Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑްގައި މަރުވި މީހުންގެ އަދަދު 3 ލައްކައަށް

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 3 ލައްކައަށްވުރެ މައްޗަށް

ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4.5 މިލިއަނަށްވުރެ މައްޗަށް އަރާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 މެއި 2020 | ބުރާސްފަތި 23:57
ކޮވިޑް-19 ޖެހިގެން މަރުވި މީހަކު ވަޅުލަނީ؛ މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 3 ލައްކައަށް އަރާފައިވާ އިރު ދުވާލެއްގެ މައްޗަށް 5 ހާހަށްވުރެ ގިނަ މީހުން މަރުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ

ކޮވިޑް-19 ޖެހިގެން މަރުވި މީހަކު ވަޅުލަނީ؛ މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 3 ލައްކައަށް އަރާފައިވާ އިރު ދުވާލެއްގެ މައްޗަށް 5 ހާހަށްވުރެ ގިނަ މީހުން މަރުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު 300،000ށް ވުރެ މައްޗަށް އަރައިފި އެވެ.

ޖޯން ހޮޕްކިންސް ޔުނިވަރސިޓީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހާ ހަމައަށް 301،000 އަށްވުރެ މައްޗަށް ކޮވިޑް-19 ޖެހިގެން މުޅި ދުނިޔޭގައި މަރުވި މީހުންގެ އަދަދު ވަނީ އަރާފަ އެވެ. މިއީ ބަލި ޖެހުނު މީހުންގެ 15 އިންސައްތަ އެވެ.

މީގެ އިތުރުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4.5 މިލިއަނަށްވުރެ މައްޗަށް އަރާފަ އެވެ. އަދި ބަލިޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1.7 މިލިއަނަށްވުރެ މައްޗަށް އަރާފަ އެވެ. މިއީ ބަލި ޖެހުނު މީހުންގެ 85 އިންސައްތަ އެވެ.

ބަލި ޖެހި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 2.4 މިލިއަން މީހުންނަކީ އާންމު ހާލަތުގައި ފަރުވާ ދެމުން އަންނަ މީހުންނެވެ. މިއީ އެކްޓިވް ކޭސްގެ 98 އިންސައްތަ އެވެ. އަދި ކްރިޓިކަލް ހާލަތުގައި 45 ހާހަށްވުރެ ގިނަ މީހުންނަކީ ކްރިޓިކަލް ހާލަތުގައި ފަރުވާ ދެމުން އަންނަ މީހުންނެވެ. މިއީ އެކްޓިވް ކޭސްގެ 2 އިންސައްތަ އެވެ.

މިހާތަނަށް އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން 1.4 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ އިރު، މިއީ މުޅި ދުނިޔޭގައި ބަލި ޖެހުނު މީހުންގެ ހަތަރުބައިކުޅަ އެއްބައެވެ. އެމެރިކާގައި މިހާތަނަށް 86،000 ށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ބުރާސްފަތި ދުވަހުގެ ތަފަސް ހިސާބުތައް ދައްކާގޮތުން އެ ދުވަހު އެކަނި ވަނީ 94،000 ށް ވުރެ ގިނަ މީހުން މުޅި ދުނިޔެއިން ޕޮޒިޓިވްވެފަ އެވެ. އަދި 5000 ށް ވުރެ ގިނަ މީހުން ވަނި މަރުވެފަ އެވެ.

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު