ކޮވިޑް-19ށް ޕޮޒިޓިވްވީ 42 ކުޑަކުދިންގެ ތެރެއިން 6 ކުއްޖަކު ރަނގަޅު ވެއްޖެ
19 މެއި 2020 | އަންގާރަ 12:30ހުރިހާ ކުދިންގެ ހާލު ރަނގަޅު

އަމްނާ އިމާދު | 19 މެއި 2020 | އަންގާރަ 12:30

ކޮވިޑް-19ށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަނީ
ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވީ 42 ކުޑަ ކުދިންގެ ތެރެއިން 6 ކުއްޖަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ކުޑަކުދިންގެ ޚާއްޞަ ޑރ. އަޙްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހު ޑރ. ފައިސަލް ވިދާޅުވީ ކޮވިޑް-19ށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންދާ ހުރިހާ ކުޑަ ކުދިންގެ ޙާލު ރަނގަޅު ކަމަށެވެ.
ކޮވިޑް-19ށް ޕޮޒިޓިވްވާ ކުޑަ ކުދިންގެ ތެރެއިން %40 ކުދިންގެ ކިބައިން ބަލީގެ އެއްވެސް ޢަލާމާތެއް ނުފެންނަ ކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވެފައި ވެއެވެ.
މާލެ ސިޓީގައި ކޮވިޑް-19 ހަލުހިމިނެއްގައި ފެތުރެމުން ދާއިރު، ކޮވިޑް-19ށް ޕޮޒިޓިވްވި އެންމެ ތުއްތު ކުއްޖާގެ އުމުރަކީ އެންމެ 17 ދުވަހެވެ.
ރާއްޖެއިން މިހާތަނަށް 1160 މީހުން ޕޮޒިޓިވްވެފައި ވާއިރު، 80 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.









