Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސާގައި ވިޑާލް މަޑުކުރުން

ބާސެލޯނާގައި ހުރީ އުފަލުން: ވިޑާލް

ބާސާ އާއެކު ވިޑާލް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 22 މެއި 2020 | ހުކުރު 17:40
ބާސާގެ މިޑްފީލްޑަރު އާޓޫރޯ: އިންޓަ އިން އަންނަނީ ވިޑާލް ހޯދުމަށް މަސައްކަތް ކުރަމުން

ބާސާގެ މިޑްފީލްޑަރު އާޓޫރޯ: އިންޓަ އިން އަންނަނީ ވިޑާލް ހޯދުމަށް މަސައްކަތް ކުރަމުން

ބާސެލޯނާގައި މިވަގުތު ހުރީ އުފަލުން ކަމަށް ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް ބުނެފި އެވެ.

ބާސާ އާއެކު ވިޑާލް ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާއިރު، އޭނާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ އިންޓަ މިލާނުންނެވެ.

މީގެ ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވިޑާލް ވަނީ ބާސާ އަށް އޭނާގެ މުހިއްމުކަން އިހުސާސް ނުކުރެވޭ ނަމަ އެކަމަށް ހައްލެއް ހޯދަން ޖެހޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު ޖެނުއަރީ މަހު ބާސާއާ ހަވާލުވި ކިކޭ ސެޓިއެންގެ އިރުޝާދުގެ ދަށުން ވިޑާލް ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

ބުރާސްފަތި ދުވަހު އިންސްޓާގްރާމް ލައިވް ޗެޓްގައި ވާހަކަދައްކަމުން ވިޑާލް ބުނީ މިވަގުތު ބާސާގައި ހުރީ އުފަލުން ކަމަށާއި ބާސާ އާއެކު ކުރިއަށްދާން ބޭނުންވާ ކަމަށެވެ. އަދި މިހާރު ބާސާގެ ކުޅުންތެރިންނާއެކު އޮތް ރަހުމަތްތެރިކަށް ވަރަށް ރަނގަޅު ކަމަށާއި ސްޕެނިޝް ލީގު އަލުން ފަށަން ވާއިރަށް ބާސާގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ފުރިހަމައަށް ތައްޔާރަށް ކަމަށްވެސް ވަނީ ބުނެފަ އެވެ.

ވިޑާލް ހޯދަން އިންޓަ އިން މަސައްކަތް ކުރަމުންދާއިރު، ޔުވެންޓަސްގައި ވިޑާލަށް ކޯޗުކޮށްދިން އިންޓަގެ މިހާރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ މީގެ ކުރިން ވަނީ ސެންޓްރަލް މިޑްފީލްޑުގެ މަގާމަކީ ޖެނުއަރީ މަހު އޭނާ ވަރުގަދަ ކުރަން ބޭނުންވާ މަގާމެއް ކަމަށް ބުނެފަ އެވެ. އެއާއެކު ޖެނުއަރީ މަހު އެ ކްލަބުން ވަނީ ވިދާލް ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.

މީގެ ކުރިން ޔުވެންޓަސް އަދި ބަޔާން މިއުނިކަށް ވެސް ކުޅެފައިވާ ވިޑާލް ބާސާ އަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. އޭނާ ވަނީ ބާސާއަށް މިހާތަނަށް ކުޅުނު 89 މެޗުގައި ނުވަ ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި ވަނީ ބާސާ އާއެކު ސްޕެނިޝް ލީގާއި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

18 ޖުލައި 2017

ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް

18 ޖުލައި 2017
ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް
01 ޖުލައި 2017

ޔުނައިޓެޑަށް 30 މިލިއަން ޔޫރޯއަށް ބަދަލުވާން ޕެރިސިޗް ހުރީ ތައްޔާރަށް

01 ޖުލައި 2017
ޔުނައިޓެޑަށް 30 މިލިއަން ޔޫރޯއަށް ބަދަލުވާން ޕެރިސިޗް ހުރީ ތައްޔާރަށް
22 މެއި 2017

އިބްރަހިމޮވިޗް ހުރީ ފައިނަލް މެޗަށް ތައްޔާރަށް!

22 މެއި 2017
އިބްރަހިމޮވިޗް ހުރީ ފައިނަލް މެޗަށް ތައްޔާރަށް!
14 މެއި 2017

"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

14 މެއި 2017
"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް
13 މެއި 2017

މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!

13 މެއި 2017
މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު