Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: ސްކޫލް ތަކުގެ ކިޔެވުން

ހަތަރު ދަންފަޅިއަަށް ސްކޫލްތަކުގައި ކިޔަވައިދިނުމަށް ނުނިންމަން: މިނިސްޓަރ

23 މެއި 2020 | ހޮނިހިރު 21:27

ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން ތިބީ އެކި އަދަދުތަކުގައި

އަމްނާ އިމާދު
އަމްނާ އިމާދު | 23 މެއި 2020 | ހޮނިހިރު 21:27
ފައިލް ފޮޓޯ: އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ދަރިވަރުންތަކަކާ ވާހަކަދައްކަވަނީ

ފައިލް ފޮޓޯ: އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ދަރިވަރުންތަކަކާ ވާހަކަދައްކަވަނީ

ނިއު ނޯމަލްގައި ހަތަރު ދަންފަޅިއަަށް ބަހާލައިގެން ސްކޫލްތަކުގައި ކިޔަވައިދިނުމަށް ނުނިންމާ ކަމަށާއި، ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވަމުންދާ ސްކޫލުތަކުގައި ހާލަތަށް ރިޔާއަތް ކުރުމަށްފަހު ދަންފަޅިތަކަށް ބަހާލަގައިގެން ކުރިއަށް ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ކޮވިޑް-19ގެ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އައިޝަތު ވިދާޅުވީ ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން ތިބީ އެކި އަދަދުތަކުގައި ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ބައެއް ސްކޫލުތަކުގައި 100ށް ވުރެ މަދު ދަރިވަރުން ތައުލީމް ހާސިލް ކުރަމުން ދާއިރު، އަނެއް ބައި ސްކޫލު ތަކުގައި ތިބީ 500ށް ވުރެ މަދު ދަރިވަރުން ކަމަށެވެ. އަދި އަނެއް ބައި ސްކޫލުުތަކުގައ 500ށް ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާއިރު، 2000 ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާ ހަތަރު ސްކޫލެއް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލުގެ ދަރިވަރުން ހުރި އެކި އަދަދަށް ކަމަށްވާއިރު، ކަންކަން ތަންފީޒު ކުރަމުންދާނީ ވެސް ދަރިވަރުން ތިބި އަދަދަށް ބެލުމަށްފަހުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ނިއު ނޯމަލްގައި ސްކޫލުތަކުގައި އަމަލުކުރާ ގޮތް ތަފާތު ވާނެ ކަމަށެވެ.

އެގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމާއި، އަތް ދޮވުމުގެ ކަންކަން އިންތިޒާމު ކުރެވިފައި ހުރުމުގެ އިތުރުން ވެސް ގިނަ ކަންތައްތައް ތަންފީޒު ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ނިއު ނޯމަލްގައި ކިޔަވައިދިނުމުގެ ގޮތްތަކަށް ބަދަލު ތަކެއް އަންނާނެ ކަމަށާއި، ގްރޭޑް އަށަކުން ދަށުގެ ހުރިހާ ގްރޭޑެއްގެ ކަރިކިއުލަމްއަށް ބަދަލު އަންނާނެ ކަމަށެވެ. ކަމާބެހޭ ފަރާތްތަކުގެ މަޝްވަރައެކު ކަރިކިއުލަމްގެ ބައެއް އުނިކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސްކޫލްތަކުގެ ޓީޗަރުން ނިއު ނޯމަލް އަށް ތައްޔާރު ވުމަށް އެކި ތަމްރީންތައް ދެވެމުންދާ ކަމަށެވެ.

ސްކޫލުތައް ހުޅުވާލިކަމުގައި ވިޔަސް ކުރީގައި ކިޔަވައި ދެމުން ދިޔަ ގޮތަށް އަންނަން ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އަދި ހުރިހާ ގަޑިއެއް ސްކޫލުގައި ނުނެގިދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިހާލަތުން އަރައި ގަނެވުމުން ވެސް ޑިސްޓެންސް މޯޑްގައި ހަފްތާއަކު އެއްދުވަހު ކިޔަވާ ދިނުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ޑިސްޓެންސް މޯޑްގައި ތައުލީމް ހާސިލް ކުރުމުގެ ޝައުގުވެރިކަން ވެސް އުފައްދަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި
18 ފެބުރުއަރީ 2017

ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި

18 ފެބުރުއަރީ 2017
ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި
13 ފެބުރުއަރީ 2017

ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

13 ފެބުރުއަރީ 2017
ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި
12 ފެބުރުއަރީ 2017

ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި

12 ފެބުރުއަރީ 2017
ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް