Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަންދޫގައި ހާއްސަ ފިޔަވަޅުތަކެއް އެޅުން

ކޮވިޑް-19 އާއި ގުޅިގެން ވަންދޫގައި ވެސް އަމަލުކުރާނެ އުޞޫލުތަކެއް އާންމުކޮށްފި

16 މެއި 2020 | ހޮނިހިރު 02:12

ފިހާރަ އަދި ހޮޓާ ރެސްޓޯރެންޓްތަކުން އަމަލުކުރަންވީ ގޮތްތަކެއް ވަނީ އެކުލަވާލާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 މެއި 2020 | ހޮނިހިރު 02:12
ތ. ވަންދޫ؛ ކޮވިޑް-19 އާއި ގުޅިގެން ވަންދޫގައި ވެސް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައި

ތ. ވަންދޫ؛ ކޮވިޑް-19 އާއި ގުޅިގެން ވަންދޫގައި ވެސް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައި

ތ. ވަންދޫގައި ދިރިއުޅޭ ފަރާތްތަކުގެ އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެެވެ.

ވަންދޫ ކައުންސިލުން ބުނީ މި ޙާލަތުގައި ޚިދުމަތްދޭ ތަންތަނާއި، ހޮޓާ ރެސްޓޯރެންޓް އަދި ފިހާރަތައް ހުޅުވާ ލެއްޕުމާއި ޚިދުމަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލެއް އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ މުވައްސަސާތަކާއި، ކުންފުނިތަކާއި، ޙިދުމަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކުން ވެސް ރައްޔިތުންނަށް ފޯރުކޮށްދެން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދޭން ވާނީ މި ޚާއްސަ ޙާލަތާއި ގުޅިގެން ދައުލަތުގެ ކަމާގުޅުން ހުރި މުވައްސަސާތަކުން އަންގާ ގޮތެއްގެ މަތިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.

Advertisement - newsAdvertisement

އަދި ޚީދުމަތް ދިނުމުގައި ވީހާވެސް ބޮޑަކަށް އޮންލައިންކޮށް ޙިދުމަތް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސޭތޯ ބަލަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި މުވައްޒަފުން ޚީދުމަތްދޭ މަރުކަޒަށް ނެރެގެން މަސައްކަތް ކުރަންޖެހޭ ޙާލަތެއް މެދުވެރި ވިނަމަވެސް ޙިދުމަތް ދޭންވާނީ ވީހާވެސް މަދު މުވައްޒަފުން ބޭނުންކޮށްގެން ރައްކާ ތެރިކަން ކަށަވަރުކޮށްގެން ކަމަށާއި، ހޮޓާ ރެސްޓޯރެންޓްތައް ހުޅުވައި ލައްޕަން ވާނީ ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުން އަންގާ ގޮތެއްގެ މަތިން ކަމަށް ބުނެފައި ވެއެވެ.

އަދި ހޮޓާ ރެސްޓޯރެންޓް ތަކުން ކަނޑައެޅިފައިވާ ގަޑިތަކުގެ އިތުރުން ހުޅުވައި ޚިދުމަތް ދިނުމަކީ މަނާކަމެއް ކަމަށާއި، ވިޔަފާރި ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކުން ޚީދުމަތް ފޯރުކޮށްދޭން ވާނީ ރައްކާތެރިކަމުގެ ގޮތުން މާސްކް އަދި އަންގި ފަދަ ތަކެތި ބޭނުންކޮށްގެން ކަމަށް މި އުސޫލުގައި ވެއެެވެ. މީގެ އިތުރުން ވިޔަފާރި ޚިދުމަތް ފޯރުކޮށް ދޭ ފަރާތްތަކުން އެއްފަހަރާ 3 މީހުންނަށް ވުރެން ގިނައިން ޚީދުމަތް ފޯރުކޮށްދީގެން ނުވާނެ ކަމަށް ވެސް އަންގާފައި ވެއެވެ.

މީގެ އިތުރުން ޚިދުމަތް ފޯރުކޮށްދިނުމުގައި ވެސް ގައިދުރުކަން ބެހެއްޓުމާއި ވިޔަފާރި ކުރަން ބޭނުންވާ ފަރާތް ތަކަށް ޚާއްސަ ހުއްދަ ހިމެނޭ ކާޑެއް ޓާސްކް ފޯސްގެ ފަރާތުން ގޭބިސީތަކަށް ދޫކުރާނެ ކަމަށާއި، މިގޮތުން ކޮންމެ ގޭބިސީއަކަށް ވެސް ކާޑެއް ފޯރުކޮށްދޭނެކަމަށް ވަނީ ބުނެފައެވެ. އަދި ވިޔަފާރި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޚިދުމަތް ފޯރުކޮށްދޭން ވާނީ އެ ކާޑު އޮންނަ ފަރާތްތަކަށް ކަމަށް އުޞޫލުގައި ބުނެފައެވެ.

އަދި ޑެލިވަރީ ޙިދުމަތް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ޓާސްކް ފޯސް އަށް ހުށަހެޅުމުން ޓާސްކް ފޯސް އިން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އެފަރާތަކަށް ޑެލިވަރީ ކުރުމުގެ ޙުއްދަ ހިމެނޭ ޚާއްސަ ކާޑެއް ހަވާލު ކުރެވޭނެ ކަމަށް ބުނެފައި ވެއެވެ. އަދި ހުއްދަ ދޭ ފަރާތްތަކުން ޑެލިވަރީ ކުރާއިރު އަބަދުވެސް ވިޔަފާރި ކާޑު ފެންނަ ގޮތައް ހަރު ކުރެވިފައި ހުންނަން ވާނެ ކަމަށް މި އުސޫލުގައި ބުނެފައި ވެއެވެ.

މިޢުޞޫލާއި ޚިލާފު ވެއްޖެނަމަ، ނުވަތަ ނުކުރަން އަންގާފައިވާ ކަމެއް ކޮށްފިނަމަ ދޭނެ ވަކި އަދަބުތަކެއް ކަނޑައެޅިފައި ވެއެވެ. އެގޮތުން، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، ފުރަތަމަ ފަހަރު އެކަންކަން ނުކުރުމަށް ލިޔުމުން ނަޞޭޙަތް ދެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ތަކުރާރު ކޮށްފިނަމަ 100 ރުފިޔާއާއި 500 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން އަދި ތިންވަނަ ފަހަރަށް ތަކުރާރު ކޮށްފިނަމަ 500 ރުފިޔާއާއި 1000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވާ ކަމަށް ބުނެފައި ވެއެވެ. އަދި ތިންވަނަ ފަހަރަށް ކުށް ތަކުރާރު ކޮށްފިނަމަ 2000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ފަހު ޓާސްކްފޯސް އަދި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ޢަމަލުކުރުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވާ ކަމަށް ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް