Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ މިލާނުގެ ކުޅުންތެރިން ޓެސްޓުކުރުން

އިންޓަ މިލާނުގެ ހުރިހާ ކުޅުންތެރިން ކޮރޯނާވައިރަހަށް ނެގެޓިވް

ކުޅުންތެރިންގެ އިތުރުން އޮފިޝަލުންނާއި މެނޭޖްމަންޓުގެ މުވައްޒަފުންވެސް ވަނީ ވައިރަހަށް ނެގެޓިވް ވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 18 މެއި 2020 | ހޯމަ 10:37
މީގެ ކުރިން އިންޓަ މިލާނުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން އެޓީމުގެ ފޯވާޑް ލަޓާރޯ މާޓިނޭޒް

މީގެ ކުރިން އިންޓަ މިލާނުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން އެޓީމުގެ ފޯވާޑް ލަޓާރޯ މާޓިނޭޒް | ގެޓީ އިމޭޖަސް

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އިންޓަ މިލާނުގެ ހުރިހާ ކުޅުންތެރިން ނެގެޓިވްވެފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ޖޫން މަހުގެ 13 ވަނަ ދުވަހު އިޓާލިއަން ލީގު އަލުން ފަށަން ކްލަބުތަކުން މީގެ ކުރިން ރުހުން ދީފައިވާއިރު، އިޓަލީގެ ސަރުކާރުން ވަނީ ހޯމަ ދުވަހުން ފެށިގެން ކުޅުންތެރިން އެކުގައި ތަމްރީނުތައް ހެދުމުގެ ހުއްދަ ދީފައެވެ. އޭގެ ކުރިން މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ކުޅުންތެރިންނަށް އެކަނި ތަމްރީނުތައް ހެދުމުގެ ހުއްދަ އިޓަލީގެ ސަރުކާރުން ވަނީ ދީފައެވެ.

ލީގު އަލުން ފަށަން ތައްޔާރުވަމުންދާތީ، އިންޓަގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ކޮވިޑް-19 އަށް ޓެސްޓު ކޮށްފައެވެ. އިންޓަ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގައި އެ ކްލަބުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރަށް މެނޭޖްމަންޓުގެ މުވައްޒަފުންވެސް ވައިރަހަށް ޓެސްޓު ކޮށްފައިވާ ކަމަށާއި، ހުރިހާ ޓެސްޓެއްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ. އެއާއެކު ކުޅުންތެރިން އެކުގައި ހޯމަ ދުވަހު ތަމްރީނުތަކަށް ނުކުމެފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އިންޓަ މިލާނުން އެ ކްލަބުގެ ހުރިހާ ކުޅުންތެރިން ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާކަން ހާމަކުރިއިރު، މީގެ ކުރިން އޭސީ މިލާނުންވެސް ވަނީ އެ ކްލަބުގެ ހުރިހާ ކުޅުންތެރިން ވައިރަހަށް ނެގެޓިވްވިކަން ހާމަކޮށްފައެވެ. އެކަމަކު ދާދި ފަހުން ޕާމާގެ ދެ ކުޅުންތެރިއަކާއި، ސަމްޕްޑޯރިއާގެ ހަތަރު ކުޅުންތެރިއަކާއި، ޓޮރީނޯގެ ކުޅުންތެރިއެއްގެ އިތުރުން ފިއޮރެންޓީނާގެ ތިން ކުޅުންތެރިއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ޖޫން މަހުގެ 13 ވަނަ ދުވަހު އިޓާލިއަން ލީގު ފަށަން ގިނަ ކްލަބުތަކުން ރުހުން ދީފައިވީ ނަމަވެސް، ލީގު އަލުން ފަށާނެ ތާރިޚެއް ފައިނަލް ކުރާނީ އިޓަލީގެ ސަރުކާރުން ރުހުން ދިނުމުންނެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު