Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އަށް ވެކްސިނެއް ހޯދުން

ކޮރޯނާވައިރަސް ވެކްސިން ގެ ފުރަތަމަ ޝިޕްމެންޓް އެމެރިކާ އަށް ޚާއްސަ ކުރި މައްސަލަ ހޫނު ވެއްޖެ

ދުނިޔޭގެ 140 ގައުމެއްގެ ލީޑަރުން ސޮއި ކުރައްވާފައިވާ ސިޓީ ގައި ވަނީ ވެކްސިން އަކީ ވަކި ބައެއްގެ އެއްޗަކަށް ވާންނުޖެހޭ ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 މެއި 2020 | ބުރާސްފަތި 17:02
ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ދުނިޔޭގެ އެކި ގައުމުތަކުން އަންނަނީ ކުރަމުން

ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ދުނިޔޭގެ އެކި ގައުމުތަކުން އަންނަނީ ކުރަމުން

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް މަސައްކަތް ކުރަމުން ދާއިރު ވެކްސިން ހުރިހާ ޤައުމެއްގެ ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށް ގައުމުގެ ތަކުގެ ލީޑަރުންނާއި ކުރީގެ ލީޑަރުން ގޮވާލައްވައިފި އެވެ.

ދުނިޔޭގެ 140 ގައުމެއްގެ ލީޑަރުން ސޮއި ކުރައްވާފައިވާ ސިޓީ އެއްގައި ބުނެފައިވަނީ ވެކްސިން އަކީ ވަކި ބައެއްގެ އެއްޗަކަށް ވާންނުޖެހޭ ކަމަށާއި އެކަމުގެ މައުލޫމާތު ހުރިހާ ގައުމު ތަކަކާއި ހިއްސާ ކުރަންޖެހޭނެ ކަމަށެވެ.

ވޯރލްޑް ހެލްތު އެސެމްބްލީ (ޑަބްލިޔު އެޗް އޭ) ގެ އަހަރީ ޖެނެރަލް އެސެމްބްލީ އަންނަ ހަފްތާގައި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ގައުމުތަކުގެ ލީޑަރުން ވަނީ މިކަމަށް ޑަބްލިޔު. އެޗް. އޭ. އިން ހައްލު ހޯދައިދިނުމަށް އެދިފަ އެވެ.

އަދި ކޮވިޑް-19 އާއި ގުޅިގެން ކުރާ ހުރިހާ ކަމެއްގައިވެސް މިގޮތަށް ކަންތައް ކުރަންޖެހޭ ކަމަށް މި ސިޓީގައި ބުނެފައިވެ އެވެ. އޭގެތެރޭގައި ވައިރަސް އަށް ބޭހެއް ހޯދުމާއި ބަލި ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ޓެކްނޮލޮޖީގެ އެހެން ކަންކަންވެސް ހިމެނޭ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

މިސިޓީގައި ސައުތު އެފްރިކާގެ ރައީސްސައިރިލް ރަމަފޯސާ، ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ސޮއި ކުރައްވާފައިވެ އެވެ. ސިޓީގައި ސޮއި ކުރައްވާފައިވާ ކުރީގެ ރައީސުންނާއި ބޮޑުވަޒީރުންނަށް ބަލާލާއިރު ޝައުކަތް އަޒީޒް، ގޯރޑޮން ބްރައުން، ހެލެން ކްލަރކް، ފެލިޕް ގޮންޒާލެޒް ހިމެނެ އެވެ.

މިސިޓީ އައިސްފައި މިވަނީ ފްރާންސްގެ ފަރމަސޫޓިކަލް ކުންފުންޏެއް ކަމުގައިވާ ސަނޯފީން ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް އެމެރިކާ އަށް ޚާއްސަކޮށްފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ. ފްރާންސްގެ މިކުންފުނީގެ ޗީޕް އެކްޒެކެޓިވް ޕައުލް ހަޑްސަން ވިދާޅު ވެފައިވަނީ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓު ލިބޭނީ ވެކްސިން އުފެއްދުމަށް ރިސަރޗް ހެދުމަށް ފަންޑު ކޮށްދޭ ސަރުކާރުތަކަށް ކަމަށެވެ.

މިއާއެކު އޮފިޝަލުންނާއި ސިއްހީ މާހިރުން ވަނީ އެކަމުގެ ނުރުހުން ފާޅުކޮށްފަ އެވެ.

ސަނޯފީން މިކަން ހާމަ ކުރުމާއެކު، ފަރަންސޭސި ރައީސް މެކްރޯންގެ އޮފީހުން މިކަމާ މަޝްވަރާ ކުރުމަށް ސެނޯފީގެ ވެރިންނާއެކު ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އުޅޭ ކަމަށް އޭއެފްޕީން މައުލޫމާތު ދީފައިވެއެވެ.

ޔޫރަޕިއަން ޔޫނިއަން އިން ބުރާސްފައތި ދުވަހު ބުނެފައިވަނީ ކޮރޯނާވައިރަސް އަށް ތައްޔާރު ކުރާ ވެކްސިން ހުރިހާ ގައުމަކަށްވެސް އިންސާފުވެރި ކަމާއެކު ލިބެން ޖެހޭނެ ކަމަށެވެ.

އެފްރިކަން ޔޫނިއަން ގެ ޗެއަރ ޕާސަން ރަމަފޯސާ ވިދާޅު ވެފައިވަނީ އެފްރިކާގެ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި ކޮވިޑް-19 ވެކްސިން ހުރިހާ ގައުމަކަށް ހިލޭ ލިބޭނެ އުސޫލެއް އޮންނަންޖެހޭނެ އެވެ. އެއްވެސް މީހަކު އުޅޭ ތަނެއްގެ ގޮތުންނާއި ލިބޭ އާމްދަނީގެ މައްޗަށް ބިނާކޮށް ވެކްސިން ލިބޭ ކިޔުގެ ފަހަތަށް ޖެހެން ނުޖެހޭނެކަމަށް ރަމަފޯސާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު