Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސިޓީގެ ސަޕޯޓަރުންނަށް ރިފަންޑް ދިނުން

މެންޗެސްޓާ ސިޓީގެ ސަޕޯޓަރުންނަށް ރިފަންޑް ދެނީ

14 މެއި 2020 | ބުރާސްފަތި 11:07

ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު އަލުން ފަށައިގެން މެޗުތައް ކުރިއަށް ގެންދާނީ ސަޕޯޓަރުން ނުވައްދައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 މެއި 2020 | ބުރާސްފަތި 11:07
މެންޗެސްޓާ ސިޓީގެ ސަޕޯޓަރުން: ސަޕޯޓަރުންނަށް ރިފަންޑް ދޭން އެ ކްލަބުން ވަނީ ނިންމާފައި

މެންޗެސްޓާ ސިޓީގެ ސަޕޯޓަރުން: ސަޕޯޓަރުންނަށް ރިފަންޑް ދޭން އެ ކްލަބުން ވަނީ ނިންމާފައި

އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ މެންޗެސްޓާ ސިޓީގެ ސަޕޯޓަރުންނަށް ރިފަންޑް ދޭން އެ ކްލަބުން ނިންމައިފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު މެދުކަނޑާލާފައިވާއިރު، ޖޫން މަހު ޕްރިމިއާ ލީގު އަލުން ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އޮގަސްޓް މަހު ޔުއެފާ ޗެމްޕިއަންސް ލީގުވެސް އަލުން ފަށާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގެ މެޗުތައްވެސް އަލުން ފަށާނީ ދަނޑަށް ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅޭ ގޮތަށެވެ.

އެހެންކަމުން ސިޓީން ވަނީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގެ މެޗުތަކަށް ޓިކެޓް ގަނެފައިވާ ސަޕޯޓަރުންނަށް ރިފަންޑް ދޭން ނިންމާފައެވެ. ސިޓީ އަކީ ސަޕޯޓަރުންނަށް ރިފަންޑް ދޭނެކަން އިއުލާނުކުރި އިންގްލެންޑުގެ ފުރަތަމަ ކްލަބެވެ.

ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައިވާ ޕްރިމިއާ ލީގު ޖޫން މަހުގެ އަށްވަނަ ދުވަހު އަލުން ފަށަން މަސައްކަތް ކުރަމުން އަންނައިރު، ޖޫން މަހު އިނގިރޭސިވިލާތުގައި ކުޅިވަރު ހަރަކާތްތައް އަލުން ފެށުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފައެވެ.

މި ސީޒަނުގައި ޕްރިމިއާ ލީގުގައި ބާކީ ނުކުޅެ އޮތް 92 މެޗު ކުރިއަށްގެންދާނެ ގޮތަކާ މެދު ކްލަބުތަކާ މީގެ ކުރިން މަޝްވަރާކުރިއިރު، ރިޕޯޓުތައް ބުނާގޮތުން ޕްރިމިއާ ލީގުން މިހާރު ހުށަހަޅާފައިވަނީ ތަފާތު 10 ދަނޑެއްގައި މެޗުތައް ކުޅޭށެވެ. އެ ދަނޑުތައް އިޚުތިޔާރުކުރުމުގައި ގޮތެއް ނިންމާނީ ކްލަބްތަކުންނެވެ. މި ގޮތަށް ކުރިއަށްދާއިރު އެއްވެސް ޓީމަކަށް އެ ޓީމުގެ އަމިއްލަ ދަނޑުގައި މެޗެއް ކުޅުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް
03 އެޕްރީލު 2017

އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

03 އެޕްރީލު 2017
އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް
09 މާރިޗު 2017

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
15 ޖެނުއަރީ 2017

އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

15 ޖެނުއަރީ 2017
އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް