Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ މޫސުން ގޯސްވުން

ބޭއި އޮފް ބެންގާލް ގައި އުފެދޭ ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ: މެޓް

16 މެއި 2020 | ހޮނިހިރު 07:57

ރާއްޖޭގެ ސަރަހައްދުތަކުގެ ވައި ގަދަވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 16 މެއި 2020 | ހޮނިހިރު 07:57
ހުކުރު ދުވަހު އާދަޔާ ހިލާފަށް ވައިގަދަ ވުމާ ގުޅިގެން މާލޭގެ މަގުތަކުގައި ހުރި ބައެއް ގަސްވަނީ ވެއްޓިފައި

ހުކުރު ދުވަހު އާދަޔާ ހިލާފަށް ވައިގަދަ ވުމާ ގުޅިގެން މާލޭގެ މަގުތަކުގައި ހުރި ބައެއް ގަސްވަނީ ވެއްޓިފައި

ބޭ އޮފް ބެންގާލް ގައި އުފެދިގެން އުޅޭ ކޮޅިގަނޑުގެ ބާރުގަދަވެ ޠޫފާނަކަށް ބަދަލުވި ނަމަވެސް، އެ ޠޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

ރާއްޖެޓީވީގެ ކޮވިޑް-19 ޚާއްޞަ ކަވަރޭޖްގެ ތެރެއިން ދެއްވި އިންޓަވިއެއްގައި އެއިދާރާގެ އެސިސްޓެންޓް މީޓިއަރޮލޮޖިސްޓް ޢަބްދުﷲ ޙާފިޒު ވިދާޅުވީ ހުކުރު ދުވަހާ އަޅާބަލާއިރު ހޮނިހިރު ދުވަހު ވައިގެ ބާރުމިން މަޑުވެފައިވާ ކަމަށެވެ. ނަމަވެސް ބޭ އޮފް ބެންގާލް ގައި އުފެދިގެން އުޅޭ ކޮޅިގަނޑު ގާތްގަނޑަކަށް މެންދުރު ފަހު ތޫފާނަކަށް ބަދަލުވެގެންދާނެ ކަމަށާއި، އެވަގުތާ ކައިރި ކޮށްފައި ރާޢްޖޭގެ ހުރިހާ ހިސާބަކަށް ވައި ގަދަވާނެ ކަމަށް ހާފިޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހުކުރު ދުވަހު ރާއްޖޭގެ ހުޅަނގު ބިތުގެ ވަރަށް ގިނަ އަދަދަށް ބޯ ވިއްސާރަ އުފެދިފައިވާކަން ފާހަގަކުރައްވައި ހާފިޒު ވިދާޅުވީ މިހާރު ރާއްޖޭގެ ހުޅަނގު ބިތުގައި އަދި ވިއްސާރަ ވިލާ އެހާ ބޮޑަށް އުފެދެން ނުފަށާ ކަމަށެވެ. ނަމަވެސް ހަވީރު ނުވަތަ މެންދުރު ފަހު ހުޅަނގު ބިތުގައި ހިސާބުތަކުގައި ވިއްސާރަ ވިލާ އުފެދިގެން ދާނެ ކަމަށެވެ.

ބޭ އޮފް ބެންގާލްގައި އުފެދޭ ޠޫފާނާ ބެހޭ ގޮތުން ޙާފިޒު ވިދާޅުވީ، ތޫފާނުގެ އެއްވެސް ސީދާ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށެވެ. ނަމަވެސް ނުސީދާ ގޮތުން ކުރާނެ އަސަރެއްގެ ގޮތުގައި ބެލެވެނީ ރާއްޖޭގެ ސަރަހައްދުގައި ފުދޭ ވަރަކަށް ވައި ގަދަވުން ކަމަށް ހާފިޒު ވިދާޅުވިއެވެ. އަދި މީގެ މިޞްރާބު ބޮޑަށް ހުންނާނީ ހުޅަނގު އުތުރަށް ކަމަށާއި، 17 ވަނަ ދުވަހު މިޞްރާބު ބަދަލުވެގެން ދާނީ އިރު އިތުރަށް ކަމަށް ޙާފިޒު ވިދާޅުވިއެވެ.

ޙާފިޒު ވިދާޅުވީ ރާޅުގެ އުސްމިން ހުކުރު ދުވަހާ އަޅާބަލާއިރު ތަންކޮޅެއް ދަށްވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. ހުކުރު ދުވަހު ރާޅުގެ އުސްމިން 8 ފޫޓަށް ވުރެ މަތީގައި އުޅުނު ނަމަވެސް ހޮނިހިރު ދުވަހު ރާޅުގެ އުސްމިން އުޅޭކަމަށް ލަފާ ކުރެވެނީ 4 ފުޓާއި 6 ފުޓާ ދެމެދު ކަމަށެވެ.

ޙާފިޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ވިލާގަނޑު އަންނަ ވަގުތު އިތުރަށް ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކަށް އުދައިގެ އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޙާފިޒު ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި، ގުގުރުމާއެކު ވާރޭ ވެހުނު ކަމުގައި ވީ ނަމަވެސް ފެން ބޮޑުވެގެންދާ ވަރަށް ވާރޭ ވެހޭނެ ކަމަށް ލަފާ ނުކުރެއްވޭ ކަމަށެވެ.

މިދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސް ދުވަސްވަރެއް ކަމަށްވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް