Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ޕެންޝަން ފައިސާ އޭގެ ޙައްޤުވެރިންނަށް ލިބޭނެކަމުގެ 100% ޔަޤީންކަން ދެން: ޕެންޝަން އޮފީސް

17 މެއި 2020 | އާދީއްތަ 19:39

އެކަމުގައި އެއްވެސް މައްސަލައެއް ދިމާ ނުވާނެ ކަމުގެ ޔަޤީންކަން ދެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 މެއި 2020 | އާދީއްތަ 19:39
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން- މިހާރުވެސް އެކި ސެކްޓަރ ތަކުގައި އިންވެސްޓްކޮށްފައިވާކަމަށް ޕެންޝަން އޮފީހުން ބުނޭ

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން- މިހާރުވެސް އެކި ސެކްޓަރ ތަކުގައި އިންވެސްޓްކޮށްފައިވާކަމަށް ޕެންޝަން އޮފީހުން ބުނޭ

ޕެންޝަން ފައިސާ އޭގެ ޙައްޤުވެރިންނަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަންދޭ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނެފި އެވެ.

އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ ކޮވިޑް-19 ކަވަރޭޖަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ޕެންޝަން އޮފީހުގެ އެކްޓިންގ ޗީފް އެގްޒެކެޓިވް އޮފިސަރ، އަދި ޗީފް އޮޕަރޭޓިންގ އޮފިސަރ ސުޖާތާ ހަލީމް ވިދާޅުވީ، ޕެންޝަން ފައިސާ އޭގެ ޙައްޤުވެރިންނަށް މަހުން މަހަށް ލިބިގެންދާނެ ކަމުގެ 100 އިންސައްތަ ޔަޤީންކަން ދެއްވާ ކަމަށެވެ. އަދި އެކަމުގައި އެއްވެސް މައްސަލައެއް ދިމާ ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، މިހާރުވެސް މަސައްކަތް ކުރަމުންދަނީ ޕެންޝަން ފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްކަން ފާހަގަ ކުރައްވައި ސުޖާތާ ވިދާޅުވީ، ޕެންޝަން އޮފީހުގެ ހުރިހާ މުވައްޒަފުން ވެސް މިވަގުތު ގޭގައި ތިބެގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސުޖާތާ ވިދާޅުވީ، ޕެންޝަން ފަންޑަށް ޖަމާ ކުރާ ފައިސާ ހުންނާނީ އިންވެސްޓް ކުރެވިފައި ކަމަށާއި، ޕްރައިވެޓް ސެކްޓަރަށް އެކަނި ބަލާލި ނަމަވެސް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ އިންވެސްޓް ކުރެވިފައިވާ ކަމަށެވެ. އަދި ބޭންކް ތަކުގައިވެސް އިންވެސްޓްމަންޓްތައް ހަދާފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ޙާލަތުގައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ނެގުމަށް އާންމުންގެ ބައެއް ފަރާތްތަކުން ގޮވާލަމުން ދާއިރު، އެކަމާ ގުޅޭގޮތުން ސުޖާތާ ވިދާޅުވީ، އެފަދަ ނިންމުމެއް ނިންމުމުގެ ކުރިން ދުރު މުސްތަޤްބަލަށް ވިސްނަން ޖެހޭނެ ކަމަށާއި، އެކަމުގެ ސަބަބުން ދައުލަތުގެ މާލީ ނިޒާމަށް އަންނާނެ ލޮޅުމާމެދު ވެސް ވިސްނަންޖެހޭނެ ކަމަށެވެ.

ސުޖާދާ ވިދާޅުވީ، ހުރިހާ ޤައުމަކަށް ބަލާލި ނަމަވެސް ޕެންޝަން ފަންޑަކީ ދިގު މުއްދަތަކަށް އިންވެސްޓް ކުރެވިގެން ފައިސާ ދޫކުރެވޭ ނިޒާމެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ޕެންޝަން ފަންޑެއް އެކުލަވާލެވިގެން އައީ މީގެ 11 އަހަރު ކުރިންކަން ފާހަގަ ކުރައްވައި ސުޖާތާ ވިދާޅުވީ، ޕެންޝަން ފައިސާގެ ގޮތުގައި ލިބޭ މިންވަރެއް ބިނާވެގެން ދަނީ އެމީހަކު ޖަމާކުރާ ފައިސާ އާއި މުއްދަތުގެ މައްޗަށް ކަމަށެވެ.

ކޮވިޑް-19ގެ މި ދަނޑިވަޅުގައި ޕެންޝަން ފަންޑުގައި ހުރި ފައިސާތައް ދިނުމަށް ބައެއް މީހުން ގޮވާލަމުން ދާއިރު، އެކަމާ ގުޅިގެން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓް ފައްޔާޒު ވަނީ ޕެންޝަން ފަންޑުގައި އަތްލާ ހިސާބަށް ދިޔަ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް