Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19: ޚިދުމަތްތެރިން ޕޮޒިޓިވްވުން

ފްރޮންޓްލައިންގެ ޚިދުމަތްތެރިން ޕޮޒިޓިވްވި ނަމަވެސް މަސައްކަތަށް ބުރުލެއް ނާރާނެ: މަބްރޫކް

މަސައްކަތަށް ލަސްކަމެއް އަތުވެދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 18 މެއި 2020 | ހޯމަ 08:52
ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް

ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް

ކޮވިޑް-19 ގެ މިޙާލަތުގައި އިސް ސަފުގައި މަސައްކަތް ކުރަމުން އައި ޚިދުމަތްތެރިން ތަކެއް ކޮވިޑް-19ށް ޕޮޒިޓިވްވީ ނަމަވެސް މަސައްކަތަށް ބުރޫ ނާރާނެ ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އިސް ސަފުގައި މަސައްކަތް ކުރާ މީހުންނަކީ ބައްޔަށް ހުށަހެޅިގެން މަސައްކަތް ކުރާ މީހުން ކަމަށާއި، ސަލާމަތާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން އެ މީހުން މަސައްކަތް ކުރި ކަމުގައި ވިޔަސް، ބަލި ޖެހުމުގެ ފުރުޞަތު އެބަ އޮތް ކަމަށެވެ. އަދި ވިދާޅުވީ 'ކޮމިއުނިޓީ ސްޕްރެޑް' އާއެކު އިސް ސަފުގައި ޙަރަކާތްތެރިވާ ޚިދުމަތްތެރިން ތެރެއިން ކޮވިޑް-19ށް ޕޮޒިޓިވްވާނެކަމަށް ލަފާކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މަބްރޫކް ވިދާޅުވީ މިހާތަނަށް ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުން ތެރެއިން 199 މީހުންނަކީ އިސް ސަފުގައި މަސައްކަތް ކުރަމުން އައި މީހުން ކަމަށާއި، މި މީހުންނަކީ އެކި އިދާރާތަކުގެ މުވައްޒަފުން ކަމަށެވެ. މީގެ ތެރޭގައި ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން، އެހެނިހެން ދާއިރާތަކުގެ މުވައްޒަފުން ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އިސްސަފުގައި މަސައްކަތް ކުރާ ޚިދުމަތްތެރިން ކޮވިޑް-19ށް ޕޮޒިޓިވް ވާއިރު، ޓީމުގެ މެންބަރުން މަދުވާނެ ކަމަށެވެ. ނަމަވެސް މަަސައްކަތްތައް ކުރިއަށްދާނެ ކަމަށާއި، މާކުރިން އެކަމުގެ ޕްލޭންތައް ހެދިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މަސައްކަތަށް ބުރޫނާރާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ކޮންމެ އޯގަނައިޒޭޝަނަކުން ވެސް އަމިއްލަ ޚާއްޞާ ޕްލޭނެއް އެކުލަވާލާ މުވައްޒަފުންތަކެއް ޕޮޒިޓިވްވާ ޙާލަތުގައި އެތަން ފޫބައްދާނެ ގޮތުގެ ޕްލޭން ވެސް އެކުލަވާލައިފައިވާ ކަމަށެވެ.

މާލެ ސިޓީގައި ހަލުވި މިނެއްގައި ކޮވިޑް-19 ފެތުރެމުން ދާއިރު، ރާއްޖެއިން މިހާތަނަށް 1000ށް ވުރެ ގިނަ މީހުން ވަނީ މި ވައިރަސްއަށް ޕޮޒިޓިވް ވެފައެވެ.

އިތުރަށް ކިޔާލަން

01 ޖޫން 2017

ހޯރަފުށީގައި ފެން ބޮޑުވި ނަމަވެސް މިހާރު ވަނީ އުޅެވޭވަރަށް ފެން ހިއްކާފައި: ކައުންސިލް

01 ޖޫން 2017
ހޯރަފުށީގައި ފެން ބޮޑުވި ނަމަވެސް މިހާރު ވަނީ އުޅެވޭވަރަށް ފެން ހިއްކާފައި: ކައުންސިލް
12 މެއި 2017

ފޮށިތަކެއް ގުނި ނަމަވެސް ނަތީޖާ ބަދަލުވާ ވަރުގެ ކަމެއް ނެތް: އިލެކްޝަންސް

12 މެއި 2017
ފޮށިތަކެއް ގުނި ނަމަވެސް ނަތީޖާ ބަދަލުވާ ވަރުގެ ކަމެއް ނެތް: އިލެކްޝަންސް
29 އެޕްރީލު 2017

މަގުމަތީން ފުލުހުން ނުފެނުނު ނަމަވެސް ހާއްސަ އޮޕަރޭޝަން ދަނީ ކުރިއަށް: ޕޮލިސް

29 އެޕްރީލު 2017
މަގުމަތީން ފުލުހުން ނުފެނުނު ނަމަވެސް ހާއްސަ އޮޕަރޭޝަން ދަނީ ކުރިއަށް: ޕޮލިސް
02 އެޕްރީލު 2017

މާރާލިނަމަވެސް ހައްގުތައް ހޯދަން ވަކާލާތުކުރާނަން: އިމްތިޔާޒް

02 އެޕްރީލު 2017
މާރާލިނަމަވެސް ހައްގުތައް ހޯދަން ވަކާލާތުކުރާނަން: އިމްތިޔާޒް
24 މާރިޗު 2017

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު