Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓް ކުރުމަށް ހުށަހެޅި އިސްލާހު ފާސްކުރުން

ކޮވިޑް-19 އާގުޅިގެން ދައުލަތުން ކުރާ ޚަރަދުތައް އޮޑިޓްކުރަން މަޖިލީހުން ފާސްކޮށްފި

20 މެއި 2020 | ބުދަ 09:23

ކޮންމެ ކުއަރޓާއެއް ނިމޭތާ 30 ދުވަހުގެ ތެރޭގައި އޮޑިޓްކޮށް ނިންމުމަށް ހުށަހަޅާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 20 މެއި 2020 | ބުދަ 09:23
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ: ދައުލަތުން ކޮވިޑް-19 އަށް ކުރާ ޚަރަދުތައް އޮޑިޓް ކުރުމަށް ހުށަހެޅުއްވި ހުށަހެޅުން މަޖިލީހުން ވަނީ ފާސްކޮށްފަ

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ: ދައުލަތުން ކޮވިޑް-19 އަށް ކުރާ ޚަރަދުތައް އޮޑިޓް ކުރުމަށް ހުށަހެޅުއްވި ހުށަހެޅުން މަޖިލީހުން ވަނީ ފާސްކޮށްފަ

ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާ ތަކާއި, ވިޔަފާރިތަކުގެ ޢާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގުރާމު ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމުގެ މައްސަލާގައި، މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމިގޮތުގެ ރިޕޯޓަށް މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ހުށަހެޅުއްވި ތިން ނުކުތާގެ މައްޗަށް އެކުލެވޭ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އިވާ ހުށަހަޅުއްވާ ފައިވާ އިޞްލާޙުގައި ބުނެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގެ އިޤުތިޞާދަށާއި ދައުލަތުގެ ޢާމްދަނީއާއި ޚަރަދާއި ދަރަންޏަށް އާދަޔާ ޚިލާފު ޙާލަތެއް ދިމާވަމުންދާ މިފަދަ ދަނޑިވަޅެއްގައި، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ބަޖެޓުން ކުރެވޭ ޚަރަދުތަކާއި، އެ ޙާދިސާއާ ގުޅިގެން ލިބޭ ހިލޭ އެހީއާއި ދަރަނިތައް އޮޑިޓްކޮށް އެ ރިޕޯޓުތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވައި ހާމަކުރުމަކީ ރައްޔިތުންގެ މުދަލާއި ފައިސާއަށް ޖަވާބުދާރީ ވުމަށްޓަކައި އެހާމެ މުހިންމު ކަމެއްކަމުގައި ޤަބޫލު ކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އީވާ ހުށަހަޅުއްވާފައިވާ އިޞްލާޙުގައި ވަނީ:

1. ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ކޮންމެ ކުއަރޓާއެއްގައި ކުރާ ޚަރަދާއި ހިލޭ އެހީއާއި ދަރަނީގެ މާލީ ރިޕޯޓުތަކުގައި ފައިނޭންޝަލް އޮޑިޓްކޮށް ކޮންމެ ކުއަރޓާއެއް ނިމޭތާ ލަސްވެގެން 30 ދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލް، އޮޑިޓް ރިޕޯޓު ތައްޔާރުކޮށް ނިންމުން.

2. ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ކުރާ ޚަރަދާއި ހޯދާ ހިލޭ އެހީގެ ޚާއްޞަ އޮޑިޓްތަކާއި ޕާރފޯމަންސް އޮޑިޓްތައް ޚާއްޞަ އިސްކަމެއްދީގެން ވަގުތުގައި ކުރުން.

3. މި އޮޑިޓްތައް ކުރުމަށްޓަކައި ބޭނުންވާ ލިޔެކިޔުމާއި މަޢުލޫމާތާއި އެހީތެރިކަން އޮޑިޓް ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ލަސްވުމެއް ނާންނާނެ ގޮތުގެ މަތިން ދައުލަތުގެ އެންމެހައި އިދާރާތަކުންނައި ކަމާގުޅުންހުރި ފަރާތްތަކުން އޮޑިޓަރ ޖެނެރަލްއަށް ފޯރުކޮށް ދިނުން.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އޤުތިޞާދަށް ކުރާ ނޭދެވޭ އަސަރުތަކުން ވިޔަފާރިތަކާއި ޢާންމު ފަރުދުންނަށް ގެއްލުން ފޯރާ ކުޑަކުރުމަށް ސަރުކާރުން ވަނީ އިޤުތިޞާދީ ޕެކޭޖުތަކެއް ތަޢާރަފު ކޮށްފަ އެވެ.

ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި ވިޔަފާރިތަކުގެ ޢާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގުރާމު ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ބެލުމަށް މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ޢަލީ އާޒިމެވެ.

މިމައްސަލަ މަޖިލީހުގެ ކަމާގުޅުން ހުރި ހުރިހާ ކޮމެޓީއަކުން ވަނީ ދިރާސާ ކޮށްފަ އެވެ. އެގޮތުން އެ ކޮމިޓީތަކުން ސަރުކާރަށް ހުށައެޅުމަށް 300 އަށްވުރެ ގިނަ ހުށަހެޅުން ރިޕޯޓުތަކުގައި ހިމަނާފައި ވެއެވެ.

ކޮމެޓީތަކުން އެރިޕޯޓުތައް މަޖިލީހުގެ ޖަލްސާއަށް ހުށަހަޅަމުންދާ ވަރަކަށް މަޖިލީހުން ދަނީ އެރިޕޯޓްތައް ފާސްކުރަމުން ނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 އޯގަސްޓު 2017

ސައުދުގެ މައްސަލައިގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އުވާލަން ދައުލަތުން ހުށަހަޅައިފި

09 އޯގަސްޓު 2017
ސައުދުގެ މައްސަލައިގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އުވާލަން ދައުލަތުން ހުށަހަޅައިފި
25 ޖުލައި 2017

އަބްދުﷲ ރިޔާޒްގެ މައްޗަށް ސާބިތުނުވި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި

25 ޖުލައި 2017
އަބްދުﷲ ރިޔާޒްގެ މައްޗަށް ސާބިތުނުވި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި
24 ޖުލައި 2017

ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލް ކޮށްފި

24 ޖުލައި 2017
ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލް ކޮށްފި
13 ޖުލައި 2017

އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ ލިޔުންތައް އަސްލަމްއާ ހަވާލުކޮށްފި

13 ޖުލައި 2017
އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ ލިޔުންތައް އަސްލަމްއާ ހަވާލުކޮށްފި
11 ޖުލައި 2017

އަދީބަށް ބޭސްފަރުވާއަށް ދެވޭނީ، ދައުލަތުން ނެގި ފައިސާ އަނބުރާ ދެއްކުމުން: ރައީސް ޔާމީން

11 ޖުލައި 2017
އަދީބަށް ބޭސްފަރުވާއަށް ދެވޭނީ، ދައުލަތުން ނެގި ފައިސާ އަނބުރާ ދެއްކުމުން: ރައީސް ޔާމީން
05 ޖުލައި 2017

ޔާމީނަށް އިންޒާރު ދިންއިރު ރައްކާތެރިކަން ނުދިނުމުން ފުލުހުންނާ ދެކޮޅަށް ކުރާ ދައުވާ ސިއްރު ކުރުމަށް ދައުލަތުން އެދިއްޖެ

05 ޖުލައި 2017
ޔާމީނަށް އިންޒާރު ދިންއިރު ރައްކާތެރިކަން ނުދިނުމުން ފުލުހުންނާ ދެކޮޅަށް ކުރާ ދައުވާ ސިއްރު ކުރުމަށް ދައުލަތުން އެދިއްޖެ
17 މެއި 2017

ދައުލަތުން ދައުވާކުރާ މައްސަލަ ފިޔަވައި އިތުރު މައްސަލައެއް ރިޔާޒްއާ ދެކޮޅަށް ހުށަހެޅިފައެއް ނުވޭ: ޕީޖީ އޮފީސް

17 މެއި 2017
ދައުލަތުން ދައުވާކުރާ މައްސަލަ ފިޔަވައި އިތުރު މައްސަލައެއް ރިޔާޒްއާ ދެކޮޅަށް ހުށަހެޅިފައެއް ނުވޭ: ޕީޖީ އޮފީސް
15 މެއި 2017

މަހުލޫފްގެ ޝަރީޢަތް: ކުށް ސާބިތު ކުރީ އެންމެ ހެކިވެރިއެއްގެ ހެކި ބަހަށް، ދައުލަތުން އެކަން ދޮގުކުރޭ

15 މެއި 2017
މަހުލޫފްގެ ޝަރީޢަތް: ކުށް ސާބިތު ކުރީ އެންމެ ހެކިވެރިއެއްގެ ހެކި ބަހަށް، ދައުލަތުން އެކަން ދޮގުކުރޭ
02 މެއި 2017

ޒައިދާއި ދެކޮޅަށް ދައުލަތުން ސިއްރު ދެ ހެކިން ހުށަހަޅައިފި

02 މެއި 2017
ޒައިދާއި ދެކޮޅަށް ދައުލަތުން ސިއްރު ދެ ހެކިން ހުށަހަޅައިފި
28 މާރިޗު 2017

ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!

28 މާރިޗު 2017
ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް