Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކައުންސިލްތަކުގެ ގާނޫނީ ހުސްކަން އަޔަނުދިނުން

މިމަހުގެ 28 ގެ ކުރިން ކައުންސިލްތަކުގެ ދައުރު ދިގުދައްމާލަން ގާނޫނުއަސާސީއަށް ގެންނަ އިސްލާހު ނިންމާނެ!

ދެން އެންމެ އަވަހަށް ވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ ފިތުރު އީދު ބަންދު ނިމި، މިމަހުގެ 26 ވަނަ ދުވަހު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 21 މެއި 2020 | ބުރާސްފަތި 06:50
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު: ކޮވިޑް-19ގެ މިހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާމެދު މެމްބަރުންނަށް ފުޅާދާއިރާއެއްގައި ބަހުސް ކުރުމަށް ފުރުސަތު ހުޅުވާލެއްވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު: ކޮވިޑް-19ގެ މިހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާމެދު މެމްބަރުންނަށް ފުޅާދާއިރާއެއްގައި ބަހުސް ކުރުމަށް ފުރުސަތު ހުޅުވާލެއްވި

މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ ދައުރު ދިގު ދަންމާލުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިޞްލާާޙާމެދު މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤަނޫނު)ށް އިޞްލާޙު ގެނައުމުގެ ބިލާމެދު ވާހަކަ ދައްކަމުން، މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، މިމަހުގެ 26، 27 އަދި 28، މި ތިންދުވަހު މި މައްސަލައަށް ގޮތެއް ނިންމަވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ޤާނޫނުއަސާސީއަށް އިޞްލާޙު ގެންނަ ނިންމަވާނީ މަޖިލީހުގެ މެންބަރުން ކަމަށާއި، ނަމަވެސް މިމަހުގެ 28 ގެ ކުރިން މަޖިލީހުން ކޮންމެވެސް ގޮތެއް ނިންމަވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ދެން އެންމެ އަވަހަށް ވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ ފިޠުރު ޢީދު ބަންދަށް ފަހު، މި މަހުގެ 26ގައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. ނަމަވެސް މި ބިލަކީ ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙެއް ކަމަށްވާތީ، މި ބިލާމެދު ސުވާލު އުފެދި، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މި ޙާލަތުގައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނެވިދާނެތޯ ސުވާލު އުފެދި، މިދިޔަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުގެ ޖަލްސާގައި ގިނަ މެންބަރުން ވަނީ ބަހުޘް ކުރައްވާފަ އެވެ.

އެ ބިލާ ގުޅިގެން ގިނަ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވެ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ގިނަ މެންބަރުން ވަނީ ވިދާޅުވެ ބަހުޘް ކުރައްވާފަ އެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" އަކީ މި ޚިޔާލު ތަފާތުވުންތައް ނައްތާލުމަށާއި ޤާނޫނީ އެހެން ޙައްލެއް ގެނައުމަށްޓަކައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. ޙަސަން ލަޠީފް ވެސް ވިދާޅުވެފައިވަނީ، މިޙާލަތުގައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމާއި، ރާއްޖެއަށް މިހާރު ދިމާވެފައިމިވާ ޙާލަތަކީ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނެވޭނެ ޙާލަތެއްކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

ނަމަވެސް، އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްޢަތު އަދި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެފައިވާ ގޮތުގައި، ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތެއް ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރައްވާފައި ނުވާކަމަށާއި އެހެންކަމުން މިޙާލަތުގައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެޓަރނީ ޖެނެރަލް ރިފްޢަތާއި، މަޖިލީހުގެ ކައުންސެލް ޖެނެރަލް ފިލްޒާ ވެސް ވިދާޅުވެފައިވަނީ، ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 4 މާއްދާ އެފަދައިން އޮތްހާ ހިނދަކު، އެމާއްދާ އިޞްލާޙު ކުރުމަކާ ނުލައި މިހާރު 3 އަހަރަށް އިންތިޚާބު ކޮށްފައިވާ ކައުންސިލްތަކުގެ ދައުރު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޢާންމު ޤާނޫނަކުން އެއަށްވުރެ އިތުރު މުއްދަތަކަށް އިތުރު ކުރެވިދާނެ ކަމަކަށް ނުފެންނަ ކަމަށެވެ.

މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ ދައުރު އަންނަ ޖޫން މަހުގެ 3 ގެ ނިޔަލަށް ހަމަވާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

09 މާރިޗު 2017
އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް  މާޗް 9 ގައި ފަށަނީ

އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މާޗް 9 ގައި ފަށަނީ

27 ފެބުރުއަރީ 2017
އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު