Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19 އަށް ކުރާ ޚަރަދު އޮޑިޓް ކުރުން

ކޮވިޑް-19 އާގުޅިގެން ދައުލަތުން ކުރާ ޚަރަދުތައް އޮޑިޓްކުރަން މަޖިލީހުގެ ނައިބު ރައީސް އީވާ ހުށަހަޅުއްވައިފި

ކޮންމެ ކުއަރޓާއެއް ނިމޭތާ 30 ދުވަހުގެ ތެރޭގައި އޮޑިޓްކޮށް ނިންމުމަށް ހުށަހަޅާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 16 މެއި 2020 | ހޮނިހިރު 16:05
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ: ދައުލަތުން ކޮވިޑް-19 އަށް ކުރާ ޚަރަދުތައް އޮޑިޓް ކުރުމަށް ވަނީ ހުށަހަޅުއްވާފައި

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ: ދައުލަތުން ކޮވިޑް-19 އަށް ކުރާ ޚަރަދުތައް އޮޑިޓް ކުރުމަށް ވަނީ ހުށަހަޅުއްވާފައި

ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި, ވިޔަފާރިތަކުގެ ޢާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގުރާމު ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމުގެ މައްސަލާގައި، މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމިގޮތުގެ ރިޕޯޓަށް މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ތިން ނުކުތާގެ މައްޗަށް އެކުލެވޭ އިޞްލާޙެެއް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ހުށަހަޅުއްވާފައިވާ އިޞްލާޙުގައި ބުނެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގެ އިޤުތިޞާދަށާއި ދައުލަތުގެ ޢާމްދަނީއާއި ޚަރަދާއި ދަރަންޏަށް އާދަޔާ ޚިލާފު ޙާލަތެއް ދިމާވަމުންދާ މިފަދަ ދަނޑިވަޅެއްގައި، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ބަޖެޓުން ކުރެވޭ ޚަރަދުތަކާއި، އެ ޙާދިސާއާ ގުޅިގެން ލިބޭ ހިލޭ އެހީއާއި ދަރަނިތައް އޮޑިޓްކޮށް އެ ރިޕޯޓުތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވައި ހާމަކުރުމަކީ ރައްޔިތުންގެ މުދަލާއި ފައިސާއަށް ޖަވާބުދާރީ ވުމަށްޓަކައި އެހާމެ މުހިންމު ކަމެއްކަމުގައި ޤަބޫލު ކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އީވާ ހުށަހަޅުއްވާފައިވާ އިޞްލާޙުގައި ވަނީ:

1. ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ކޮންމެ ކުއަރޓާއެއްގައި ކުރާ ޚަރަދާއި ހިލޭ އެހީއާއި ދަރަނީގެ މާލީ ރިޕޯޓުތަކުގައި ފައިނޭންޝަލް އޮޑިޓްކޮށް ކޮންމެ ކުއަރޓާއެއް ނިމޭތާ ލަސްވެގެން 30 ދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލް، އޮޑިޓް ރިޕޯޓު ތައްޔާރުކޮށް ނިންމުން.

2. ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ކުރާ ޚަރަދާއި ހޯދާ ހިލޭ އެހީގެ ޚާއްޞަ އޮޑިޓްތަކާއި ޕާރފޯމަންސް އޮޑިޓްތައް ޚާއްޞަ އިސްކަމެއްދީގެން ވަގުތުގައި ކުރުން.

3. މި އޮޑިޓްތައް ކުރުމަށްޓަކައި ބޭނުންވާ ލިޔެކިޔުމާއި މަޢުލޫމާތާއި އެހީތެރިކަން އޮޑިޓް ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ލަސްވުމެއް ނާންނާނެ ގޮތުގެ މަތިން ދައުލަތުގެ އެންމެހައި އިދާރާތަކުންނައި ކަމާގުޅުންހުރި ފަރާތްތަކުން އޮޑިޓަރ ޖެނެރަލްއަށް ފޯރުކޮށް ދިނުން.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އޤުތިޞާދަށް ކުރާ ނޭދެވޭ އަސަރުތަކުން ވިޔަފާރިތަކާއި ޢާންމު ފަރުދުންނަށް ގެއްލުން ފޯރާ ކުޑަކުރުމަށް ސަރުކާރުން ވަނީ އިޤުތިޞާދީ ޕެކޭޖުތަކެއް ތަޢާރަފުކޮށްފައެވެ.

ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި ވިޔަފާރިތަކުގެ ޢާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގުރާމު ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ބެލުމަށް މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ޢަލީ އާޒިމެވެ.

މިމައްސަލަ މަޖިލީހުގެ ކަމާގުޅުން ހުރި ހުރިހާ ކޮމެޓީއަކުން ވަނީ ދިރާސާ ކޮށްފަ އެވެ. އެގޮތުން އެ ކޮމިޓީތަކުން ސަރުކާރަށް ހުށައެޅުމަށް 300 އަށްވުރެ ގިނަ ހުށަހެޅުން ރިޕޯޓުތަކުގައި ހިމަނާފައި ވެއެވެ.

ކޮމެޓީތަކުން އެރިޕޯޓުތައް މަޖިލީހުގެ ޖަލްސާއަށް ހުށަހަޅަމުންދާ ވަރަކަށް މަޖިލީހުން ދަނީ އެރިޕޯޓްތައް ފާސްކުރަމުން ނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދުގެ މައްސަލައިގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އުވާލަން ދައުލަތުން ހުށަހަޅައިފި

ސައުދުގެ މައްސަލައިގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އުވާލަން ދައުލަތުން ހުށަހަޅައިފި

09 އޯގަސްޓު 2017
އަބްދުﷲ ރިޔާޒްގެ މައްޗަށް ސާބިތުނުވި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި

އަބްދުﷲ ރިޔާޒްގެ މައްޗަށް ސާބިތުނުވި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި

25 ޖުލައި 2017
ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލް ކޮށްފި

ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލް ކޮށްފި

24 ޖުލައި 2017
އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ ލިޔުންތައް އަސްލަމްއާ ހަވާލުކޮށްފި

އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ ލިޔުންތައް އަސްލަމްއާ ހަވާލުކޮށްފި

13 ޖުލައި 2017
އަދީބަށް ބޭސްފަރުވާއަށް ދެވޭނީ، ދައުލަތުން ނެގި ފައިސާ އަނބުރާ ދެއްކުމުން: ރައީސް ޔާމީން

އަދީބަށް ބޭސްފަރުވާއަށް ދެވޭނީ، ދައުލަތުން ނެގި ފައިސާ އަނބުރާ ދެއްކުމުން: ރައީސް ޔާމީން

11 ޖުލައި 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު