Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވީބީ ގްރަދާސްގެ ފިހާރަތައް ބަންދުކުރުން

ވީބީ ބްރަދާސްގެ މުވައްޒަފުންތަކެއް ޕޮޒިޓިވްވުމާ ގުޅިގެން ޚިދުމަތް ހުއްޓާލައިފި

15 މެއި 2020 | ހުކުރު 20:20

ޕޮޒިޓިވްވި މުވައްޒަފުންގެ ހާލު ރަނގަޅު

އަމްނާ އިމާދު
އަމްނާ އިމާދު | 15 މެއި 2020 | ހުކުރު 20:20
ވީބީ މާޓް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަނީ

ވީބީ މާޓް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަނީ

ވީބީ ބްރަދާސްގެ ފިހާރަތަކުގައި މަސައްކަތް ކުރާ 8 މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އެ ކުންފުނީގެ ހުރިހާ ފިހާރައެއް ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ވީބީ ބްރަދާސް ޕްރައިވެޓް ލިމިޓެޑަކީ ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖެއަށް ކާބޯތަކެތީގެ ބާވަތްތަކާއި އެނޫން ވެސް ދިވެހިންގެ ޢާންމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ވައްތަރުތަކެއްގެ މުދާ އެތެރެކޮށް، މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ހޯލްސޭލް އަދި ރީޓެއިލް ކުރާ ކުންފުންޏެކެވެ.

Advertisement - newsAdvertisement

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލެ ސަރަހައްދު ފުރަބަންދުކުރުމުން ވެސް، އެޗްޕީއޭ އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ގޮތަށް، ހުއްޓުމެއް ނެތި މިހާތަނަށް ވީބީގެ ފިހާރަ ތަކުން ޚިދުމަތް ދެމުން ގޮސްފައިވެއެވެ. އަދި ޚިދުމަތްތައް ފޯރުކޮށްދިނީ ރައްޔިތުންގެ އާންމު ދިރިއުޅުމާ ގުޅިލާމެހިފައިވާ ޚިދުމަތަކަށް ވާތީ، މިއީ މި ނާޒުކު ދަނޑިވަޅުގައި ގައުމީ ޒިންމާއެއްކަމުގައި ދެކިގެން ކަމަށް ވީބީން ބުނެފައި ވެއެވެ.

ނަމަވެސް، ވީބީ ބާޒާރު ފިހާރައިގައި މަސައްކަތްކުރާ މުވައްޒަފަކާއި ވީބީ ގަލޮޅު މާޓުގައި މަސައްކަތްކުރާ 3 މުވައްޒަފެއްގެ އިތުރުން، ވީބީ މާފަންނު މާޓުގައި ވަޒީފާއަދާކުރާ 4 މީހަކު ވަނީ ކޮވިޑް-19ށް ޕޮޒިޓްވެފައެވެ. މިކަމާއި ގުޅިގެން ވިޔަފާރީގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމަށް ފަހު، ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުންދީ، އަދި ބަލީގެ އަސަރުކޮށްފައިވާ މުވައްޒަފުންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވީބީ ބްރަދާސްއިން ބުނެއެވެ.

ވީބީ ބްރަދާސްއިން ބުނީ ކޮވިޑް-19ށް ޕޮޒިޓިވްވި ހުރިހާ މުވައްޒަފުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ކުންފުނީގައި މަސައްކަތްކުރާ ޖުމްލަ 8 މުވައްޒަފަކު ކޮވިޑް-19ށް ޕޮޒިޓިވްވުމާ ގުޅިގެން ވިޔަފާރީގެ މުޅި އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިފައިވާއިރު، އެހާތަނަށް ނެގިފައި ހުރި ޑެލިވަރީ އޯޑަރުތަކަށް ވެސް މިދުވަސްވަރު ޚިދުމަތް ދެވޭނެ ގޮތެއް ނެތް ކަމަށް ވީބީ ބްރަދާސްއިން ބުނެއެވެ.

ވީބީ ބްރަދާސްއިން ބުނީ މިފުރުސަތުގައި، ޚިދުމަތްތައް މެދުކަނޑާލަން ޖެހުމާއި ގުޅިގެން ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ގިނަގުނަ ދަތިތަށް ކުރިމަތިވާނެ ކަމަށެވެ.

މީގެ އިތުރުން ވީބީ އިން ބުނީ އެޗްޕީއޭ އާއި ކަމާއިބެހޭ އެހެނިހެން އިދާރާތަކާއި މަޝްވަރާކޮށްގެން، އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން، ވީހާވެސް އަވަހަކަށް ޚިދުމަތްތައް އަލުންދެވޭނެ އިންތިޒާމްތައް ރާވަމުންދާ ކަމަށެވެ. އަދި އިތުރު ޓީމެއް ބޭނުންކުރުމާއި، ފިހާރަތައް ޑިސިންފެކްޓްކުރުމާއި އަދި މި ނޫންވެސް، ކަމާއިބެހޭ އިދާރާތަކުން ކަނޑައަޅާ މިންގަނޑުތަކާއި އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ކެނޑިނޭޅި އަޅަމުންދާ ކަމަށެވެ.

ކޮވިޑް-19ން ރާއްޖެ ސަލާމަތްކުރުމަށް އެޗްޕީއޭ އާއި ނެޝެނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރ އިން ކުރައްވަމުންދާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވީބީ ބްރަދާސްއިން ބުނެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް