ ހާލަތު މިހާރު ހުރީ ކަންބޮޑުވާ ހާލަތެއްގައެއް ނޫން: ކެރެލާ ސަރުކާރު
19 ޖެނުއަރީ 2018

ސްކޫލް ކުދިން މިސްކިތައް ދިއުން ޗައިނާގައި މަނާ ކޮށްފި

19 ޖެނުއަރީ 2018
ސްކޫލް ކުދިން މިސްކިތައް ދިއުން ޗައިނާގައި މަނާ ކޮށްފި
06 ނޮވެމްބަރު 2017

ޗައިނާގައި ގައުމީ ސަލާމަށް އިހުތިރާމް ކުޑަކޮށްފި ނަމަ ތިން އަހަަރުގެ ޖަލު ހުކުމެއް

06 ނޮވެމްބަރު 2017
ޗައިނާގައި ގައުމީ ސަލާމަށް އިހުތިރާމް ކުޑަކޮށްފި ނަމަ ތިން އަހަަރުގެ ޖަލު ހުކުމެއް
26 ޖޫން 2017

ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ

26 ޖޫން 2017
ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު