Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހިގުއައިން އިޓަލީ އަށް ދިޔުން

ހިގުއައިން އެނބުރި އިޓަލީ އަށް

އިޓަލީގައި ރޮނާލްޑޯ 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 16 މެއި 2020 | ހޮނިހިރު 17:09
ޔުވެންޓަސްގެ ފޯވާޑް ގޮންޒާލޯ ހިގުއައިން: އިޓަލީގައި ހިގުއައިން 14 ދުވަސް ކަރަންޓީނު ކުރާނެ

ޔުވެންޓަސްގެ ފޯވާޑް ގޮންޒާލޯ ހިގުއައިން: އިޓަލީގައި ހިގުއައިން 14 ދުވަސް ކަރަންޓީނު ކުރާނެ

އިޓާލިއަން ލީގު އަލުން ފެށުމަށް ތައްޔާރުވަމުން ދާތީ ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވަރޑް ގޮންޒާލޯ ހިގުއައިން އެނބުރި އިޓަލީގެ ޓިއުރިންއަށް ހިނގައްޖެއެވެ.

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ގެ މެދުކަނޑާލި އިޓާލިއަން ލީގު ޖޫން މަހުގެ 13 ވަނަ ދުވަހު އަލުން ފަށަން ކްލަބުތަކުން ރުހުން ދީފައި ވާއިރު، މީގެ ކުރިން އިޓަލީގެ ސަރުކާރުން ވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކުޅުންތެރިން އެކުގައި ތަމްރީނުތައް ހެދުމުގެ ހުއްދަ ދީފައެވެ. އަދި މީގެ ކުރިން މި މަހުގެ ހަތަރުވަނަ ދުވަހު ވަނީ ކުޅުންތެރިން އެކަނި ތަމްރީނުތައް ހެދުމުގެ ހުއްދަ ދީފައެވެ. އެއާއެކު ޔުވެންޓަސް އިން ވަނީ އެޓީމުގެ ބޭރު ކުޅުންތެރިން އެނބުރި ޓިއުރިން އަށް އައުމަށް އަންގާފައެވެ.

މަންމަ ބަލިވުމުން ހިގުއައިން އާޖެންޓީނާ އަށް ގޮސްފައި ވަނީ މާރޗު މަހުގެ 19 ވަނަ ދުވަހު އެވެ. އަދި އާޖެންޓީނާގައި ހުރެ ހެދި ޓެސްޓު ތަކުން ހިގުއައިން ވަނީ ކޮވިޑް-19 އަށް ނެގެޓިވް ވެފައެވެ. ހުކުރު ދުވަހުގެ ވަގުތެއްގައި ހުގުއައިން އެނބުރީ އިޓަލީގެ ޓިއުރިން އަށް ދިޔައިރު، އޭނާ 14 ދުވަސް ވަންދެން ކަރަންޓީނު ކުރާނެއެވެ.

މީގެ ކުރިން ޔުވެންޓަސްގެ ޕޯޗުގަލް ފޯވަރޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ފްރާންސްގެ މިޑްފީލްޑަރު އެޑްރިއެން ރަބިއޯ ވަނީ އެނބުރި ޓިއުރިން އަށް ގޮސްފައެވެ. އިޓާލިއަން ލީގު އަލުން ފެށުމަށް ތައްޔާރުވަމުން ދާއިރު، ޖޫން މަހުގެ 13 ވަނަ ލީގު އަލުން ފަށަން ސަރުކާރުން ރުހުން ދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިޓާލިއަން ލީގުގައި ބާކީ އޮތް ބައިގައި، 8 ޓީމަކުން 13 މެޗު ކުޅެން ޖެހޭއިރު، ބާކީ ޓީމުތަކަށް އޮތީ 12 މެޗެވެ.

އިޓާލިއަން ލީގު މެދުކަނޑާލިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ ތާވަލުގެ އެއްވަނައިގައި 26 މެޗުން 63 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ލާޒިއޯއަށް 26 މެޗުން ލިބިފައި ވަނީ 62 ޕޮއިންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

08 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު