Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިސްޓަރ ނަހުލާ ރިސޯޓްގައި ހުންނެވުން

މިނިސްޓަރު ނަހުލާ ރިސޯޓްގައި ހުންނެވީ އޯނަރެއްގެ ހައިސިއްޔަތުން: މަބްރޫކް

މިނިސްޓަރު ނަހުލާ ރިސޯޓެއްގައި މަޑުކުރައްވަނީ ދާދިފަހުން އެކުލަވާލި ޚާއްސަ އުސޫލެއްގެ ދަށުން ނިންމުނު ނިންމުމުގެ ތެރެއިން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 މެއި 2020 | ބުރާސްފަތި 22:44
ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަންނަވަނީ

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަންނަވަނީ

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ރިސޯޓެއްގައި މަޑުކުރައްވާފައި ހުންނެވީ އޯނަރެއްގެ ހައިސިއްޔަތުން ކަމަށް ކޮވިޑް-19 ގެ ތަރުޖަމާން މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކޮވިޑް-19 ގެ ޓާސްކް ފޯހުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ނަހުލާ މާލެ ލޮކްޑައުންކުރި ފަހުން ރިސޯޓެއްގައި ހުންނަވާ ކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ މިނިސްޓަރު ނަހުލާ ރިސޯޓެއްގައި މަޑުކުރައްވަނީ ދާދިފަހުން އެކުލަވާލި ޚާއްސަ އުސޫލެއްގެ ދަށުން ނިންމުނު ނިންމުމުގެ ތެރެއިން ކަމަށެވެ. އެއީ ރިސޯޓުތަކުގެ އޯނަރުންނާއި އެނޫންވެސް އިންވެސްޓަރުންނަށް ރާއްޖެ އައުމުގެ ހުއްދަ ލިބޭ ހާއްސަ އުސޫލުގެ ދަށުންކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރާއްޖޭގެ ބޯޑަރ ބަންދުކުރެވިފައި ވުމުން މިވަގުތު ޚާއްސަ ވިސާގެ ދަށުން ރާއްޖެ އަށް ރިސޯޓް އޯނަރުންނާއި އިންވެސްޓަރުން އަދި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާޢަތްތަކުގެ ބޭފުޅުންނަށް އާދެވޭނެ އެވެ. މިގޮތަށް އަންނަ ރިސޯޓް އޯނަރުންނަށް އެމީހުންގެ ރިސޯޓްގައި ތިބުމުގެ ފުރުސަތު އޮންނާނެކަމަށް އެ އުސޫލުގައި ވެއެވެ.

މި އުސޫލުގެ ދަށުން އެޗްޕީއޭ ގެ ޓެގް ޓީމުގެ ހުއްދަ ނަގައިގެން މިނިސްޓަރ ނަހުލާއާ އެކު އިތުރު ހަތަރު މީހަކު ރިސޯޓެއްގައި މަޑުކުރައްވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ކާބޯތަކެތީގެ އިންތިޒާމު ހަމަޖެއްސުމާއި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އުޅޭނީ ލިމިޓެޑް ސްޓާފުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ ސްޓާފުންވެސް 14 ދުވަހުގެ މުއްދަތު ހަމަ ކުރަން ޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ނަހުލާގެ ފިރިކަލުން ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕުން ފަސް ރިސޯޓު ހިންގާ އިރު ތިން ރިސޯޓު ވަނީ ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ސަރުކާރަށް ދޫކޮށްފަ އެވެ. ނަހުލާ ހުންނެވީ މިތަނުން ކޮން ރިސޯޓެއްގައި ކަމެއް މަބްރޫކް ހާމައެއް ނުކުރައްވަ އެވެ.

ކޮވިޑް-19 ގެ ކަންކަމުގައި ސަރުކާރުގެ ވުޒާރާތަކުގެ ވެރިން ފެންނަމުން ދާއިރު ނަހުލާ ނުފެންނާތީ އެކަމުގެ ވާހަކަތައް އާންމުންގެ ތެރޭގައިވެސް ވަނީ ކޮންމެސް ވަރަކަށް ދެކެވިފަ އެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް

07 ފެބުރުއަރީ 2017
ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު