Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަސްޓަމްސްގެ މުވައްޒަފުންގެ ގަވާއިދު

އިންތިހާބެއް ފަސްކޮށްފައިވާ ހާލަތުގައި އަނބުރާ ވަޒީފާ ލިބިދެވޭ ގޮތަށް ކަސްޓަމްސްގެ ގަވާއިދު އިސްލާހު ކޮށްފި

22 މެއި 2020 | ހުކުރު 11:53

ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމުން ކަސްޓަމްގެ ވަޒީފާ ގެއްލިފައިވާ ކެންޑިޑޭޓުންނަށް އަނބުރާ ވަޒީފާ ލިބޭނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 22 މެއި 2020 | ހުކުރު 11:53
ކަސްޓަމްސްގެ މައި އޮފީސް ސަރަހައްދުގައި، ކަސްޓަމްސްގެ މުވައްޒަފުން އެތުރިލައިގެން: ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމުގެ ސަބަބުން ވަޒީފާ ގެއްލުނު ކަސްޓަމްސްގެ މުވައްޒަފުންނަށް ވަޒީފާ ލިބ

ގާނޫނަކުން ނުވަތަ އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިޚާބެއްގައި ކެނޑިޑޭޓަށް ވުމުން ވަޒީފާ ގެއްލޭ، މުވައްޒަފުންނަށް އިންތިޚާބު ފަސްކޮށްފައިވާ ހާލަތްތަކުގައި އެ ވަޒީފާ އަނބުރާ ލިބިދެވޭ ގޮތަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު އިސްލާހު ކޮށްފި އެވެ.

"މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012" އަށް 6 ވަނަ އިސްލާހު ގެނެސް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ އިސްލާހުގައި ވަނީ، އެ ގަވާއިދުގެ 126 ވަނަ މާއްދާގެ (ފ)ގެ ފަހަތަށް (ދ), (ތ)، (ލ)، (ގ)، (ޏ) އިތުރުކޮށްފަ އެވެ.

Advertisement - newsAdvertisement

ކަސްޓަމްސްގެ މުވައްޒަފުންގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި މައިގަނޑު ގޮތެއްގެ ފާހަގަކޮށްފައި ވަނީ، އިންތިޚާބަކަށް ވާދަކުރުމުން، ކަސްޓަމްގެ ވަޒީފާ ގެއްލޭ ފަރާތްތަކަށް، އެ އިންތިޚާބު ފަސްކުރަން ޖެހޭ ހާލަތުގައި އަމަލުކުރަން ޖެހޭ ގޮތްތަކެވެ. ނުވަތަ އަނބުރާ ވަޒީފާ ލިބިދޭނެ ގޮތެވެ.

އެގޮތުން، އިންތިޚާބެއް ފަސްކުރުމުގެ ސަބަބުން، އެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ކަސްޓަމްސްގެ ވަޒީފާއިން ވަގުތީގޮތުން ވަކިކޮށްފައިވާ މުވައްޒަފުންނަށް އަނބުރާ ވަޒީފާއަށް ނިކުތުމަށް އެދި ހުށަހެޅިދާނެ އެވެ. އަދި އަނބުރާ ވަޒީފާ ރުޖޫއަ ކުރާއިރު، ކުރިން އޭނާހުރި ވަޒީފާ ލިބިދެވޭ ގޮތަށް އިސްލާހުގައި ވެއެވެ. އަދި ދެން ވަޒީފާއިން ވަކި ކުރެވޭނީ، އަލުން އެ އިންތިޚާބު ބާއްވަން އިއުލާނު ކުރާ ދުވަހުން ފެށިގެން ކަމަށްވެސް ބުނެފައި ވެެއެވެ.

މީގެއިތުރުން، އިންތިޚާބުގައި ވާދަކުރުމުގެ ސަބަބުން ވަގުތީގޮތުން ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުން އަލުން ވަޒީފާއަށް އެދި އިންތިޚާބު ފަސްކުރި ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި ކަސްޓަމްސްއަށް ހުށަހަޅަން ޖެހެއެވެ. އަދި މިގަވާއިދު ގެޒެޓްގައި ޝާއިއު ކުރާތާ 7 ދުވަހުގެ ތެރޭގައި އެފަދަ ފަރާތްތަކަށް ވަޒީފާއަށް އެދުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށްވެސް މި ގަވައިދުގައި ބުނެފައި ވެއެވެ.

ވަޒީފާއަށް އެދި 7 ދުވަހުގެ ތެރޭގައި ހުށަހަޅާފައިނުވާނަމަ މި ފުރުސަތު ދޫކޮށްލީ ކަމަށް ބަލަންވާނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައި ވެއެވެ.

މިގަވާއިދުގެ ދަށުން ފަސް ކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ސަބަބުން ކަސްޓަމްސްގެ ވަޒީފާ ގެއްލުނު ފަރާތްތަކަށް އަނބުރާ ކަސްޓަމްސްގެ ވަޒީފާއަށް ރުޖޫއަ ވުމުގެ ފުރުސަތު މިވަނީ ލިބިގެން ގޮސްފަ އެވެ. މި ގަވާއިދު ބުނާގޮތުން، އެފަރާތްކުން 7 ދުވަހުގެ ތެރޭގައި ކަސްޓަމްސްއަށް ހުށަހެޅުމުން ވަޒީފާ އަނބުރާ ރުޖޫއަ ވާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
22 ޖެނުއަރީ 2017

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް