Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާނޫނުގައި ބުނާ އުސޫލް މިއަދު ގެޒެޓް ކުރުމަށް

އާންމު ސިއްހަތުގެ ގާނޫނުގެ 5 ވަނަ މާއްދާގައި ބުނާ އުސޫލު މިއަދު ގެޒެޓް ކުރެއްވުމަށް މިނިސްޓަރަށް ދަންނަވަން: މަޖިލިސް ރައީސް

13 މެއި 2020 | ބުދަ 09:27

ރައީސް ނަޝީދު ވަނީ މިއަދު އެ އުސޫލް ގެޒެޓް ކުރެއްވުމަށް ތަކުރާރުކޮށް ދަންނަވާ ކަމަށް ވިދާޅުވެފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 13 މެއި 2020 | ބުދަ 09:27
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން: މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގައި ބުނާ އުސޫލް މިއަދު ގެޒެޓް ކުރެއްވުމަށް ތަކުރާރުކޮށް ދަންނަވާފައި

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން: މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގައި ބުނާ އުސޫލް މިއަދު ގެޒެޓް ކުރެއްވުމަށް ތަކުރާރުކޮށް ދަންނަވާފައި

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާއަށް އަމަލު ކުރުމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީންއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާ މެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައާ ގުޅުގެން އިޖުތިމާއީ ކޮމެޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ މަސައްކަތް، ކޮމިޓީން ދިރާސާކޮށް، ނިންމިގޮތުގެ ރިޕޯޓާ ގިނަ މެންބަރުން ބަހުޘް ކުރެއްވިއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެމަނިކުފާނުގެ ބައެއް ކަންބޮޑުވުންތައް ވަނީ ހިއްސާ ކުރައްވާފަ އެވެ.

Advertisement - newsAdvertisement

މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ ރައީސްގެ އެންމެބޮޑު އެއް ކަންބޮޑުވުމަކީ، ރަށަށް ނުދެވި މާލޭގައި ތާށިވެފައިވާ 10،000 މީހުންނާ ގުޅޭ މައްސަލަ އެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، މިހާ ގިނަ ބަޔަކު މާލޭގައި ތާށިވެފައި ތިބެން ޖެހުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށާއި މިކަން މެދުވެރިވުމުގައި، އަދި މިހާލަތުގައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ހެލްތު މިނިސްޓަރު އަމަލު ކުރައްވަންޖެހޭ ހާއްސަ ކަންތައްތަކެއް ވާއިރު، އެކަންކަން ކުރައްވާފައި ނުވާތީ، ދިވެހި އެތައް ރައްޔިތުންނަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވަނީ އާންމު ސިއްހަތުގެ ގާނޫނުގައި ވާއެއްޗެއް ޖަލްސާގައި ވިދާޅުވެ ދެއްވާފަ އެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު 5 ވަނަ މާއްދާއަކީ ލާމަރުކަޒީ ބައެއް އުސޫލުތައް ކަމަށްބުނާ މާއްދާ އެވެ. މިމާއްދާގައި ބުނަނީ، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިހްތިޞާސް ހިނގާ ސަރަހައްދުތަކުގައި މި ގާނޫނުގެ ދަށުން ވަޒީރާ ކަންކަން ތަންފީޒުކުރުުގެ މަސްއޫލިއްޔަތު އެ ކައުންސިލްތަކުން އުފުލުމަށް މަގުފަހިކޮށްދީ، އެކަމަށް ގާނޫނީ ބާރު ލިބިދިނުމުގެ ގޮތުން، އޭގެތެރެއިން ކައުންސިލެއް ނުވަތަ ކައުންސިލްތަކެއް އެއީ، ކައުންސިލެއް ނިސްބަތްވާ ސަރަހައްދުގައި، މިގާނޫނު ތަންފީޒުކުރުމަށްޓަކައި އެސަރަހައްދަށް އައްޔަންކުރެވޭ އޭޖެންޓްކަމުގައި، މިގާނޫނުގެ ދަށުން ކަނޑައެޅުގެ އިޚުތިޔާރު ވަޒީރަށް ލިބިގެންވާ ކަމަށެވެ.

މީގެއިތުރުން، 5 ވަނަ މާއްދާގެ (ބ) ބުނަނީ، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް، މިގާނޫނުގެ ދަށުން ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ތަފުސީލުކޮށް ބަޔާންކޮށް، އާންމުކޮށް، އިއުލާނުކޮށް، ގެޒެޓްގައި ޝާއިއު ކުރަންވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރަށްރަށަށް ބަލި ދާނީ ހަމައެކަނި އިންސާނުންގެ ފަރާތުން ނޫންކަމަށާއި، އެހެންކަމުން، ރަށަށް ދާން ބޭނުންވާ ރައްޔިތުންނަށް ރަށަށް ދެވޭނެ އަދި ރަށުގައި ކަރަންޓީން ފެސިލިޓީއެއް ގާއިމުކުރުމަށް ފަހު، ކަރަންޓީން މުއްދަތު ހަމަވުމުން، އާއިލާއާއެކު ދިރިއުޅެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދު އާއި މަޖިލީހުގެ މެންބަރުން ވަނީ ރަށްރަށުގައި ކަރަންޓީން ފެސިލިޓީތައް ގާއިމުކޮށް، ރަށްރަށަށް ދާންބޭނުންވާ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ރަށަށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސާ ދެއްވުމަށް ކަމާބެހޭ ފަރާތްްތަކުގެ ކިބައިން އެދިލައްވާފަ އެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ކުރިން ވެސް ރާއްޖެއަށް ކޮވިޑް-19 އަންނާނެކަން ހުހިހާ އެއްމެންވެސް ގަބޫލު ކުރި ކަމަށާއި އަދި ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމުން ލޮކްޑައުން ކުރި ނަމަވެސް، ރޯގާ ހަމަ ފެތުރެމުންދާ ކަމަށެވެ. އެހެންކަމުން، ރަށްރަށަށް ދާން ބޭނުންވާ ފަރާތްތައް މާލޭގައި ބޭތިއްބުމުގެ ބަދަލުގައި ރަށްރަށުގައި ކަރަންޓީން ފެސިލީޓަށް ހަދައި، އެތަންތަނަށް ފޮނުވުން މުހިއްމު ކަމަށެވެ. އަދި ކަރަންޓީންގެ މުއްދަތުގައި ވެސް އެމީހެއްގެ އާއިލާއިން ކާބޯތަކެތި ފޯރުކޮށްދީ، އަދި ކަރަންޓީން މުއްދަތު ހަމަވުމުން އާއިލާއާއެކު ވަގުތުތައް ހޭދަކުރެވޭނެ ގޮތް ވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް
25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް