Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަރުވާ ނުދެވި ބަނޑަށް ދަރިފުޅު މަރުވުން

ތޮއްޑޫއިން މާބަނޑުމީހާ ފުރަން 15 މިނެޓްގެ ތެރޭގައި ހުއްދަދެވިފައިވޭ: މަބްރޫކް

14 މެއި 2020 | ބުރާސްފަތި 22:54

މިނިސްޓްރީން ދަނީ މައްސަލަ ބަލަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 14 މެއި 2020 | ބުރާސްފަތި 22:54
ތޮއްޑޫ ސިއްހީ މަރުކަޒު ސައުވީސް ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ބަދަލުކުރެވުނީ 2016 ވަނަ އަހަރު

ތޮއްޑޫ ސިއްހީ މަރުކަޒު ސައުވީސް ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ބަދަލުކުރެވުނީ 2016 ވަނަ އަހަރު

ފަރުވާ ނުދެވި ހުއްޓާ އއ.ތޮއްޑޫގައި މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައިގައި، އެ އަންހެންމީހާ ރަށުން ބޭރަށް ދާން ބޭނުންވާ ހުއްދަ ވަރަށް އަވަހަށް ދިން ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ތޮއްޑޫ ފުރަން އެދުނު މާބަނޑު އަންހެން މީހާ ހުއްދަ އަށް އެދުނުތާ ގާތްގަނޑަކަށް 15 މިނެޓް ތެރޭގައި ހުއްދަ ދެވުނު ކަމަށެވެ.

Advertisement - newsAdvertisement

މަބްރޫކް ވިދާޅުވީ މިމައްސަލައަކީ ހެލްތް މިނިސްޓްރީން މިހާރު ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށާއި، މައްސަލައާ ގުޅޭ ގޮތުން ވަކި ޖަވާބެއް ދެވޭނީ މިނިސްޓްރީން މައްސަލަ ބެލުމުން ކަމަށެވެ.

ފުރުމުގެ ހުއްދަ ގާތްގަނޑަކަށް 15 މިނެޓްގެ ތެރޭގައި ދީފައިވާ ކަމަށް މަބްރޫކް ވިދާޅުވެފައިވާއިރު، ސިއްހީ މަރުކަޒުން ހުއްދައަށް އެދި ރިކުއެސްޓް ކުރީ މާބަނޑު އަންހެން މީހާ އެޑްމިޓްކުރިތާ 5 ގަޑިއިރު ފަހުން ކަމަށް އާއިލާއިން ބުނެފައި ވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާ ޞިއްޙީ މަރުކަޒަަށް ގެންދިޔައީ ބުދަ ދުވަހުގެ ވަގުތެއްގައި ކުއްލިއަކަށް ބަނޑަށް ތަދުވާން ފެށުމުންނެވެ. އެހެންނަމަވެސް، އޭނާ ވިއްސާނެ އެއްވެސް ވަޞީލަތެއް އެ މަރުކަޒުގައި ނެތް ކަމަށް ޚަބަރު ލިބެ އެވެ.

'ރާއްޖެއެމްވީ' އިން އެރަށު ހެލްތު އޮފިސަރަކާއި ގުޅާލުމުން މިކަމާއި ބެހޭ ގޮތުން އެއްވެސް މަޢުލޫމާތެއް ނުދެއްވި އެވެ.

މިކަމާއި ގުޅިގެން ރަށު ކައުންސިލާއި ގުޅާލުމުން ބުނީ އެމީހާއަށް ދަތުރުކުރުމުގެ ހުއްދަ ކައުންސިލުން ދިން ކަމަށެވެ. އެހެން ނަމަވެސް، ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލުން ޚިދުމަތް ދެވެން ނެތް ވާހަކަ ބުނި ކަމަށެވެ.

'ރާއްޖެއެމްވީ' އިން އަތޮޅު ހޮސްޕިޓަލާއި ގުޅާލުމުން ބުނީ އެމީހާ އަކީ 'ހައި ރިސްކު' ޕޭޝަންޓެއް ކަމަށެވެ. އެއީ ދުވަސް ނުފުރާ ވިހާ މީހެއް ކަމަށްވުމާއެކު، ކުއްޖާ ވިހެއުމަށް ފަހު ކުއްޖާއަށް ފަރުވާދެވޭނެ ނަރސަރީ އެއް ނެތް ކަމަށެވެ. ހޮސްޕިޓަލުގެ ޙާލަތު ހުރިގޮތުންނާއި، ބަލި މީހާގެ ހާލަތަށް ރިޢާޔަށް ކޮށް، ހޮސްޕިޓަލުން ޚިދުމަތް ނުދެވޭނެ ކަމަށް އެންގި ކަމަށް ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

03 މާރިޗު 2017

އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ

03 މާރިޗު 2017
އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ
20 ފެބުރުއަރީ 2017

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް