Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންނަށް އިލެކްޓްރިކަލް ވެޕަން ދޫކުރުން

ފުލުހުންނަށް އިލެކްޓްރިކަލް ވެޕަން ފޯރުކޮށްދޭން ނިންމާފައިވާތީ އެމައްސަލަ މަޖިލީހަށް ހުށަހަޅައިފި

21 މެއި 2020 | ބުރާސްފަތި 11:26

މިހަތިޔާރު ފުލުހުންނަށް ދޫކުރުމަށް ހުއްދަކުރެވުނީ ކޮންގޮތަކުންތޯ ބެލުމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 21 މެއި 2020 | ބުރާސްފަތި 11:26
ކޮންޑަކްޓަޑް އިލެކްޓްރިކަލް ވެޕަން އެއް: ފުލުހުންނަށް މި ހަތިޔާރު ފޮރުކޮށްދޭން ނިންމާފައިވާތީ، މިކަންކަން ބެލުމަށް މަޖިލީހަށް މިވަނީ މައްސަލަ ހުށަހަޅާފައި

ކޮންޑަކްޓަޑް އިލެކްޓްރިކަލް ވެޕަން އެއް: ފުލުހުންނަށް މި ހަތިޔާރު ފޮރުކޮށްދޭން ނިންމާފައިވާތީ، މިކަންކަން ބެލުމަށް މަޖިލީހަށް މިވަނީ މައްސަލަ ހުށަހަޅާފައި

ދިވެހިި ފުލުހުންނަށް ކޮންޑަކްޓަޑް އިލެކްޓްރިކަލް ވެޕަން ނުވަތަ ޓޭޒަރ ގަން ފޯރުކޮށްދޭން ނިންމާފައި ވާތީ، ރައްޔިތުންގެ މަޖިލީހަށް އެމައްސަލަ ބަލާދެއްވުމަށް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އެޑްރެސްކުރައްވައި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، ދިވެހި ފުލުުހުން މީގެކުރިން ޢާންމުކޮށް ބޭނުންކޮށްފައި ނުވާ، ހަތިޔާރެއް ކަމަށްވާ، ކޮންޑަކްޓަޑް އިލެކްޓްރިކަލް ވެޕަން ނުވަތަ ޓޭޒަރ ގަން ބޭނުންކުރުމަށްޓަކައި، އެ ހަތިޔާރު ފޯރުކޮށްދިނުމުގެ ތައްޔާރީތައް ވަމުންދާކަމަށް ފުލުހުންގެ މުއައްސަސާއިން ހާމަކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އިމްތިޔާޒުގެ އެސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ، އެ ހަތިޔާރު ފުލުހުންނަށް ފޯރުކޮށްދެވެނީ، ޢާންމުންނަށާއި އަދި ފުލުހުންނަށް ވެސް ކުރިމަތިވެދާނެ އަނިޔާވެރި ޢަމަލަކުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ފުލުހުން ހާމަކޮށްފައިވާ ކަމަށެވެ.

އެގޮތުން، މި ހަތިޔާރު ފުލުހުންނަށް ދޫކުރުމަށް ހުއްދަ ކުރެވުނީ ކޮން އުޞޫލަކުންތޯއާއި، އަދި ސިޗުއޭޝަން ކޮންޓްރޯލްކުރުމަށް މިހާތަނަށް ފުލުހުންނަށް ކުރިމަތިވީ ކިހާވަރެއްގެ ގޮންޖެހުންތަކަކާއި ނުރައްކަލުގެ މައްޗަށް ރިޢާޔަތް ކުރެވިގެންތޯ ބަލަން ޖެހޭ ކަމަށް އިމްތިޔާޒު ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން، ފުލުހުން މި ހަތިޔާރުގެ ބޭނުން ނަހަމަގޮތުގައި ނުހިފާނެ ކަމުގެ ކިހާވަރެއްގެ ޔަޤީންކަމެއް އޮވެގެންތޯއާއި ރައްޔިތުންނަށް އެކަން ޔަޤީންކޮށް ދެވޭނެ ކިހާ އިތުބާރު ހިފޭ ނިޒާމެއް ފުލުހުންގެ ތެރޭގައި އޮވެގެންތޯ ބައްލަވާ ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތި ޚިދުމަތްތަކާ ބެހޭ ކޮމެޓީއަށް މި މައްސަލަ ހުށަހަޅުއްވައި ދެއްވުމަށް މެންބަރު އިމްތިޔާޒު ފަހުމީ ވަނީ އެދި ވަޑައިގެންފަ އެވެ.

ފުލުހުންނާ މެދު ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލި، އަދި މިހާތަނަށް ރައްޔިތުންގެ އިތުބާރު ހޯދިފައި ނުވާއިރު، މިފަދަ ހަތިޔާރެއް ފުލުހުންނަށް ފޯރުކޮށްދިނުމާ މެދު ބައެއް ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އެބައޮތެވެ.

ޚާއްޞަކޮށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަޣާވާތަކުން ބަދަލުކުރި އިރު، ފުލުހުންގެ ދައުރު އެކަމުގައި ވަރަށް ބޮޑަށް އޮތެވެ. ޚާއްޞަކޮށް، އޭގެ ފަހުން ރައްޔިތުންނަށް ފުލުހުންގެ ފަރާތުން ކުރަމުންދިޔަ އަނިޔާތައް އިންތިހާއަށް އިތުރުވެ، ގޭގެއިން ފޭރުމުގައި ވެސް ފުލުހުން އުޅެފައި ވެއެވެ. އެފަދަ އެއް

މައްސަލައިގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ހިންގާފައި ވެއެވެ. އެއީ ބިދޭސީން އުޅުނު ގެއަކަށް ފުލުހަކު ޔުނީފޯމުގައި ވަދެ، ޕެޕަރ ސްޕްރޭ ބޭނުންކޮށްގެން ފޭރުން އުޅުނު މައްސަލަ އެކެވެ. ދާދި ފަހުން ވެސް ބިދޭސީންތަކަކަށް ފުލުހުން އަނިޔާ ކުރަމުންދިޔަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ޢާންމުވެފަ އެވެ.

މިފަދަ މައްސަލަތަކާ ގުޅިގެން، އިމްތިޔާޒު ފަހުމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިހާތަނަށް ފެނިފައިވަނީ ފުލުހުން ރައްޔިތުންނަށް ޙަމަލާދީ އަނިޔާ ކުރިތަން ކަމަށެވެ. އެ ފުލުހުން ފުރަތަމަ ރީހެބިލިޓޭޓް ނުކޮށް، "ތިޔަ ހަތިޔާރެއް ދިނުން ރައްކާތެރިބާ އޭ" ވިދާޅުވެ، އިމްތިޔާޒު ފަހުމީ ވަނީ ސުވާލު އުފައްދަވާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
02 މާރިޗު 2017

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

02 މާރިޗު 2017
ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
23 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

23 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!
16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް