Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަސް

ރާއްޖޭގެ އައި.ސީ.ޓީ ދާއިރާ އެކަށީގެންވާ މިންވަރަށް ތަރައްގީ ކުރެވިފައިވޭ: މިނިސްޓަރު މަލީހު

17 މެއި 2020 | އާދީއްތަ 16:37

ރާއްޖޭގެ އެތެރޭގައި ވެސް ފައިބަރ ނެޓްވަރކްތައް ގާއިމްކުރެވިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 17 މެއި 2020 | އާދީއްތަ 16:37
ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު

ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު

ރާއްޖޭގެ އައި.ސީ.ޓީ މާޙައުލަށް ބަލާލާއިރު، އެކަށީގެންވާ މިންވަރަކަށް ޚިދުމަތާއި އިންފްރާސްޓަރަކްޗަރ ތަރައްގީ ކުރެވިފައިވާ ކަމަށް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހާ ގުޅިގެން މިނިސްޓަރު މަލީހު ދެއްވި ޚިތާބުގައި ވިދާޅުވީ ރާއްޖެއާއި ބޭރުދުނިޔެއާއި ސަބްމެރީން ފައިބަރ އޮޕްޓިކްކޭބަލުން ގުޅާލުމުގެ އިތުރުން ރާއްޖޭގެ އެތެރޭގައި ވެސް ފައިބަރ ނެޓްވަރކްތައް ގާއިމްކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މަލީހު ވިދާޅުވީ ދުވަހުން ދުވަހަށް ފައިބަރ ނެޓްވާރކާ ގުޅާލެވޭ ރަށްތައް އިތުރުވެ މިހާރު ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކަށް ފައިބަރ ނެޓްވާރކް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަރނެޓް ޚިދްމަތް ލިބޭ ކަމަށެވެ. ރާއްޖޭގެ އެންމެހާ ކަންކޮޅުތަކަށް މޯބައިލް ފޯނާއި 4ޖީ ގެ ޚިދްމަތް ފޯރާފައި ވާއިރު، އެންމެފަހުގެ 5ޖީ ޓެކްނޮލޮޖީގެ ޚިދްމަތްވެސް ރާއްޖޭގެ ފޯރުކޮށްދޭން ފަށާއިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ މި ކުޑަކުޑަ ރާއްޖޭގައި ވެސް ދެމެހެއްޓެނެވި ތަރައްގީގެ ލަޑުދަނޑިތައް ހާސިލު ކުރުމަށް އައި.ސީ.ޓީ ވަސީލަތްތަކުގެ މުހިއްމުކަން ބޮޑު ކަމަށާއި، މިފަދަ ލަޑުދަނޑިތައް ހާސިލު ކުރުމަށް މިވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ހިފާނެގޮތްތައް ބަލާ، އެކި ދާއިރާތައް ތަރައްގީ ކުރުމަށް ސަރުކާރުން ދަނީ ކެޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮވިޑް-19ގެ މިހާލަތާ ބެހޭ ގޮތުން މިނިސްޓަރު މަލީހު ވިދާޅުވީ ހަނގުރާމައިގާ އެންމެ ބޮޑު ދިފާއީ ހަތިޔާރަކަށް ބޭނުން މިކުރެވެނީ އެކަކު އަނެކަކާ ބައްދަލު ނުވެ ގައިދުރުކޮށް ތިބުން ކަމަށާއި، ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްފަދައިން ރާއްޖެ ވެސް ހުއްޓުމަކަށް އައިސް ލޮކްޑައުންގެ ހާލަތުގައި ކަމަށެވެ. އަދި ވިދާޅުވީ މުއާމަލާތެއް ކުރުމުގައި ވެސް، އިންޓަރނެޓް އާއި އެހެނިހެން އައި.ސީ.ޓީ ވަސީލަތްތަކުގެ ބޭނުން ކުރުން ބޮޑުވެފައިވާ ކަމަށެވެ.

އެގޮތުން ޖަލްސާތަކާއި އޮފީސްތަކުގެ އެންމެހާ މަސައްކަތްތައް ކުރެވެނީ އިންޓަރނެޓް މެދުވެރިކޮށް އޮންލައިން ޒަރިއްޔާއިން ކަމަށެވެ. ހަމައެހެންމެ، މި ނުރައްކާތެރި ރޯގާ ކޮންޓްރޯލްކުރުމުގައި ކުރަންޖެހޭ ގިނަ މަސައްކަތްތައްވެސް ކުރަނީ މިގޮތަށެވެ. އެހެން ގިނަ ގައުމުތަކެކޭއެއް ފަދައިން، ރާއްޖޭގައި ވެސް މިހާރު ވަނީ އޮންލައިން ކޮށް ޞިއްޙީ އަދި، ތައުލީމީ ޚިދުމަތްތައް ވެސް ފޯރުކޮށްދޭން ފަށާފައިވާ ކަމަށް މިނިސްޓަރު މަލީހު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މުވާސަލާތީ ޚިދްމަތްތައް ބޭނުންކުރާ މިންވަރު އެތައް ގުނައަކަށް އިތުރުވެފައިވާ މިދަނޑިވަޅުގައި، ސަރުކާރުގެ އެދުމާއި އެއްގޮތަށް، ރާއްޖޭގެ މުވާސަލާތީ ކުންފުނިތަކުން، ރަގަޅުފެންވަރެއްގައި ޚިދުމަތްތައްދީ އަދި ދަމަހަށްޓަން ކުރަމުން ގެންދާ ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި، ދިމާވެފައިވާ އިގްތިޞާދީ ދަތި ޙާލަތަށް ރިއާޔަތްކޮށް ރައްޔިތުންނަށް ލުއިތައް ލިބޭނޭ ގޮތަށް ޑޭޓާ އެލަވަންސް ތަކާއި ޑިސްކައުންޓްތައް ތައާރަފް ކޮށްފައިވާ ކަމަށެވެ. ދުނިޔަށް މި ދިމާވި ބޮޑު ޙާލަތައްފަހު ކުރިއަށް އޮތް ދުވަސްތަކުގައި މުވާސަލާތީ ޚިދްމަތްތަކުގެ ބޭނުން ހިފާނެ މިންވަރު އެތައް ގުނައަކަށް ގިނަ ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އައި.ސީ.ޓީ ދާއިރާއިން ރާއްޖެއަށް އިތުރު ތަރައްގީ ގެނެސް ދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކުރާކަން ފާހަގަކުރައްވައި މިނިސްޓަރު މަލީހު ވިދާޅުވީ މުވާސަލާތީ ޚިދްމަތްތަކުގެ އެންމެ އެދެވޭ ފައިދާ ހޯދުމަށްޓަކައި ސަރުކާރުން ފޯރުކޮށްދޭ ޚިދްމަތްތައް އިތުރަށް ތަރައްގީކޮށް، އައި.ސީ.ޓީ މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ވެސް ފަސޭހަކަމާއެކު ޙިދުމަތް ލިބިދިނުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މުޖްތަމައިުގެ ލާބައާއި ފައިދާއަށް އައި.ސީ.ޓީ ގެ ވަޞީލަތްތައް، ރައްކާތެރިކަމާއިއެކު ބޭނުން ކުރުމަށް ވެސް މިނިސްޓަރު ވަނީ އިލްތިމާސްކޮށްފަ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް