Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: އައްޑޫގެ ފިޔަފާރިތަކަށް އަޅާފައިވާ ފިޔަ

ކޮވިޑާއި ގުޅިގެން ވިޔަފާރިތަކަށް އެޅި ފިޔަވަޅުތަކަށް ލުއިތަކެއް ދޭން ނިންމައިފި

15 މެއި 2020 | ހުކުރު 08:08

ފިހާރަތައް ހުޅުވާނެ ވަކި ވަގިތުތަކެއް ވަނީ ހަމަޖައްސާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 މެއި 2020 | ހުކުރު 08:08
އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ޞާދިގު: ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިމެދުންދާއިރު، މިދުވަސްވަރު އައްޑޫއަށް ވަރަށް ބޯކޮށް ވާރޭވެހި، ބައެއް ގޭގެއަށް އެކިވަރުގެ ގެއްލުންތައްވެސް

ކޮވިޑް-19 އާއި ގުޅިގެން ސަލާމަތާރި ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރެއިން އައްޑޫގެ ވިޔަފާރިތަކަށް އެޅި ފިޔަވަޅުތަކަށް ލުއިދޭން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެގޮތުން، އައްޑޫގެ ސޯޝަލް ސަޕޯޓް ޑެސްކް (އެސްއެސްޑީ)ތަކުން ހުއްދަ ދޫކުރާ ފިހާރަތައް ކަނޑައެޅޭ ވަކި ވަގުތުތަކުގައި ހުޅުވުމުގެ ހުއްދަ ދޭން ވަނީ ނިންމާފަ އެވެ. މިގޮތުން ފިހާރަތައް ހުޅުވައިގެން ޚިދުމަތް ދެމުން ގެންދަން ވާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 15:00 އަށެވެ. އަދި ހުކުރު ދުވަހު ހެނދުނު 08:00 އިން 11:00 އަށް، އަދި މެންދުރު ފަހު 13:30 އިން 15:00ށް ކަމަށް ވަނީ އިއުލާނު ކޮށްފައެވެ. އަދި މިވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި އެއަވަށެއްގެ ސޯޝަލް ސަޕޯރޓު ޑެސްކުގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން މިކަން ހާމަކޮށް އާންމުކޮށްފައިވާ އިއުލާނުގައި ވެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، ވިޔަފާރިކުރުމުގެ ބޭނުމަށް އެއްއަވަށުން އަނެއް އަވަށަށް ދަތުރުފަތުރުކުރުމާއި ޢާއްމު ފަރާތްތަކުންނާއި ވިޔަފާރިތަކުން ވިޔަފާރިކުރުމުގައި އަމަލުކުރާނެގޮތުގެ ގައިޑްލައިނެއް ވެސް ވަނީ އާންމު ކޮށްފައެެވެ. އެސްއެސްޑީ ތަކުން ފިހާރަތައް ހުޅުވުމަށް ހުއްދަ ދިނުމުގައި ބަލާނީ ގައިޑްލައިންގައިވާ ވިޔަފާރިތަކުން ޢަމަލުކުރަން ޖެހޭ ކަންތައްތައް ފުރިހަމަކޮށްފައި ހުރިތޯ ކަމަށާއި އެހެންކަމުން އާއްމު ފަރާތްތަކުންނާއި ވިޔަފާރިތަކުން އާންމުކޮށްފައިވާ ގައިޑްލައިންގައިވާ ގޮތުގެމަތިން ޢަމަލުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އެދިފައި ވެއެވެ.

މި އިޢުލާނުގައިވާ ގޮތުގެމަތިން އެސްއެސްޑީ ތަކުގެ ހުއްދައާއެކު ފިހާރަތައް ހުޅުވަން ފަށާނީ މި ހިނގާ މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް އިއުލާނުގައި ވެއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރައްތަކުގައި ދިރިއުޅޭ މީހުންނަށް އެއްރަށުން އަނެއް ވިޔަފާރި ބޭނުމަށް ދަތުރު ކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދައިގެން އެއްރަށުން އަނެއް ރަށަށް ދެވޭނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

އެގޮތުން، ހިތަދޫގެ ރައްޔިތުން ހެނދުނު 9:00 އިން 3:00 އަށް މަރަދޫ، މަރަދޫފޭދޫ އަދި ފޭދުއަށް ދަތުރު ކުރެވޭނީ ހޮނިހިރު، ހޯމަ އަދި ބުރާސްފަތި ދުވަހުއެވެ. އަދި މިތިން ރަށުގެ ރައްޔިތުން ހިތަދުއަށް ދަތުރު ކުރެވޭނީ ހަމަ އެގަޑިތަކުގައި އާދީއްތަ އަންގާރަ އަދި ބުދަ ދުވަހުއެވެ.

ވިޔަފާރިތަކަށް ހުއްދަ ދިނުމުގައި ސިޓީ ކައުންސިލުން ޚާއްސަ އުސޫލުތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ނިސްބަތުން ބޮޑު ފިހާރައަކަށް އެންމެ ގިނަވެގެން އެއްފަހަރާ ވަދެވޭނީ 4 ކަސްޓަމަރުންނަށެވެ. ނިސްބަތުން ކުޑަ ފިހާރައެއް ނަމަ އެންމެ ގިނަވެގެން އެއްފަހަރާ ވަދެވޭނީ 2 ކަސްޓަމަރުންނަށެވެ. މީގެ އިތުރުން ފިހާރައިގައި ހަރަކާތްތެރިވާ މުވައްޒަފުން ތިބެންވާނީ ޙިދުމަތްދޭ ގަޑީގައި އަބަދުވެސް މާސްކާއި އަންގި އަޅައިގެން ކަމަށް ސިޓީ ކައުންސިލުން އާންމުކޮށްފައިވާ ގައިޑްލައިންގައި ބުނެފައި ވެއެވެ.

މިީގެ އިތުރުން ފިހާރަތަކަށް ވިޔަފާރިކުރަންދާ ފަރާތްތަކުން މާސްކު އެޅުމަށާއި ކިއުގައި ތިބޭއިރުވެސް ގައިދުރުކަން ބެހެއްޓުމަށް ސަމާލުވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި، 150 ގެއަކަށް ވެކިވަރުގެ ގެއްލުތަކެއް ވެފައިވާ ކަމަށާއި ހާލުގައި ޖެހުނު 400 އެއްހާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް