Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް

ޖަވާބްދާރީ ވުމަށް އަލީމަށް ފުރުސަތު ދީފި

5 އެޕްރީލު 2017 | ބުދަ 19:49

ތުހުމަތުތަކަށް އަލީމް އިންކާރު ކުރެއްވި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 5 އެޕްރީލު 2017 | ބުދަ 19:49
ރައީސް މައުމޫން ފެކްޝަންގެ ސެކްޓްރީ ޖެނަރަލް އަލީމް، ރައީސް އަބްދުﷲ ޔާމީނާ ސަލާމްކުރައްވަނީ

ރައީސް މައުމޫން ފެކްޝަންގެ ސެކްޓްރީ ޖެނަރަލް އަލީމް، ރައީސް އަބްދުﷲ ޔާމީނާ ސަލާމްކުރައްވަނީ

ސިވިލް ކޯޓުގެ ހުކުމަކުން ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފައި ވަނިކޮށް، ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ސެކްޓްރީ ޖެނަރަލް އަބްދުލް އަލީމް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވުމުގެ ފުރުސަތު އަލީމަށް ދީފިއެވެ. މައްސަލަ އަށް ޖަވާބުދާރީވުމުގެ ފުރުސަތު އަލީމަށް ދީފައި ވަނީ ބުދަ ދުވަހު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑު އެހުމުގައެވެ. އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައެވެ.

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ އަލީމަށް ސިވިލް ކޯޓުންކުރި ދައުވާގައި ވަނީ "އެ މައްސަލަ އަކީ ޕީޕީއެމާ ގުޅޭ ގޮތުން މީގެ ކުރިން އެ ކޯޓުންކޮށްފައިވާ ހުކުމަށް ތަބާވުމެއް ނެތި، އަދިކިޔަމަންވުމެއް ނެތި، އެ ހުކުމާއި ޚިލާފުވާގޮތަށް ޕީޕީއެމްގެ ނަމުގައި ވަކި ކައުންސިލަކާއި ސުލޫކީ ކޮމެޓީއެއް ހިންގައި އެ ޕާޓީގެ މެމްބަރުން ވަކިކޮށްހަދާފައި ވަނީ ކޯޓުގެ ހުކުމަކީ އެއަށް މީސްތަކުން ތަބާވާން ނުޖެހޭ އެއްޗެއްކަމަށް ބެލެވޭ ބެލެވުން" ކަމުގައެވެ. މި މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އިސް ގާޒީ ޢަބްދުﷲ ޢަލީ އާއި ގާޒީ މުހައްމަދު ހަލީމާއި ގާޒީ ހަސަން ފަހީމް އިބްރާހީމާއި ގާޒީ ޢަލީ ނަސީރެވެ. އަލީމްގެ މައްޗަށް ތުހުމަތުކުރާ އިންކާރު ކުރައްވާފައިވާ އިރު، ފަނޑިޔާރުން ވަނީ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. އޭގެ ތެރޭގައި މާޗް މަހުގެ 29 ވަނަ ދުވަހު "މިހާރު" ނޫހުގައި ލިޔުނު ޚަބަރަކަށް މަޢުލޫމާތު ދިނިންތޯ އާއި ކޮންގްރެސް އިން ކައުންސިލްގެ މެމްބަރުން އިންތިޚާބުކުރި އިރު ސެކްރެޓަރީ ޖެނެރަލްކަމުގައި ހުންނެވީ ކޮންބޭފުޅެއްތޯ ވަނީ ސުވާލު ކުރައްވާފައެވެ. އަދި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާންހުސައިން މަނިކު ޕީޕީއެމް އިން ވަކިކުރީ ކޮން ބައެއްތޯ އާއި އެއީ ކޮން ނިޔަތެއްގައި ކުރި ކަމެއްތޯ އާއި ކޮން އެޖެންޑާއެއްގެ ދަށުން ކުރި ކަމެއްތޯވެސް ފަނޑިޔާރުން ވަނީ ސުވާލު ކުރައްވާފައެވެ. އަލީމް ދެކެވަޑައިގަންނަވާގޮތުގައި ސިވިލް ކޯޓުން ކުރި ހުކުމަށް ބަލާއިރު ޕީޕީއެމް އަކީ ކޮބައިތޯ އާއި ފަނޑިޔާރުން އެއްސެވުމުން ޖަވާބުގައި އަލީމު ވިދާޅުވީ އެ ހުކުމްގައި ބުނާ ޕީޕީއެމް އަކީ ހަމަ ޕީޕީއެމް ކަމަށެވެ. ދެން އޮންނަ އަޑުއެހުމެއްގައި އެ ސުވާލުތަކަށް ޖަވާބު ދިނުމަށް ފަނޑިޔާރުންގެ ބެންޗުން އަލީމަށް އަންގަވާފައި ވާއިރު، ސިވިލް ކޯޓުން ވަނީ އެ މައްސަލައިގެ ހުރިހާ ލިޔުންތައް ވެސް އަލީމްއާ ހިއްސާ ކުރައްވައިފަ އެވެ.

Advertisement - newsAdvertisement

އަލީމް މިއަދު ކޯޓަށް ހާޒިރުކުރެއްވިއިރު، ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ އަލީމުގެ ހިތްވަރަށް ސާބަސް ރައްދުކުރައްވައިފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް