Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19: ކ. ހިންމަފުށީގެ ޙާލަތު

ހިންމަފުށިން ނެގި ހުރިހާ ސާމްޕަލެއްގެ ނަތިޖާ ނެގެޓިވް

ޑީޓީއާރްސީން ނެގުނު 36 ސާމްޕަލް ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 މެއި 2020 | އަންގާރަ 17:19
ކ ހިންމަފުށި- ގިނަ ބައެއްގެ ސާމްޕަލް ނަގާފައިވަނީ ހިންމަފުށީ ޑީޓީއާރްސީން ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން

ކ ހިންމަފުށި- ގިނަ ބައެއްގެ ސާމްޕަލް ނަގާފައިވަނީ ހިންމަފުށީ ޑީޓީއާރްސީން ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން

ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ (ޑީޓީއާރްސީ) އިން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކު ހެދުނު ކޮންޓެކްޓް ޓްރޭސިންއާ ގުޅިގެން ނެގުނު ހުރިހާ ސާމްޕަލެއް ނެގެޓިވްކަން ސަރުކާރުން ހާމަކޮށްފި އެވެ.

އަންގާރަ ދުވަހުގެރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، ހިންމަފުށިން ހެދުނު ކޮންޓެކްޓް ޓްރޭސިން އިން 146 ސާމްޕަލް ނަގާފައިވާއިރު، އެ ހުރިހާ ސާމްޕަލެއްގެ ނަތީޖާވެސް ނެގެޓިވްވެފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، އޭގެ ތެރޭގައި ހިމެނެނީ ޑީޓީއާރްސީން ނެގުނު 36 ސާމްޕަލްއަކާއި، ހިންމަފުށީ އައްސޭރި ޖަލުން ނެގުނު 37 ސާމްޕަލްއަކާއި، އެރަށު އިންޑަސްޓްރިއަލް ސަރަޙައްދުން ނެގުނު 45 ސާމްޕަލެއްގެ އިތުރުން، ހިންމަފުށީ ރަށުގެ އާބާދީ ތެރެއިން ރެންޑަމް ސާމްޕްލިންގެ ތެރެއިން ނެގުނު 28 ސާމްޕަލެއް ކަމަށެވެ.

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަމުން އަންނަ ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އެކަން ހިނގި ކަމަށް ބެލެނީ އެތަނަށް އެންމެ ފަހުން ފަރުވާ ހޯދުމަށް ވަތް މީހެއްގެ ފަރާތުންކަމަށް ކޮވިޑް-19 ޓާސްކްފޯހުން ހާމަކޮށްފައި ވެއެވެ.

އެއާއެކު މިހާރުގެ ސިޔާސަތަކީ މީހުން ބަންދު ކޮށްގެން ގެންގުޅޭ ތަންތަނުން ސާމްޕަލްތައް ނަގައިގެން ޓެސްޓް ކުރުން ކަމަށާއި، ވަކިން ޚާއްސަކޮށް މިގޮތަށް ދައުލަތުން ބަލަހައްޓަމުން ގެންދާ މީހުން ތިބޭ ތަންތަނުން ސާމްޕަލްތައް ނެގެމުންދާނެކަން ޓާސްކްފޯހުން ހާމަ ކޮށްފައި ވެއެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

އިތުރު މަސައްކަތެއް ނުކޮށް ކުނޫޒު ކުރިމަތިން ނެގި ގާތައް އަތުރަން ފަށައިފި

09 އެޕްރީލު 2017
އިތުރު މަސައްކަތެއް ނުކޮށް ކުނޫޒު ކުރިމަތިން ނެގި ގާތައް އަތުރަން ފަށައިފި
28 މާރިޗު 2017

މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު

28 މާރިޗު 2017
މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު
01 މާރިޗު 2017

އެމްޑީޕީ ހަރުގެ ފޮޓޯނެގި ފަތުރުވެރިއަކު ހައްޔަރުކޮށްފި

01 މާރިޗު 2017
އެމްޑީޕީ ހަރުގެ ފޮޓޯނެގި ފަތުރުވެރިއަކު ހައްޔަރުކޮށްފި
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު