Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުން ޓޭޒަރ ގަން ބޭނުންކުރުން

ޓޭޒަރ ގަން އާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުން ބަލައިގަންނަން: ސީޕީ

21 މެއި 2020 | ބުރާސްފަތި 19:03

އޮޕަރޭޝަން ގައި ބޭނުންކުރަން އަދި ނިންމާފައެއް ނުވޭ

އަލީ ސަމާޚް
އަލީ ސަމާޚް | 21 މެއި 2020 | ބުރާސްފަތި 19:03
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

ޓޭޒަރ ގަން އާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޓީވީގެ ކޮވިޑް-19 ކަވަރޭޖް އަށް ދެއްވި އިންޓިވައުއެއްގައި ސީޕީ ވިދާޅުވީ، ފުލުހުންގެ އޮޕަރޭޝަންގައި ޓީޒަރ ގަން ބޭނުންކުރަން މިހާތަނަށް ނިންމާފައިނުވާކަމަށާއި، މިހާރު ކުރިޔަށް ދަނީ އެ އާލާތްތައް ތަޖުރިބާކުރުން ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުން ޓީޒަރ ގަން ބޭނުންކުރާނެ ގޮތެއް ދައްކުވައިދޭ ވީޑިއޯއެއް އާއްމު ކުރުމާއިއެކު ގިނަ ބަޔަކު ވަނީ އެކަމާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސީޕީ ވިދާޅުވީ، ރާއްޖެ ނޫން އެހެން ގައުމުތަކުގައިވެސް އާއްމު މުޖުތަމައުގައި ފުލުހުން ބޭނުންކުރާ އާލާތްތަކާއި އަދި އެ އާލާތްތައް ބޭނުންކުރާ ގޮތާއި މެދު އާއްމުން ސުވާލު އުފައްދާ ކަމަށެވެ. އެގޮތަށް ހަމަ ރާއްޖޭގައިވެސް ފުލުހުން ޓޭޒަރ ގަން ބޭނުންކުރުމާއި މެދު ރައްޔިތުންގެ ތެރޭގައި ހުރި ކަންބޮޑުވުންތައް ގަބޫލްކުރައްވާ ކަމަށާއި، އެއީ ބަހުސް ކުރެވެންޖެހޭ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ، ރާއްޖޭގެ ފުލުހުންގެ ހިދުމަތަށް 15 އަހަރު ވެފައިވާއިރު މާޒީގައި ފުލުހުން އަމަލުކޮށްގައިވާ ގޮތުން ރައްޔިތުންގެ ސުވާލުތަކެއް ހުންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ހަތިޔާރު ބޭނުން ކުރަން އަދި ނިންމާފައި ނުވިޔަސް ބޭނުންކުރާނެ ގޮތުގެ އުސޫލުތަކާއި ތަމްރީނުތައް ދެވިފައިވާ ކަމަށާއި، އެކަމާއި މެދު ގޮތެއް ނިންމާނީ ސަރުކާރުގެ އިތުރުން ފުލުހުންނާއި ގުޅުންހުރި އެހެނިހެން މުއައްސަސާތަކުން ކަމަށެވެ. އަދި އެ ޑިވައިސް ބޭނުންކުރުމާއި ގުޅޭގޮތުން އާއްމު ރައްޔިތުންގެވެސް ދެކޭގޮތް ބަލައި ހޯދާނެކަން ފާހަގަކުރެއްވި އެވެ.

ޓީޒަރ ގަން އާ ބެހޭގޮތުން ބަހުސް ކުރެވޭއިރު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުންގެ ހުރި ކެޕޭސިޓީއަކީވެސް މުހިއްމު ކަމެއް ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. ހުޅުމާލޭގައި ބިދޭސީންތަކަކަށް ދީނީ ހަރުކަށި ފިކުރުގެ މީހުން ދިން ހަމަލާއިން މިސާލު ނަންގަވައި ސީޕީ ވިދާޅުވީ، އެފަދަ ނުރައްކާތެރި ހަމަލާތައް ނިކުންނައިރު ރައްކާތެރިކަމުގެ ވަސީލަތްތައް ހުންނަން ޖެހޭ ކަމަށެވެ. ސީޕީ ވިދާޅުވީ، ރައްޔިތުންގެ ރައްކާތެރިކަމުގެ އިތުރުން ފުލުހުންގެ ރައްކާތެރިކަން ވެސް މުހިއްމު ކަމަށެވެ.

ފުލުހުންނަށް ޓޭޒަރ ގަން ފޯރުކޮށްދޭން ނިންމާފައި ވާތީ، ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ބަލައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވަނީ ހުށައަޅުއްވާފައެވެ. ސީޕީ ވިދާޅުވީ، އެކަމާއި ގުޅޭ ގޮތުން ޖަވާބުދާރީ ވާންޖެހޭ ހުރިހާ ކަމަކަށް ފުލުހުން ޖަވާބުދާރީވާނެ ކަމަށެވެ.

ފުލުހުން ބުނީ، ޓޭޒަރ ގަން ބޭނުންކުރާނީ، އެކަމުގެ ތަމްރީނު ލިބި މަތީ މިންޑަގަނޑުތަކަކަށް ބެލުމަށްފަހު ކަމަށެވެ. އަދި ހަވާލުކުރެވޭ މީހާއަކީ އެފަދަ ދަނޑިވަޅުތަކުގައި އެ ތަކެތި ބޭނުންކުރެވޭވަރުގެ ގާބިލް އޮފިސަރެއްތޯ ބެލުމަށް ފަހު ކަމަށް ފުލުހުން ބުންޏެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް