Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެލެކޮމްފަރެންސިންގ މެދުވެރިކޮށް ޝަރީއަތްކުރުން

ޓެލެ ކޮންފަރެންސިންގެ ޒަރީއާއިން ޝަރީއަތް ކުރިޔަށް ގެންދާނެ ގޮތް ޢާންމުކޮށްފި

19 މެއި 2020 | އަންގާރަ 11:40

މިގަވާއިދަށް މިއަދުން ފެށިގެން އަމަލު ކުރެވޭނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 މެއި 2020 | އަންގާރަ 11:40
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު: ސުޕްރީމް ކޯޓަށާއި ޝަރުއީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން ވަނީ ފާހަގަކުރެވިފައި

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު: ސުޕްރީމް ކޯޓަށާއި ޝަރުއީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން ވަނީ ފާހަގަކުރެވިފައި

ޞިއްޙީ ޚާއްޞަ ޙާލަތްތަކުގައި ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް މުއާޞަލާތީ ވަޞީލަތްތައް ބޭނުންކޮށްގެން ދުރުން ކުރިއަށް ގެންދިއުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދެއް އަންގާރަ ދުވަހު ޢާންމުކޮށްފި އެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ މައްސަލަތަކާއި މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ކޯޓަށް ހުށަހަޅާނެ ގޮތާއި، މައްސަލަ ރަޖިސްޓްރީ ކުރުމުގައި ޢަމަލު ކުރެވޭނެގޮތާއި، މައްސަލައާ ގުޅޭ އިބްތިދާޢީ ބައްދަލުވުންތައް ބާއްވައި މައްސަލައިގެ ލިޔެކިޔުންތައް ޚަޞްމުންގެ މެދުގައި ބަދަލުކޮށް، ލިޔެކިޔުމާއި ބަޔާންތަކުގައި ސޮއިކުރުމުގެ ކަންކަން އިލެކްޓްރޯނިކް ވަޞީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދާނެ ގޮތް މި ޤަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

Advertisement - newsAdvertisement

މީގެއިތުރުން، ޝަރީޢަތާ ގުޅިގެން ފޮނުވަންޖެހޭ ކޯޓު ޢަމުރު ފޮނުވޭނެ ގޮތާއި، ޝަރީޢަތުގެ މަޖިލީސްތައް އޮންލައިންކޮށް ކުރިއަށް ގެންދާނެ ގޮތާއި، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމުގައި ޢަމަލު ކުރެވޭނެ ގޮތުގެ އިތުރުން، ޝަރީޢަތާ ގުޅުން ހުރި އެނޫންވެސް މުޢާމަލާތްތައް މުއާޞަލާތީ ވަޞީލަތްތައް ބޭނުންކޮށްގެން ކުރިއަށް ގެންދާނެގޮތް މި ޤަވާއިދުގައި ހިމެނެއެވެ.

ސުޕްރީމް ކޯޓުން ބުނީ މި ޤަވާއިދަށް ި މި ހިނގާ މެއި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށުމާއެކު، ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެތީ، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ދުވަސްތައް ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިޢުނާފު ކުރުމުގައި ނުގުނާގޮތަށް އޮތްއޮތުން ނިމުމަކަށް އަންނާނެ ކަމަށެވެ.

މިގޮތުން، 2020 ޖޫން 01 ވަނަ ދުވަހުން ފެށިގެން، ޢާންމުކޮށް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ސުޕްރީމް ކޯޓުގައި މައްސަލަތައް އިސްތިޢުނާފު ކުރުމުގެ މުއްދަތު ގުނަން ފެށޭނެ ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެއެވެ.

ސުޕްރީމް ކޯޓުން ބުނީ، މި ޤަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، އެ ކޯޓަށް ހުށަހަޅާ މައްސަލަތައް ފޮނުވާނީ registry@supremecourt.gov.mv އީ-މެއިލް އަށް އަށެވެ. ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ މުޢާމަލާތްތައް ކުރަމުން ގެންދާނީ އީ-މެއިލް، ފޯނު އަދި އެނޫންވެސް އިލެކްޓްރޯނިކް ވަޞީލަތްތައް މެދުވެރިކޮށްގެން ކަމަށެވެ.

ކޮންމެހެން ކޯޓަށް ހާޒިރުވެގެން ނޫނީ ކުރިއަށް ގެންދެވެން ނެތް ޝަރީޢަތްތައް ފިޔަވައި އެނޫން ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޓެލެ-ކޮންފަރެންސިންގ ވަޞީލަތެއް ކަމުގައިވާ Microsoft Teams މެދުވެރިކޮށް ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެއެވެ.

ސުޕްރީމް ކޯޓުން ބުނީ، އެ ކޯޓަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާއެއް އޮތްކަމުގައި ވާނަމަ، އީ-މެއިލް މެދުވެރިކޮށް އެ ޝަކުވާއެއް ކޯޓަށް ހުށަހެޅޭނެ ކަމަށެވެ. އަދި މި ޤަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، ކޯޓުން އެކި ފަރާތްތަކަށް ފޮނުވަން ޖެހޭ ލިޔެކިޔުންތަކާއި، ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓު ފަދަ ލިޔެކިޔުންތައް ފޮނުވަމުން ގެންދާނީ އީ-މެއިލް ނުވަތަ އެނޫންވެސް މުއާޞަލާތީ ވަޞީލަތްތައް މެދުވެރިކޮށްގެން ކަމަށެވެ. އަދި މައްސަލަ ހުށަހެޅުމާ ބެހޭގޮތުން ނުވަތަ ކަމެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން ސުޕްރީމް ކޯޓުގެ ފޯނު ނަންބަރު 3007318 އަށް ގުޅާލުމުން އެކަން ހަމަޖައްސައިދޭނެ ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް