Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުނަދޫގައި އަޅާފައިވާ ފިޔަވަޅުތައް

ށ. ފުނަދޫ އިން ކޮވިޑް-19 އާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއިދޭން ނިންމައިފި

ރޭގަނޑު 11:00 ން ފެށިގެން ހެނދުނު 06:00 އާއި ދެމެދު ޒަރޫރީ ބޭނުމެއްގައި ފިޔަވައި ނުކުތުން މަނާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 މެއި 2020 | އަންގާރަ 02:04
ށ. ފުނަދޫ؛ ކޮވިޑާއި ގުޅިގެން އެޅި ބައެއް ފިޔަވަޅުތައް ވަނީ އުވާލަން ނިންމާފައި

ށ. ފުނަދޫ؛ ކޮވިޑާއި ގުޅިގެން އެޅި ބައެއް ފިޔަވަޅުތައް ވަނީ އުވާލަން ނިންމާފައި

ކޮވިޑް-19 އާއި ގުޅިގެން ށ. ފުނަދޫ އިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ފުނަދޫ ކައުންސިލުން ބުނީ ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި އެ ރަށުން ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހަކު ފެނިފައި ނުވާތީއާއި، ބަލި ފެތުރޭ ރަށްރަށުން މިހުން އައުން މަނާކުރެވިފައިވާތީ މެއި 13 ގައި ކައުންސިލުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅު ތަކުގެ ތެރެއިން ބައެއް ފިޔަވަޅުތައް އުވާލަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ރޭގަނޑު 11:00ން ފެށިގެން ހެނދުނު 06:00 އާއި ދެމެދު ޒަރޫރީ ބޭނުމެއްގައި ފިޔަވައި، ގެއިންބޭރުގައި އުޅުމަކީ މަނާކަމެއް ކަމަށާއި، އެފަދަ ބޭނުމެއްގައި ނުކުމެވޭނީ ފުނަދޫ ޕޮލިސް ސްޓޭޝަންގެ ޚާއްސަ ހުއްދައެއް ހޯދުމަށްފަހުގައި ކަމަށެވެ. އަދި ޒަރޫރީ ބޭނުމެއްގައި ފިޔަވާ އެހެން އެހެން ރަށްރަށަށް ދަތުރު ކުރުމަކީ މަނާކަމެއް ކަމަށާއި، އެފަދަ ބޭނުމެއްގައި ދަތުރު ކުރެވޭނީ ފުނަދޫ ކައުންސިލުގެ ޚާއްސަ ހުއްދައެއް ހޯދުމަށް ފަހުގައި ކަމަށެވެ.

މީގެ އިތުރުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އުވާލި ނަމަވެސް މާސްކު އަޅައިގެން ނޫންގޮތަކަށް ގެއިން ބޭރަށް ނުކުމެ ނޫޅުމާއި، ގުރޫޕް ހަދައިގެން ބޭރަށް ނުކުތުމާއި، ފިނިބުރުޖެހުމާއި، އާންމުތަންތަނަށް އެއްވެނޫޅުން އަދި ފިހާރަ ތަކުން ޚިދުމަތް ހޯއްދެވުމުގައި ގައިދުރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު