Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެންޓިލޭޓަރުގެ މައްސަލަ

ވެންޓިލޭޓަރުގެ މައްސަލަގައި ސަރުކާރުން އަމަލުކޮށްފައިވާގޮތް އޭސީސީ އިން ހާމަކޮއްފި

21 މެއި 2020 | ބުރާސްފަތި 16:14

މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް އޭސީސީން ބުނި

އަލީ ސަމާޚް
އަލީ ސަމާޚް | 21 މެއި 2020 | ބުރާސްފަތި 16:14
ކޮވިޑް-19 ގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރުގެ އެހީގައި

ކޮވިޑް-19 ގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރުގެ އެހީގައި

ހެލްތް މިނިސްޓްރީން ގެންނަ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ މައްސަލައެއް އުޅޭތޯ ބަލަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ރިޕޯޓް އާއްމުކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން 149 ވެންޓިލޭޓަރެއް ގަތުމަށް ތިން ކުންފުންޏަކާއެކު ހަތަރު އެއްބަސްވުމުއްގައި ހެލްތް މިނިސްޓްރީން ވަނީ ހަވާލުކޮށްފަ އެވެ. ވެންޓިލޭޓަރު ގަތުމަށް ހަވާލުކޮށްފައިވަނީ ނާޑު ޕްރައިވެޓް ލިމިޓެޑް، މެޑްޓެކް މޯލްޑިވެސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިން އަށެވެ.

Advertisement - newsAdvertisement

ނާޑް ކުންފުނިން ސަޕްލައި ކުރުމަށް ހަވާލުކޮށްފައިވާ ހަތަރު ޓްރާންސްޕޯޓަބަލް ވެންޓިލޭޓަރުގެ ޕްރޮސެސް ޕްރޮކިއުމެންޓް ކުރިޔަށް ގެންގޮސްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބުނާ ރެސްޓްރިކްޓިކް ޓެންޑަރިން އުސޫލުގެ ދަށުން ކަމަށް އޭސީސީން ބުނެއެވެ. ބިޑް ހުށައެޅުމުގެ ރިކުއެސްޓް 16 ފަރާތަކަށް ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ހެލްތް މިނިސްޓްރީން ފޮނުވާފައިވާ ކަމަށް އޭސީސީގެ ރިޕޯޓުން ވަނީ ފާހަގަކުރެވިފަ އެވެ. 23 ވަނަ ދުވަހުގެރޭ ބިޑު ބައްދަލުވުން ބާއްވާ ބިޑުތައް ބަލައިގަނެފައިވަނީ 24 ވަނަ ދުވަހު ކަމަށް އޭސީސީން އެކުލަވާލީ ރިޕޯޓުގައި ބުންޏެވެ.

ނަމަވެސް އެ މުއްދަތަކީ ރެސްޓްރިކްޓެޑް ޓެންޑަރިންގ އެއްގައި ދިނުމަށް ބަޔާންކޮށްފައިވާ މުއްދަތަށްވުރެ ކުރު މުއްދަތެއް ކަމަށްވެސް އޭސީސީން ބުންޏެވެ.

ޕްރޮކިއުމަންޓުތަކާއި މާލިއްޔަތުގެ ގަވާއިދުގެ 10.26 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް މެދުވެރިވެގެން ކުރިއަށްގެންދާ ޕްރޮކިއުމެންޓްތަކުގައި މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އެންމެ ކުރު މުއްދަތަށް އަމަލުކުރުން ލާޒިމު ނޫނެވެ.

ވެންޓިލޭޓަރުތައް ސަޕްލައި ކުރުމަށް 10 ދުވަސް ދީފައިވާއިރު ބިޑް ހުށައަޅާފައިވާ ކުންފުނިގެ ތަކުގެ ތެރެއިން އެ މުއްދަތަށް ބިޑް ހުށައެޅީ ނާޑު ކުންފުނިން އެކަނި ކަމަށް ވެންޓިލޭޓަރުގެ މައްސަލާގައި އޭސީސީން ތައްޔާރު ކޮށްފައިވާ ތަހުގީގީ ރިޕޯޓްގައިވެ އެވެ.

10 ދުވަސް ތެރޭގައ ވެންޓިލޭޓަރ ހޯދަން ޖެހުނު ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ފަރުކޮޅުފުށީގައި ގާއިމުކުރި އައިސީޔޫ އަށް ހިދުމަތް ދެވެން އޮތީ ވެންޓިލޭޓަރ ހޯދައިގެން ކަމަށް ހެލްތް މިނިސްޓްރީން ވަނީ އޭސީސީއަށް މައުލޫމާތު ދީފައެވެ. އަދި 10 ދުވަހުގެ ތެރޭގައި ޕޯޓަބަލް ވެންޓިލޭޓަރ ސަޕްލައިކޮށް ދެވިދާނެކަމަށް މިނިސްޓްރީގެ ސަޕްލައި ޑިވިޝަނަށް ފެންނާތީ ކަމަށްވެސް އޭސީސީގެ ރިޕޯޓްގައި ބުނެއެވެ.

އެންމެ ގިނަ ޕޮއިންޓް ލިބުނު ނާޑު ޕްރައިވެޓް ލިމިޓެޑަށް ވެންޓިލޭޓަރު ގެނައުމަށް ހެލްތުގެ ބިޑް ކޮމިޓީން ނިންމުމާއި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މާޗް މަހުގެ އަށްވަނަ ދުވަހު އެވެ. އެއްބަސްވުމުގައިވާ ގޮތުން 10 ދުވަސް ތެރޭގައި ވެންޓިލޭޓަރުތައް ޑެލިވަރީ ކޮށްދޭން ޖެހެ އެވެ. ނަމަވެސް އެ މުއްދަތުގައި ޑެލިވަރީ ކޮށް ނުދެވޭނެތީ ނާޑް ކުންފުނިން އެދުނު ގޮތަށް މިނިސްޓްރީން ވަނީ އޭޕްރީލް މަހުގެ އެއްވަނަ ދުވަހާ ހަމަޔަށް އިތުރުކޮށްފަ އެވެ. އެކަމަކު ހަމައެކަނި ކޮންޓްރެކްޓަރ ހުށަހަޅާ ސިޓީއަކަށް ބަލައި މުއްދަތުކޮށް ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމާއި މުއްދަތު އިތުރުކުރަން ހުށަހަޅާ ސަބަބު މިނިސްޓްރީގެ ފަރާތުން ކަަށަވަރު ކުރަން ޖެހޭނެ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުންޏެވެ.

12 ސޮފްހާގެ މައްޗަށް ތައްޔާރުކޮށްފައިވާ އޭސީސީގެ ރިޕޯޓްގައި ބުނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ޑޮކިއުމެންޓްތަކާއި އުސޫލުތައް ފުރިހަމަކޮށްގެން ކަންތައްތައް ކުރުމުގައި ދަތިތަކެއް ދިމާވަމުން މަސައްކަތްތަކަށް ލަސްތަކެއްވަމުންދާ ކަމަށް ބަޔާންކޮށް، މެޝިނަރީޒްއާ އިކުއިޕްމެންޓުގެ އަގު 2.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާތީ ހޯދަން ޖެހޭ ޑޮކިއުމެން ހުށައަޅަން ނުޖެހޭ ގޮތަށް ހެލްތުގެ ޓެންޑަ ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް ގެންދިއުމުގެ ހާއްސަ ހުއްދައަކަށް ހެލްތުން އެދުމުން، އެކަމަށް ހާއްސަ ބަޖެޓެއް ހަމަޖައްސައި އެ ބަޖެޓްގެ ތެރެއިން ސީދާ އެ ޚަރަދު ކުރާގޮތަށް ހެލްތުގެ ބިޑް ކޮމިޓީ މެދުވެރިކޮށް އެފަދަ މަސައްކަތާއި ތަކެތި ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހާއްސަ ހުއްދައެއް ދީފައިވާ ކަމަށް ފާހަގަކުރެެވޭ ކަމަށެވެ.

އޭސީސީގެ ރިޕޯޓް ނިންމާލަމުން ހުލާސާ ގައި ބުނެފައިވަނީ، ކަނޑައަޅާފައި ހުންނަ އުސޫލުތަކުގެ ބޭރުން، ހާއްސަ ހުއްދަދެވޭ ދެވުމަކީ، ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ މައިގަނޑު މަޤްސަދުތައް ހާސިލުކުރުމަށް ހުރަސްއެޅޭ އަދި ހިރާސް އިތުރުވާނެ ކަމެއްކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމަށް އާންމުން ކުރާ އިތުބާރު ކުޑަވެ، ޝައްކު ކުރުމުގެ ޖާގަ އުފެދުމުގެ އިހުތިމާލު ނުހަނު ބޮޑުވެގެން ދާނެކަމަށެވެ.

އެހެން ކަމުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ރިޕޯޓު ނިންމާލަމުން އޭސީސީން ވަނީ ބުނެފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް