Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: މާލިއްޔަތު ކޮމެޓީގެ ރިޕޯޓް

އީވާގެ އިސްލާހާއެކު މާލިއްޔަތު ކޮމެޓީގެ 19 ހުށަހެޅުން މަޖިލީހުން ފާސްކޮށްފި

20 މެއި 2020 | ބުދަ 10:01

މިއަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީގެ ދެބައިކުޅައެއްބައިވެސް ނުލިބޭނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 20 މެއި 2020 | ބުދަ 10:01
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ކޮވިޑް-19 އާ ގުޅޭ ގިނަ ކަންކަން މަޖިލީހަށް ހުށަހެޅިގެންދިޔަ، އަދި ގިނަ ކަންކަން ނިންމައި، ސަރުކާރަށް 300 ށްވުރެ ގިނަ ހުށަހެޅުން ހުށަހެޅިފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ކޮވިޑް-19 އާ ގުޅޭ ގިނަ ކަންކަން މަޖިލީހަށް ހުށަހެޅިގެންދިޔަ، އަދި ގިނަ ކަންކަން ނިންމައި، ސަރުކާރަށް 300 ށްވުރެ ގިނަ ހުށަހެޅުން ހުށަހެޅިފައިވޭ

ކޮވިޑް-19އާ ގުޅިގެން މާލީގޮތުން ދިވެހިރާއްޖެއަށް ކުރާނެ އަސަރުތަކާއި އަދި ދައުލަތުން ކުރާ ޚަރަދުތައް އޮޑިޓްކުރަންރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު، އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް ހުށަހަޅުއްވާފައިވާ މައްސަލާގައި، މާލިއްޔަތު ކޮމެޓީގެ ދާއިރާގެ ތެރޭގައި ހިމެނޭކަންތައްތައް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މާލިއްޔަތު ކޮމެޓީގެ އެ ރިޕޯޓު ފާސްކުރީ 63 މެންބަރުންގެ އިއްތިފާޤުން ނެވެ. އެރިޕޯޓު ފާސްކުރުމުގެ ކުރިން މަޖިލީހުގެ ނައިބު ރައީސް އީވާ އަަބްދުﷲ އެ ރިޕޯޓަށް ހުށަހެޅުއްވި، ތިން ނުކުތާގެ މައްޗަށް އެކުލެވޭ އިސްލާހު ވެސް 60 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

Advertisement - newsAdvertisement

މާލިއްޔަތު ކޮމެޓީގެ ރިޕޯޓުގައި ކަމާގުޅުން ހުރި އިދާރާތަކުން ހޯދި މައުލޫމާތުގެ މައްޗަށް ބިނާކޮށް ވަރަށް ފުރިހަމަ ދިރާސާ ރިޕޯޓެއް ވަނީ އެކުލަވާލާފަ އެވެ. އެގޮތުން ކޮމެޓީން އެއްކުރި މައުލޫމާތުތަކުގެ އަލީގައި ސަރުކާރަށް 19 ހުށަހެޅުމެއް ހުށަހެޅުމަށް ކޮމެޓީގެ ރިޕޯޓުގައި ނިންމާފައި ވެއެވެ.

އެގޮތުން، ދައުލަތުގެ އާމްދަނީ މިއަހަރަށް އަންދާޒާ ކުރި މިންވަރުގެ ދެބައިކުޅަ އެއްބަޔަށްވުރެ ދަށްވާނެ ކަމަށް ބެލެވޭތީ، ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ޚަރަދުތައް ކުޑަކުރުމަށް ހުށަހަޅާފައި ވެއެވެ. ދައުލަތުގެ ބަޖެޓު ޑެފިސިޓް ކުޑަކުރުމަށް، ހޯދާ ބޭރުގެ ހިލޭ އެހީއާއި ދަރަންޏަށް ނަގާ ފައިސާގެ ތަފުސީލުތަކާއި ދައުލަތުގެ ރިޒާވާއި އިންފްލޭޝަނަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ވެސް ހޯދުންތައް ހޯދައި، އިގްތިޞާދު ރަނގަޅުކުރުމަށް ބާރު އަޅާފައި ވެއެވެ.

މީގެއިތުރުން، ދަނޑުވެރިކަން ފަދަ އިތުރު ދާއިރާތައް ތަރައްގީކޮށް، ޓޫރިޒަމް ދާއިރާއިން ވެސް ވޯޓަރ ސްޕޯޓްސް ފަދަ ކަންކަން އިތުރަށް ކުރިއެރުވުމަށްޓަކައި ރާއްޖޭގައި ބައެއް ތަކެތި އުފައްދާ ދުނިޔޭގެ މަރކެޓަށް ނެރުންފަދަ ކަންކަން ތައާރަފުކުރުން ފަދަ އިތުރު މަސައްކަތްތައް ކުރުމަށްވެސް ކޮމެޓީގެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

ކޮމެޓީގެ ރިޕޯޓަށް މަޖިލީހުގެ ނައިބު ރައީސް އީވާ ހުށަހެޅުއްވި އިސްލާހުގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގެ އިޤުތިޞާދަށާއި ދައުލަތުގެ ޢާމްދަނީއާއި ޚަރަދާއި ދަރަންޏަށް އާދަޔާ ޚިލާފު ޙާލަތެއް ދިމާވަމުންދާ މިފަދަ ދަނޑިވަޅެއްގައި، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ބަޖެޓުން ކުރެވޭ ޚަރަދުތަކާއި، މި ޙާދިސާއާ ގުޅިގެން ލިބޭ ހިލޭ އެހީއާއި ދަރަނިތައް އޮޑިޓްކޮށް އެ ރިޕޯޓުތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވައި ހާމަކުރުމަކީ ރައްޔިތުންގެ މުދަލާއި ފައިސާއަށް ޖަވާބުދާރީ ވުމަށްޓަކައި އެހާމެ މުހިންމު ކަމެއްކަމުގައި ޤަބޫލު ކުރައްވާ ކަމަށެވެ.

އެގޮތުން، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ކޮންމެ ކުއަރޓަރއެއްގައި ކުރާ ޚަރަދާއި ހިލޭ އެހީއާއި ދަރަނީގެ މާލީ ރިޕޯޓުތަކުގައި ފައިނޭންޝަލް އޮޑިޓްކޮށް ކޮންމެ ކުއަރޓަރެއް ނިމޭތާ ލަސްވެގެން 30 ދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލް، އޮޑިޓް ރިޕޯޓު ތައްޔާރުކޮށް ނިންމުމަށް މަޖިލީހުން ފާސްކުރި އިސްލާހު ފާހަގަ ކޮށްލެވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

24 އޯގަސްޓު 2017

ގާސިމްގެ ޝަރީއަތް "ހަވާފަޓާސް" ދުވެއްޔަށް، ޚުލާސާ ބަޔާން ހުށަހެޅުން މިއަދު 2:30 ގައި!

24 އޯގަސްޓު 2017
ގާސިމްގެ ޝަރީއަތް "ހަވާފަޓާސް" ދުވެއްޔަށް، ޚުލާސާ ބަޔާން ހުށަހެޅުން މިއަދު 2:30 ގައި!
20 އޯގަސްޓު 2017

އައްޑޫ ސިޓީގެ އަންހެނުންގެ ކޮމެޓީގެ އާ ރައީސާ އަކަށް ޝެހެނާޒް ހޮވައިފި

20 އޯގަސްޓު 2017
އައްޑޫ ސިޓީގެ އަންހެނުންގެ ކޮމެޓީގެ އާ ރައީސާ އަކަށް ޝެހެނާޒް ހޮވައިފި
30 ޖުލައި 2017

ފިޔާޒުގެ ޝަރީއަތް: ހުލާސާ ބަޔާން ހުށަހެޅުން މާދާމާ!

30 ޖުލައި 2017
ފިޔާޒުގެ ޝަރީއަތް: ހުލާސާ ބަޔާން ހުށަހެޅުން މާދާމާ!
14 ޖުލައި 2017

ސަރުކާރު ކުޑަ ކަކޫ ޖައްސާ މާލިއްޔަތުން ކޭ ފައިސާތައް އަނބުރާ ހޯދާނަން:އަހުމަދު އަބްދުﷲ

14 ޖުލައި 2017
ސަރުކާރު ކުޑަ ކަކޫ ޖައްސާ މާލިއްޔަތުން ކޭ ފައިސާތައް އަނބުރާ ހޯދާނަން:އަހުމަދު އަބްދުﷲ
03 ޖުލައި 2017

މާލިއްޔަތު ކޮމެޓީން މެމްބަރު ތޯރިގާއި ސިނާނު ބޭރުކޮށްލައިފި

03 ޖުލައި 2017
މާލިއްޔަތު ކޮމެޓީން މެމްބަރު ތޯރިގާއި ސިނާނު ބޭރުކޮށްލައިފި
11 އެޕްރީލު 2017

އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި

11 އެޕްރީލު 2017
އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި
28 މާރިޗު 2017

ސުލޫކީ ކޮމެޓީގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވާފައި ވަނިކޮށް އަމީތު ޕީޕީއެމުން ވަކިކޮށްފި

28 މާރިޗު 2017
ސުލޫކީ ކޮމެޓީގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވާފައި ވަނިކޮށް އަމީތު ޕީޕީއެމުން ވަކިކޮށްފި
25 މާރިޗު 2017

ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވުމާއި ހެކި ހުށަހެޅުން އާދިއްތަ ދުވަހު!

25 މާރިޗު 2017
ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވުމާއި ހެކި ހުށަހެޅުން އާދިއްތަ ދުވަހު!
17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
21 ފެބުރުއަރީ 2017

ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި

21 ފެބުރުއަރީ 2017
ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް