Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެސްޓީޖީގެ ފުރަތަމަ ދެލިކޮޕީ

މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން، ދިރާސާ ކުރުމަށް ކޮމެޓީއަށް

މޯލްޑިްވސް ސޭފް ޓޫރިޒަމް ގައިޑްލައިންގެ ފުރަތަމަ ދެލިކޮޕީ ދިރާސާ ކުރުމަށް ފޮނުއްވީ އިގްތިޞާދީ ކޮމެޓީއަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 20 މެއި 2020 | ބުދަ 07:05
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަދި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު، ކޮރަލް ފެސްޓިލް އިވެންޓްގެ ތެރެއިން: މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން އެކުލަވާލާފައިވަނީ ކަމާބެހޭ ގިނަ ފަރާތ

ފަތުރުވެރިކަން އަލުން ހުޅުވާލާއިރު އަމަލުކުރަން ހަދާފައިވާ "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން (އެމްއެސްޓީޖީ)"ގެ ފުރަތަމަ ދެލިކޮޕީ، ރައްޔިތުންގެ މަޖިލީހުގެ އިގްތިޞާދީ ކޮމެޓީއަށް ދިރާސާ ކުރުމަށް ފޮނުވައިފި އެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއަށް ފޮނުއްވާފައިވާ ސިޓީ އިއްވުމަށް ފަހު، މިނިސްޓަރ އަލީ ވަހީދުގެ އެ ސިޓީއާއެކު އެމްއެސްޓީޖީގެ ފުރަތަމަ ދެލިކޮޕީ ދިރާސާ ކުރުމަށް އިގްތިޞާދީ ކޮމެޓީއަށް ފޮނުވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރ ބަންދުކުރުމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އަދި ފަތުރުވެރިކަން އަލުން ފެށުމަކީ ރާއްޖޭގެ އިގްތިޞާދަށް ކޮންމެހެންވެސް މުހިއްމު ކަމެއްކަމަށް ޓޫރިޒަމް މިނިސްޓްރީންނާއި ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހާ ފަރާތްތައް އިއްތިފާޤުވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށްޓަކައި "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން (އެމްއެސްޓީޖީ)"ގެ ފުރަތަމަ ދެލިކޮޕީ އެކުލަވާލާފައިވާ ކަމަށެވެ. މިގައިޑްލައިން އެކުލަވާލުމުގައި ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި މިކަމުގައި ގެންގުޅޭ މިންގަނޑުތަކަށާއި ޑަބްލިޔުއެޗްއޯގެ ގައިޑްލައިންތަކާއި ޔޫއެން-ޑަބްލިޔުޓީއޯގެ ލަފަޔާއި އިރުޝާދު، އަދި މިނޫނަސް އާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުންވާ މިންގަނޑުތަކަށް ބަލާފައިވާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މަޖިލީހުގެ ރައީސްއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ.

އެމްއެސްޓީޖީ ފުރަތަމަ ދެލިކޮޕީއަށް ރައްޔިތުންގެ މަޖިލީހުން ހުށަހަޅަން ބޭނުންވާ ކަންކަން، މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން ޓޫރިޒަމް މިނިސްޓްރީއާ ހިއްސާ ކޮށްދެއްވުމަށް މިނިސްޓަރ އަލީ ވަހީދު، އެދިވަޑައިގަންނަވާފައިވާތީ، މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވެސް ވަނީ، މިއަދުން މިއަދަށް އެމްއެސްޓީޖީގެ ފުރަތަމަ ދެލިކޮޕީ ދިރާސާ ކުރުމުގެ މަސައްކަތް އިގްތިޞާދީ ކޮމެޓީން ފައްޓަވާ ދެއްވުމަށާއި، އަދި ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ މިކަމުގައި ހޯއްދެވުމަށް އެދިވަޑައިގަންނަވާފަ އެވެ. އަދި މިނިސްޓަރ އެދިވަޑައިގެންނެވި ތާރީޚުގެ ކުރިން މިމަސައްކަތް ނިންމަވާ ދެއްވުމަށް ވެސް މަޖިލީހުގެ ރައީސް އިގްތިޞާދީ ކޮމެޓީންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

މި ގައިޑްލައިންގައިވާ ގޮތުން ކޮންމެ ފަތުރުވެރިއެއްގެ އަތުން 100 ޑޮލަރުގެ ވިސާ ފީއެއް ނަގަން ވަނީ ހިމަނާފަ އެވެ. މީގެ އިތުރުން ވިސާ ދޭނީ މަދުވެގެން ރާއްޖޭގައި 14 ދުވަސް ހޭދަ ކުރާ ފަތުރުވެރިންނަށް ކަމަށާއި، އެމީހަކު ހުންނަން ޖެހޭނީ އެންމެ ތަނެއްގައި ކަން ވާންޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

މި ގައިޑްލައިންގައި ޗާޓަރު ފުލައިޓްތަކާއި ޕްރައިވެޓް ޖެޓް އަދި ފަތުރުވެރިކަމުގެ ޚިިދުމަތްދޭ ބޭރުގެ ކަނޑު އުޅަނދު ފަހަރަށް ވެސް ވަކި ކަންތައްތަކެއް ވަނީ ހިމަނާފަ އެވެ. އެގޮތުން ޗާޓަރު ފުލައިޓް އަދި ޕްރައިވެޓް ޖެޓްތަކުން ލޭންޑިންގ ފީއެއްގެ ގޮތުގައި 50،000 ޑޮލަރު ނަގަން ހިމަނާފައި ވެއެވެ.

އޭގެ އިތުރުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ފަތުރުވެރިކަމުގެ ހިދުމަތްދޭ ކަނޑު އުޅަނދުތަކުން 10،000 ޑޮލަރުގެ ފީއެއް ނެގުމާއި، ސަރުކާރުން ވަކި އެއްޗެއް އަންގަންދެން ކުރޫސް ލައިނާތައް އައުން މަނާވާނެ ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން ފަތުވެރިން އުޅަނދަށް އެރުވުމައި ބޭލުމުގެ ކަންކަން ހަމަޖެހިފައި އޮންނަން ޖެހޭނީ ސޭފް ޓުއަރިޒަމް އަށް ހާއްސަވާ އެއަރޕޯޓެއްގައި ކަމަށް ވަނީ ބުނެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި

ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު