Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުލަކުގެ އާންމު ހާލަތު

ކޮވިޑް-19ގެ ހާލަތަށް ރަށް ވަނީ ތައްޔާރުވެފައި: މުލީ ކައުންސިލް

16 މެއި 2020 | ހޮނިހިރު 12:35

ރައްކާތެރިވުމުގެ ގޮތުން ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 16 މެއި 2020 | ހޮނިހިރު 12:35
މުލީގެ ރައްޔިތުން ތަކެއް ވެސް ވަނީ މާލެސިޓީ ލޮކްޑައުން ކުރުމާ ގުޅިގެން ވަނީ ތާށިވެފައި

މުލީގެ ރައްޔިތުން ތަކެއް ވެސް ވަނީ މާލެސިޓީ ލޮކްޑައުން ކުރުމާ ގުޅިގެން ވަނީ ތާށިވެފައި

މ. މުލީން ކޮވިޑް-19ށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެނަމަ، ސާމްޕަލް ނެގުމާއެކު، އެކަމާއި ގުޅުންހުރި އެހެނިހެން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ރާއްޖެޓީވީގެ ކޮވިޑް-19ގެ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި ކައުންސިލްގެ ރައީސް އަހުމަދު ޝާތިރު ވިދާޅުވީ ހޮސްޕިޓަލް، ޓާސްކް ފޯސް، ސޯޝަލް ސަޕޯޓް ޑެސްކް އަދި ކައުންސިލްއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ޝާތިރު ވިދާޅުވީ މި ހާލަތަށް އެކަށީގެންވާ ވަރަށް ރަށުގެ ހޮސްޕިޓަލުގައި ޞިއްޙީ ޙިދުމަތް ދޭނެ އާލާތްތައް އެބަހުރި ކަމަށެވެ. ނަމަވެސް އިތުރަށް ބޭނުންވާ އާލާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ޝާތިރު ފާހަގަކުރެއްވިއެވެ.

ރަށުގެ ރައްޔިތުންގެ ރައްކާތެެރި ކަމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވާ ޝާތިރު ވިދާޅުވީ މާލެއިން އަންނަ އެއްވެސް މީހަކު ރަށަށް ނާރުވާނެ ކަމަށެވެ. އަދި އަތޮޅުގެ އެހެން ރަށަކުން ޑޮކްޓަރަށް ދެއްކުމަށް މުއްޔަށް އެރޭނީ އެރަށެއްގެ ޞިއްޙީ މަރުކަޒުގެ ޑޮކްޓަރު މުލީގެ ހޮސްޕިޓަލަށް އެކަން އަންގާ އެ އިންތިޒާމު ހަމަޖެއްސުމުން ކަމަށެވެ.

މުއްޔަށް އެރުމަށް ދޫކުރާ ޚާއްޞަ ހުއްދައާއެކު ރަށަށް އަރާ އެހެން އަތޮޅުތަކުގެ ނުވަތަ ރަށްރަށުގެ މީހުންނަށް ވެސް ރަށު ތެރެއަށް ނުކުމެ އެހެން ތަންތަނަށް ނުދެވޭނެ ކަމަށް ޝާތިރު ވިދާޅުވިއެވެ.

ޝާތިރު ވިދާޅުވީ މާލެސިޓީ ލޮކްޑައުން ކުރުމާއި ގުޅިގެން މާލޭގައި އެރަށުގެ ރައްޔިތުންތަކެއް ތާށިވެފައިވާ ކަމަށެވެ. ރަށަށް އައުމަށް ނަން ނޯޓު ކުރުމަށް ހުޅުވާލި ފުރުޞަތުގައި 20 މީހަކު ނަންނޯޓު ކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 10 މީހަކު މިހާރު ޓްރާންސިޓް ކަރަންޓީން ފެސިލިޓީއަށް ގެންދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާތިރު ވިދާޅުވީ މ. އަތޮޅު މެދުފުށީ އައިލެންޑް ރިސޯޓު ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައި އޮތް ނަމަވެސް އެކަން ކައުންސިލަށް އަދި އަންގާފައި ނުވާ ކަމަށެވެ. އަދި އެތަނަށް މީހުން ގެންދިއުމުގެ މަސައްކަތެއް ނުކުރާ ކަމަށާއި، ކަރަންޓީނަށް ގެންދިޔަ މީހުން ވެސް ގެންދިޔައީ އެހެން ކަރަންޓީން ފެސިލިޓީއަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރަށުގެ ޢާންމު ޙާލަތައް އަލިއަޅުއްވާލައްވާ ޝާތިރު ވިދާޅުވީ ކާޑުގެ ބާވަތްތައް އެބަހުރި ކަމަށާއި، ދަތިތަކެއް އަދި ކުރިމަތި ނުވާ ކަމަށެވެ. އަދި ދިގު މުއްދަތަށް ބޭސް ބޭނުން ކުރާ މީހުންނާއި، އުމުރުން ދުވަސްވީ މީހުންގެ ދަފުތަރެއް އެކުލަވާލާ އެމީހުންގެ ޙާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރަށުގައި ދިރިއުޅޭ ބިދޭސީންގެ ޙާލަތު ވެސް މޮނިޓަރ ކުރަމުންދާ ކަމަށެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް