Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސީއެސްސީގެ މެމްބަރުން ވަކިކުރަން ގޮވާލުން

ސިއްހީ ހިދުމަތްތެރިންނަށް ސީއެސްސީން ކަންތައްކުރީ ބޭއިންސާފުން: ވިސާމް

މަޖިލީހުން ކޮމިޝަންގެ މައްސަލަ ބަލާފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 20 މެއި 2020 | ބުދަ 10:04
ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް

ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް

ކޮވިޑް-19 ޕެންޑެމިކްގެ މި ދަނޑިވަޅުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ން ކަންތައްކުރީ ބޭއިންސާފުން ކަމަށް ވިދާޅުވެ، އެ ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ގޮވާލައްވައިފި އެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހޭ މުސާރަތައް ކޮވިޑް-19އާ ގުޅިގެން ކުޑަކުރުމަށް 18 މާރޗު 2020 ގައި ނިންމަވާފައިވާ ނިންމުން އަލުން މުރާޖަޢާ ކުރުމުގެ މައްސަލަ، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުޘް ކުރައްވަމުން ވިސާމް ވިދާޅުވީ ސީއެސްސީން މުސާރައާއި ގުޅިގެން ނެރުނު ސަރުކިއުލަރގައި ސިއްހީ ޚިދުމަތްތެރިންނާއި ސީއެސްސީގެ އެހެނިހެން މުވައްޒަފުންނަށް އަމަލުކުރުމަށް ކަނޑައަޅާފައި ވަނީ އެއް ހަމަޔަކުން ކަމަށެވެ.

Advertisement - newsAdvertisement

ވިސާމް ވިދާޅުވީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ކުރީ ސަފުގައި މަސައްކަތް ކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ގޭގައި ތިބެގެން މަސައްކަތް ކުރާ އެ ކޮމިޝަނުގެ މުވައްޒަފުންނާއި މުސާރައިގެ ގޮތުން އަދި އެހެނިހެން ގޮތް ގޮތުންވެސް ތަފާތުވާން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާކަމަށް ވިސާމް ވިދާޅުވި އެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވިސާމް ވަނީ ސިއްޙީ ޚިދުމަތްތެރިންގެ ތެރެއިން 19 ގިންތިއެއްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އަދިވެސް އެކުލަވާ ނުލާކަން ފާހަގަ ކުރައްވާފަ އެވެ.

ވިސާމް ވިދާޅުވީ މިފަދަ ކަންކަން ނުވެ ހުރުމަކީ ސީއެސްސީ ފެއިލް ވެފައި އޮތްކަމުގެ ހެއްކެއް ކަމަށެވެ. ސީއެސްސީގެ މުވައްޒަފުންނަށް ކުރަމުންދާ އަސަރުތަކަށް އެ ކޮމިޝަނުން ޒިންމާ ނަގަންޖެހޭ ކަން ފާހަގަކުރައްވާ ވިސާމް ވިދާޅުވީ ސީއެސްސީގެ މަސައްކަތްތައް ހުރީ މި ސަރުކާރުގެ މަސައްކަތްތަކާއި އެއް މިސްރާބަކަށް ނޫން ކަމަށެވެ. އަދި އެ ކޮމިޝަނުގެ މެންބަރުން މަގާމުން ވަކި ކުރަން ޖެހޭކަމަށް ވިދާޅުވި އެވެ.

މަގާމުގެ ޒިންމާ އަދާ ނުކުރެވޭކަމަށް ގަބޫލު ކުރެވޭތީ ސިވިލް ސަރވިސް ކޮމިޝަންގެ 4 މެންބަރަކު ވަކި ކުރުމަށް، މެންބަރު ވިސާމް ހިމެނިވަޑައިގަންނަވާ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މާރޗު މަހުގެ 1 ވަނަ ދުވަހު ފާސްކުރި އެވެ. ކޮމިޓީން މަޤާމުން ވަކިކުރުމަށް ނިންމާފައި ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެންބަރު އިބްރާހިމް ޝަހީގުގެ އިތުރުން އަލްއުސްތާޛު ޒަކަރިއްޔާ ޙުސައިނެވެ.

އެހެންނަމަވެސް، ކޮމިޝަންގެ 4 މެންބަރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު ކޮމިޓީއަށް އަނބުރާ ފޮނުވާލާފައި ވާތީ ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހު ކޮމެޓީން ނިންމީ 4 މެންބަރުން ވަކިކުރުމުގެ މައްސަލައިގެ ރިޕޯޓު ނިންމާއިރު، އެ ކޮމިޝަންގެ މެންބަރު ފާޠިމަތު އާމިރާގެ މައްސަލަވެސް ބެލުމަށް ފަހު 5 މެންބަރުން ވެސް ހިމެނޭގޮތަށް ރިޕޯޓު ތައްޔާރުކޮށް ހުށަހެޅުމަށެވެ. އެ މަސައްކަތް މިހާރު ވަނީ މަޑުޖައްސާލާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބަށްވެސް ފުރިހަމަ ސިއްހީ ފަރުވާ ދޭންޖެހޭ: ރައީސް މައުމޫން

އަދީބަށްވެސް ފުރިހަމަ ސިއްހީ ފަރުވާ ދޭންޖެހޭ: ރައީސް މައުމޫން

08 ޖޫން 2017
މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

29 މެއި 2017
އަދީބަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާއަށް ބޭރަށް ފޮނުވައިދިނުމަށް އެދިއްޖެ

އަދީބަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާއަށް ބޭރަށް ފޮނުވައިދިނުމަށް އެދިއްޖެ

22 މެއި 2017
އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ

އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ

09 މެއި 2017
މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި

މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި

12 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު