Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފިޠުރު ޢީދާއި ދިވެހި ސަޤާފީ ކުޅިވަރު

ފިޠުރު ޢީދާއި ދިވެހި ސަޤާފީ ކުޅިވަރު: ދިވެހީންގެ ޙަގީގީ ކުޅިވަރުތަކާއި ޘަޤާފަތުވަނީ މާޒީގެ މޮއި ހިރަށް ގޮސް އޮބާލައިފައި

ދިވެހީންގެ ޙަގީގީ ސަޤާފަތާ، އެ ސަޤާފަތާއި ގުޅިފައިވި ކުޅިވަރުތައް އޮތީ، އެކި މޫސުންތަކަށާއި، އެކި ބާވަތްތަކަށް ބެހިފައި

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 24 މެއި 2020 | އާދީއްތަ 13:18
2019 ވަނަ އަހަރު ހޯރަފުށީގައި ބޭއްވި ސަގާފީ ކުޅިވަރުގެ ތެރެއިން، ދަނޑިޖެހުމުގެ ހަރަކާތެއް ކުރިއަށްދަނީ

2019 ވަނަ އަހަރު ހޯރަފުށީގައި ބޭއްވި ސަގާފީ ކުޅިވަރުގެ ތެރެއިން، ދަނޑިޖެހުމުގެ ހަރަކާތެއް ކުރިއަށްދަނީ

ޤައުމެއްގެ ގޮތުގައި، ދިވެހިރާއްޖެއަށް ލިބިފައި އޮތީ، މިނިވަން މުސްތަގިއްލު ދައުލަތެއް ހިނގާނެ ސަރަޙައްދެއް އެކަންޏެއް ނޫނެވެ. އަދި އެ ދައުލަތަށް ނިސްބަތްވާ ދިވެހި ދަރިފަސްކޮޅެއް އެކަންޏެއް ނޫނެވެ. ހަމަ އެހެންމެ ދިވެހީންގެ އަމިއްލަ ވަންތަ ބަހަކާއި ލިޔާނެ އަކުރެއްވެސް ނޫނެވެ. ދިވެހީންނަކީ، މުއްސަނދި ޘަޤާފަތަކާއި އަމިއްލަވަންތަ އެތައް ކުޅިވަރު ތަކެއްގެ މުއްސަނދިކަންވެސް ހޯދައިގެން، ގައުމިއްޔަތު ދިރުވި ބައެކެވެ. އެހެން ނަމަވެސް، މިއަދު މިވަނީ، ދިވެހީންނަކީ، ދިވެހީންކަން އަންގައިދޭ، ޘަޤާފަތާއި ދިވެހި ކުޅިވަރުތައް މާޒީގެ މޮއިހިރަށް ގޮސް އޮބާލައިފައެވެ.

ސުވާލަކީ، މިދެންނެވި އުފާވެރިކަން ފަނޑުވެގެން ދިޔައީ، ހަމައެކަނި އުކެމުންދިޔަ ސަފުޙާތަކުގެ ގައިދަށުވެގެން ހެއްޔެވެ؟ ނުވަތަ ބޯދާ ކަންކަން، ބޯދަށަށްލައި،ނިދި ނިދިން ހޭލިއިރު، ޒަމާނީ އައު ދުނިޔެއަކަށް ވަދެވުނު ދޮރާއްޓެއްގެ ސަބަބުން ތޯއެވެ؟

މިއަދަކީ ދިވެހީންގެ ގާއޮޑި ލަވައިގެ ދުވަހެއް ނޫނެވެ. ދިވެހީން ކިޔައި އުޅުނު ފުރެއްދެ ލަވައިގެ ދުވަހެއްވެސް ނޫނެވެ. ދިވެހީންގެ ތެރޭގައި މަޝްހޫރު ވެގެންދިޔަ، ދެ ނަވުންކުރެ ނަވެއްގެ ރާތީބުލަވަ ކިޔައިއުޅޭ ދުވަހެއްވެސް ނޫނެވެ. އަމްދުން އަހަރެމެންގެ ވެށީން ލިބެން ހުރި ސާމާނާއި ބާވަތްތައް ބޭނުންކޮށްގެން ކުޅެ އުޅުނު، ކުޅިވަރުތައް، އޭގެ ހަގީގީ ސޫރައިގައި ފެންނަމުންދާ ދުވަހެއްވެސް ނޫނެވެ. އެހެން ކަމުން މިއަދަކީ، ކޮން ދުވަހެއްތޯ؟ ކުރެވޭ ސުވާލުގެ ޖަވާބަކަށް ވެގެންދާނީ، އަނެއްކާވެސް ސުވާލެކެވެ. އެސުވާލަކީ، މިއަދަކީ، ބޭރުކަރައިން އައިކަންކަން ދިވެހީންނަށް ރީތިވާ ދުވަސްނޫން ދެން ކޮން ދުވަހެއްތޯ؟ ކުރެވޭ ސުވާލެވެ.

ދިވެހީންގެ ޙަގީގީ ސަޤާފަތާ، އެ ސަޤާފަތާއި ގުޅިފައިވި ކުޅިވަރުތައް އޮތީ، އެކި މޫސުންތަކަށާއި، އެކި ބާވަތް ތަކަށް ބެހިފައެވެ. އަދި އެކި ދަރަޖަ ތަކަށްވެސް ތަރަޖަ ކުރެވިފައެވެ. މިސާލަކަށް "އަކުންބަކުން" ކުޅިވަރާއި "ރަމަންރަމަންފޯލި" ކުޅިވަރާއި، "ކަނޑޫފަލާދިއުން" މި ނަމުގައި ކުޅެއުޅުނު ކުޅިވަރާއި، "ތެލަކަތެލަކަ" ކުޅިވަރާއި،" އެލަންގަލަން" ކުޅިވަރާއި، "މުށި" ކުޅިވަރާއި "ގަނޑުފިއްލާ" ކުޅިވަރާއި،"ފީކޮއި" ކުޅިވަރަކީ، މިއަދު، ދިވެހިރާއްޖޭގެ ޒަމާނީ ދިވެހީންގެ ކުޅިވަރުތަކެއް ނޫނެވެ! އެހެން ނަމަވެސް، އެއީ، ދިވެހި މާޒީގެ އެންމެ ދުރުން ފެށިގެން، އެ ބާބު ނިމެންދެއް، ދިވެހީންގެ ތެރޭގައި އެންމެ މަގުބޫލު ބައެއް ކުޅިވަރުތައް ކަމުގައި ވިއެވެ.

މިދެންނެވި ކުޅިވަރު ތަކުގެ ލިސްޓުގެ ފަހަތުން، "އެކޮއި މިކޮއި" ކުޅިވަރާއި،"ރުއް އިންދާކުޅުން' ފަދަ ކުޅިވަރުތަކާއި، "ދާޔަކުން ފޯޔަކުން" ކުޅިވަރާއި، "ގޮނޑިކޮއްކޮ" ކުޅިވަރާއި، "މި އިންގިލިބުންޏޭ" ފަދަ، އިނގިލިތަކުން ގުނާ ނުލެވޭހާ ކުޅިވަރުތައް، ދިވެހިން ކުޅެ އުޅުނެވެ. މި ދެންނެވި ކުޅިވަރުތައް، އެޒަމާނުގައި ދިވެހީންގެ ތެރޭގައި ކުޅެ އުޅުނީ، އެއީ، ކުޑަކުދީންނަށް ދިރިއުޅުމުގެ ރީތި އަދަބުތަކާއި، އުޅުން ދަސްކޮށްދިނުމުގެވެސް މަޤުސަދުގައެވެ.

ހަމައެހެންމެ، "ކަނދުއޮޑިދުއްވުން" ފަދަ ކުޅިވަރުތަކާއި، "އެއްގަމު އަރުމާޒު" ފަދަ ކުޅިވަރު ތަކަކީ، އުނގަންނައި ދިނުމުގެ ގޮތުން ފަރުމާކޮށްފައިހުރި ކުޅިވަރު ތަކެވެ. މީގެ އިތުރުން ބޮލި މެދުވެރިކޮށްގެން ކުޅެއުޅު ކުޅިވަރުތަކަށް ބަލާއިރު، " ބޮލިގަނޑު ފަޗިސް" އާއި "ސިކާރަ" އާއި،"ޖޯޑުބިޖޯޑު" އާއި، "ބަކަރިބައިކުރު" ފަދަ ކުޅިވަރުތަކަކީ، ގޭގޭގައި، އެޒަމާނުގައި، ގިނަގިނައި ކުޅެއުޅުނުހާ ކުޅިވަރު ތަކެވެ.

ދިވެހި ޘަޤާފީ ކުޅިވަރު ތަކުގެ ތެރޭގައި، ކަސްރަތުގެ ގޮތުން ކުޅެއުޅުނު ކުޅިވަރުތައްވެސް މަދެއް ނޫނެވެ. މިސާލަކަށް "މުގުދަރު އެނބުރުން" ، "ދާޑުދެމުން" ، "އުޑިއެނބުރުން"، "އިދިފުށަށް އުކުން"، "ދަނޑި ހިފައިގެން ހިނގުން" ފަދަ، ކުޅިވަރުތަކަކީ، އެ ކުޅިވަރު ތަކެއްގެ ސަބަބުން، ދިވެހީންގެ ހަށިތައް ވަރުގަދަވެ، ކަސްތރަތުގެ ފައިދާ، ނޫކަށިފުރައިގެ ޒުވާނުންނަށް ލިއްބައިދިނުމަށް، ރޭވިފައި ހުރި ކުޅިވަރު ތަކެވެ.

ދިވެހި ސަޤާފީ ކުޅިވަރުތަކުގެ ތެރޭގައި، ހެވިކަމުގެ ނުވަތަ ފަހުލަވާނީ ކުޅިވަރުތައްވެސް، ހިމެނިފައި ހުއްޓެވެ. މިސާލަކަށް ދަންނަވާނަމަ، " ވައްރޮނގު" ކުޅިވަރާއި، "ލެއް ދިގުދަނޑި" ކުޅިވަރާއި، " ގުޅަމަތިހިފުން" ކުޅިވަރާއި، "ތެލަބަގުޑި" ކުޅިވަރާއި "އޮޅުލުން" ކުޅިވަރު، ޚާއްސަވެފައި އޮތީ، ހެވިކަމުގެ އުކުޅުތަކާއި ފަހުލަވާނީ ހުނަރު ދަސްކޮށްދޭ ކުޅިވަރު ތަކެއްގެ ގޮތުގައެވެ.

ހެވިކަމުގެ ކުޅިވަރު ތަކުގެ ތެރޭގައި، " ކަނޑިންޖެހުން"، "ލޮންސިން ހެރުން"، " ލަޓިން ތެޅުން"، "ވޮއްޑުނި އުކުން"، ފަދަ ކުޅިވަރު ތަކަކީ،ގަދީމީ ޒަމާނުގައި، ހަރުދަނާ، ރަނގަޅު ބޭފުޅުންވެސް ކުޅެ އުޅުއްވި، އަދި އެ ކުޅިވަރުތަކަށް، ދިވެހީންގެ މަގުބޫލުކަން ލިބިފައިވި ކުޅިވަރު ތަކެވެ.

ދިވެހީންގެ ސަޤާފީ ބެރު، މެދުވެރިކޮށްގެން ކުޅެއުޅުނު ސަޤާފީ ކުޅިވަރު ތަކުގެ ތެރޭގައި، "ކުޅިބެރު" ކުޅިވަރާއި، "އަންބާބެރު" ކުޅިވަރާއި، "ބަބުރުލަވަ" ކުޅިވަރާއި، "ޖާވިލަވަ" ކުޅިވަރާއި، "ގާއޮޑިލަވަ" ކުޅިވަރާއި، "ކާސި މަޖާ" ކުޅިވަރާއި، "ބޮޑުމާލި ނެށުން" ކުޅިވަރާއި، "ބިލެއްދަފިނެގުން" ކުޅިވަރަކީ، ގިނަ މީހުން އެއްވެގެން ، ކުޅެ އުޅުނު، މަގުބޫލު ކުޅިވަރު ތަކެވެ. އަދި އެއީ، އެ ކުޅިވަރުތައް ބަލަން، މުޅި ރަށުގެ ރައްޔިތުންހެން ބައިވެރިވެ އުޅުނު ކުޅިވަރު ތަކެކެވެ.

ދިވެހީންގެ ޘަޤާފީ ކުޅިވަރުތަކުގެ ލިސްޓުގައި، ތާރަ މެދުވެރިކޮށްގެން ކުޅެ އުޅުނު ކުޅިވަރުތަކަކީވެސް، ދިވެހި ސަޤާފަތުގެ ރަން ބާބެއް، ދައްކުވައިދިން ކުޅިވަރު ތަކެކެވެ. މިސާލަކަށް، "ދަނޑިޖެހުން، "ވައްޖިދުވުން"، "ތަމީމުތާރަ"، އަކީ، ފޯރިގަދަ ކުޅިވަރު ތަކެކެވެ.

މޫސުމީ ކުޅިވަރުތަކަކީވެސް، ދިވެހި ސަޤާފަތުގެ ރަން ބާބެކެވެ. " ފޯމާލި" ކުޅިވަރާއި، "ފެންކުޅި" ކުޅިވަރާއި، "ވައްލަ" ކުޅިވަރާއި، އިރުވައި މޫސުން ފެށުމުގެ ކުރިން ފެންނަމުން ދިޔަ، ލޯފިނދު ދޫނި ހިފަން އަމާޒު ކޮށްފައި އޮންނަ، "ރޯނާއަށް ދިއުން" ފަދަ، ކުޅިވަރުތައް، ބެހިފައި އޮތީ، އެކި މޫސުން ތަކަށެވެ.

މިދެންނެވި ކުޅިވަރުތައް، ދިވެހި މާޒީގައި . ވިދަމުން ދިޔައިރު، އެޒަމާނުގައި ފާހަގަ ކުރަމުން އައި މަޝްހޫރު " ހަތަރު ހިތި" ދުވަހަށް ޚާއްސަ، ބަޑިބޭހުގެ ކުޅިވަރުތަކާއި، އެފަދަ ރޭ ތަކުގެ އުފާވެރިކަންވެސް މިއަދު މިވަނީ، މާޒީގެ ފަރުދާގެ ތެރެއަށް ގެއްލިފައެވެ.

ދިވެހި ސަޤާފީ ކުޅިވަރުތަކުގެ ތެރޭގައި، ހެވިކަމުގެ ނުވަތަ ފަހުލަވާނީ ކުޅިވަރުތައްވެސް، ހިމެނިފައި ހުއްޓެވެ. މިސާލަކަށް ދަންނަވާނަމަ، " ވައްރޮނގު" ކުޅިވަރާއި، "ލެއް ދިގުދަނޑި" ކުޅިވަރާއި، " ގުޅަމަތިހިފުން" ކުޅިވަރާއި، "ތެލަބަގުޑި" ކުޅިވަރާއި "އޮޅުލުން" ކުޅިވަރު، ޚާއްސަވެފައި އޮތީ، ހެވިކަމުގެ އުކުޅުތަކާއި ފަހުލަވާނީ ހުނަރު ދަސްކޮށްދޭ ކުޅިވަރު ތަކެއްގެ ގޮތުގައެވެ.

ހެވިކަމުގެ ކުޅިވަރު ތަކުގެ ތެރޭގައި، " ކަނޑިންޖެހުން"، "ލޮންސިން ހެރުން"، "ލަޓިން ތެޅުން"، "ވޮއްޑުނި އުކުން"، ފަދަ ކުޅިވަރު ތަކަކީ،ގަދީމީ ޒަމާނުގައި، ހަރުދަނާ، ރަނގަޅު ބޭފުޅުންވެސް ކުޅެ އުޅުއްވި، އަދި އެ ކުޅިވަރުތަކަށް، ދިވެހީންގެ މަގުބޫލުކަން ލިބިފައިވި ކުޅިވަރު ތަކެވެ.

ދިވެހީންގެ ސަޤާފީ ބެރު، މެދުވެރިކޮށްގެން ކުޅެއުޅުނު ސަޤާފީ ކުޅިވަރު ތަކުގެ ތެރޭގައި، "ކުޅިބެރު" ކުޅިވަރާއި، "އަންބާބެރު" ކުޅިވަރާއި، "ބަބުރުލަވަ" ކުޅިވަރާއި، "ޖާވިލަވަ" ކުޅިވަރާއި، "ގާއޮޑިލަވަ" ކުޅިވަރާއި، "ކާސި މަޖާ" ކުޅިވަރާއި، "ބޮޑުމާލި ނެށުން" ކުޅިވަރާއި، "ބިލެއްދަފިނެގުން" ކުޅިވަރަކީ، ގިނަ މީހުން އެއްވެގެން ، ކުޅެ އުޅުނު، މަގުބޫލު ކުޅިވަރު ތަކެވެ. އަދި އެއީ، އެ ކުޅިވަރުތައް ބަލަން، މުޅި ރަށުގެ ރައްޔިތުންހެން ބައިވެރިވެ އުޅުނު ކުޅިވަރު ތަކެކެވެ.

ދިވެހީންގެ ޘަޤާފީ ކުޅިވަރުތަކުގެ ލިސްޓުގައި، ތާރަ މެދުވެރިކޮށްގެން ކުޅެ އުޅުނު ކުޅިވަރުތަކަކީވެސް، ދިވެހި ސަޤާފަތުގެ ރަން ބާބެއް، ދައްކުވައިދިން ކުޅިވަރު ތަކެކެވެ. މިސާލަކަށް، " ދަނޑިޖެހުން، " ވައްޖިދުވުން"،"ތަމީމުތާރަ"، އަކީ، ފޯރިގަދަ ކުޅިވަރު ތަކެކެވެ.

މޫސުމީ ކުޅިވަރުތަކަކީވެސް، ދިވެހި ސަޤާފަތުގެ ރަން ބާބެކެވެ. "ފޯމާލި" ކުޅިވަރާއި، "ފެންކުޅި" ކުޅިވަރާއި،"ވައްލަ" ކުޅިވަރާއި، އިރުވައި މޫސުން ފެށުމުގެ ކުރިން ފެންނަމުން ދިޔަ، ލޯފިނދު ދޫނި ހިފަން އަމާޒު ކޮށްފައި އޮންނަ، "ރޯނާއަށް ދިއުން" ފަދަ، ކުޅިވަރުތައް، ބެހިފައި އޮތީ، އެކި މޫސުން ތަކަށެވެ.

މިދެންނެވި ކުޅިވަރުތައް، ދިވެހި މާޒީގައި . ވިދަމުން ދިޔައިރު، އެޒަމާނުގައި ފާހަގަ ކުރަމުން އައި މަޝްހޫރު "ހަތަރު ހިތި" ދުވަހަށް ޚާއްސަ، ބަޑިބޭހުގެ ކުޅިވަރުތަކާއި، އެފަދަ ރޭ ތަކުގެ އުފާވެރިކަންވެސް މިއަދު މިވަނީ، މާޒީގެ ފަރުދާގެ ތެރެއަށް ގެއްލިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

05 ޖޫން 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު