Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސައުދުގެ މައްސަލައި

ސައުދުގެ މައްސަލައިގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އުވާލަން ދައުލަތުން ހުށަހަޅައިފި

9 އޯގަސްޓު 2017 | ބުދަ 11:07

ސައުދުގެ ގޮނޑިއާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑު އެހުމުގައި ވަކި ގޮތެއް ކަނޑައަޅާފައެއް ނުވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 9 އޯގަސްޓު 2017 | ބުދަ 11:07
ސައުދުގެ ސުޕްރީކޯޓުން ނެރެގެން ގެންދަނީ

ސައުދުގެ ސުޕްރީކޯޓުން ނެރެގެން ގެންދަނީ

ވިލިނގިލިގީ ދާއިރާގެ މެންބަރު ސައުދު ހުސައިންގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތުގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ 16 ވަނަ މާއްދާގެ (ބ) ބާތިލްކުރަން ދައުލަތުން ހުށަހަޅައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާއަކީ މެންބަރަކާ މެދު ސުލޫކީ ފިޔަވަޅު އެޅުމާއި މެންބަރުކަމުން ވަކިކުރުމާ ބެހޭ މާއްދާއެވެ. އެ މާއްދާގެ (ބ) ގައި ބުނަނީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ދިވެހި ރާއްޖޭގައި ބާއްވާ އިންތިޚާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިޚާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށެވެ.

Advertisement - newsAdvertisement

ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާ ގުޅިގެން ސައުދު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގައި ދައުލަތުގެ ފަރާތުން ބުނީ ޕާޓީން ވަކިވުމުން ގޮނޑި ގެއްލޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އާ ތައާރުޒުވާ ކަމަށެވެ. އެހެން ކަމުން އެ މާއްދާ ބާތިލުކުރަން ހުށަހަޅާ ކަމަށެވެ.

ދައުލަތުގެ ވަކީލް މާޝާ ލުތުފީ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަކީ ގާނޫނު އަސާސީގެ މާއްދާއެއް މާނަކޮށް ނެރެފައިވާ ހުކުމެއް ކަމަށާއި ގާނޫނެއްގެ މާއްދާއެއް އެ ހުކުމާ ތައާރުޒުވާނަމަ ބާތިލްކުރަން ވާނެ ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށެވެ. އަދި އެ މާއްދާ ދެމިއޮންނަ ނަމަ ސުޕްރީމް ކޯޓުގެ ހުކުމުގެ މަގްސަދު ހާސިލް ނުވާނެ ކަމަށާއި މެންބަރުން ޕާޓީ ބަދަލުކުރުމަށް ހައްލެއް ހޯދައި ނުދެވޭނެ ކަމަށެވެ.

ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކޮށް، އިންތިޚާބު ކާމިޔާބުކުރާ މެންބަރުންގެ ތެރެއިން ޕާޓީ ބަދަލުކުރާ މެންބަރުންނާއި، ވަކިކުރާ މެންބަރުންނާއި ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޖުލައި 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ދަށުން، ހަ މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ކުރި އެ ހުކުމުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) ބާތިލްކޮށްފައެއް ނުވެއެވެ.

ހުކުމުގެ ފަހުން ޖުލައި 16 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީގެ ގާނުނާއި، ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ އެ ނޫން ގާނޫނަކުން ނުވަތަ ގަވާއިދަކުން ވިޔަސް ކަނޑައަޅާފައިވާ ގާނޫނީ އިޖުރާއަތަށް ތަބާވުން އިސްތިސްނާ ކުރެވިގެން ނުވާކަން ހުކުމުގައި ކަނޑައެޅިގެން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިޚާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށް ބުނާ މާއްދާ ދެމި އޮންނާނެއެވެ.

ސައުދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ޕީޕީއެމުން ސައުދު ވަކިކޮށް، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ސައުދުގެ ނަން އުނިކޮށްފައިވަނީ ހުކުމުގެ ފަހުން ޖުލައި މަހުގެ 18 ވަނަ ދުވަހު ކަމަށާއި އެހެންކަމުން، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގެ ދަށުން ސައުދުގެ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި މަޖިލީހުގައި ވެސް ސައުދު ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ކަމަށާއި ޕީޕީއެމަށް ކަނޑައެޅިފައިވާ ވަގުތުގައި އޭނާ ބަހުސް ކުރައްވާފައިވާ ކަމަށް ވިދާޅުވެ ދައުލަތުން ވަނީ މަޖިލިސް ޖަލްސާތަކެއްގެ ޔައުމިއްޔާތަކެއް ހުށަހަޅާފަ އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި ސައުދު ޕީޕީއެމް އިން ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލައިގައި ކުރެއްވި އަނބުރާ ނެންގެވުމަށް ޕީޕީއެމުން އެންގުމުން އެގޮތަށް އަމަލުނުކުރުމުން ކަމަށެވެ. އަދި ސައުދު ވަކިކޮށްފައިވަނީ ނުކޮށް ދޫކޮށްލި ކަމެއް ސަބަބުން ކަމަށާއި، ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ އެންގުންތަކަށް މެންބަރުން ތަބާވާން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެކަމަކީ ޖުލައި މަހުގެ 17 ވަނަ ދުވަހު ހިނގި ކަމެއް ކަމަށާއި އެކަމާ ގުޅިގެން ޕާޓީން ވަކިކުރި ކުރުމަކީ ސުޕްރީމް ކޯޓުގެ ހުކުމުގެ ފަހުން ހިނގި ކަމަކަށްވާތީ ގޮނޑި ގެއްލޭނެކަން ސާފުކޮށް އެނގޭ ކަމަށް ވަކީލް ވިދާޅުވި އެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ސައުދުގެ ގާނޫނީ ވަކީލް އަލީ ޝާހު ވިދާޅުވީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ޕީޕީއެމް ސުލޫކީ ކޮމެޓީން ސައުދު ވަކިކޮށް ސިޓީ ފޮނުއްވި ކަމަށެވެ. އަދި ޖުލައި މަހުގެ 10 ވަނަ ދުވަހު އެއްވެސް ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ސައުދުގެ ނަން ހިމެނޭ ނަމަ އެ ދަފްތަރަކުން އުނިކޮށް ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ސިޓީއަކާއި ފޯމެއް ސައުދު ހުށަހެޅި ކަމަށް އަލީ ޝާހު ވިދާޅުވި އެވެ. މީގެ އިތުރުން ޕާޓީގެ ދަފްތަރުން އުނިކޮށް ލިޔުމުން އެކަން އަންގައި ދިނުމަށް އެދި ޖުލައި 11 ވަނަ ދުވަހު ޕީޕީއެމަށް ވެސް ސައުދު ސިޓީއެއް ފޮނުއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ޝާހު ވިދާޅުވީ ދައުލަތުން ދައްކަމުން ދަނީ އާންމު ވާހަކަތަކެއް ކަމަށާއި މި މައްސަލައިގައި އުފެދިފައިވާ ހަމައެކަނި ހުސޫމަތަކީ ޕާޓީން ސައުދު ވަކިކުރީ ކޮންއިރަކުތޯ ކަމަށެވެ. އެގޮތުން އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ސައުދު ވަކިކޮށް ސިޓީ ފޮނުވިއިރު، ސުޕްރީމް ކޯޓުގެ ހުކުމް ނެތް ކަން ފާހަގަކުރައްވާ އޭނާ ވަނީ ދެވަނަ ފަހަރަށް ސައުދު ޕީޕީއެމާ ގުޅިވަޑައިގެންނެވިތޯ ދައުލަތާ ސުވާލު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ސައުދު ޕާޓީން ވަކިވީ ޖުލައި 18 ވަނަ ދުވަހު ކަމަށް ދައުލަތުން ބުނާނަމަ، ދެވަނަ ފަހަރަށް ސައުދު ޕާޓީއާ ގުޅިވަޑައިގެންނެވިކަން ދާއުލަތާއި އިލެކްޝަންސް ކޮމިޝަނުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އޭނާ ވަނީ ދެވަނަ ފަހަރަށް ސައުދު ޕީޕީއެމާ ގުޅިވަޑައިގެންނެވި ނަމަ އެ މެންބަރޝިޕް ފޯމް ކޯޓަށް ގެނެސްދިނުމަށް ޗެލޭންޖް ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީއަކުން ވަކިކޮށްފައިވާ މީހެއް ދެވަނަ ފަހަރަށް ނުގުޅެނީސް ދެވަނަ ފަހަރަށް ވަކިކުރުމަކީ ޝަރުއީ އަދި ގާނޫނީ އެއްވެސް ހައިސިއްޔަތެއް އޮތް ކަމެއް ނޫން ކަމަށެވެ.

ސިޔާސީ ޕާޓީއަކުން ވަކިކުރާ މެންބަރަކު ދަފްތަރުން އުނިކުރަން ހުށަހަޅާނީ އެ ޕާޓީއަކުން ކަމަށް ދައުލަތުން ބުނާ ބުނުމަށް ރައްދު ދެއްވަމުން އަލީ ޝާހު ވިދާޅުވީ އެއީ ސައުދުގެ އެއްވެސް ބާރެއް ހިނގާ ކަމެއް ނޫން ކަމަށާއި ޕީޕީއެމްގެ ޒިންމާއާއި މަސްއޫލިއްޔަތު އެ ޕާޓީން އަދާނުކުރުމަކީ ސައުދަށް ނޭދެވޭ އަސަރުކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ޕާޓީގެ ދަފްތަރުން އުނިކޮށް ދިނުމަށް ސައުދު ހުށަހަޅާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން އެ ކޮމިޝަނުގެ ޒިންމާއަދާނުކޮށް އިހުމާލުވުމަކީ ސައުދު ޒިންމާވާންޖެހޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ މާއްދާއެއް ބާތިލްކުރަން ދައުލަތުން ހުށަހަޅާފައިވާތީ އަލީ ޝާހު ވިދާޅުވީ އެއްވެސް ހާލެއްގައި މި ޝަރީއަތަކީ ގާނޫނުގެ މާއްދާއެއް އުނިކުރަން ކުރިއަށްގެންދާ ޝަރީއަތެއް ނޫން ކަމަށާއި މިއީ ސައުދުގެ މެންބަރުކަމުގެ ގޮނޑިއާ މެދު އުފައްދާފައިވާ ޚިލާފާ ގުޅޭ މައްސަލައެއް ކަމަށެވެ.

ސައުދުގެ ފަރާތުން މައްސަލައިގައި އެދިފައިވަނީ ވިލިނގިލީ ދާއިރާގެ މެންބަރަކީ އޭނާކަމަށް ކަނޑައަޅައިދިނުމަށެވެ. އިޔާދަނުކުރެވޭ ވަރުގެ ގެއްލުން ލިބިދާނެތީ ގޮތެއް ނިންމަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދޭ އިމްތިޔާޒުތަކާއި ބާރުތައް ސައުދަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ބައި އިލެކްޝަން ބޭއްވުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމުގެ ވަގުތީ އަމުރަަކަށް ވެސް އެދުނެވެ.

ބުދަ ދުވަހުގެ އަޑުއެހުން ނިންމާލާފައިވަނީ އިތުރު ވާހަކަ ދައްކަން ހުރިނަމަ އަޑުއެހުމެއް ބާއްވާނެ ކަން އިއުލާނުކުރެއްވުމަށް ފަހު އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް