Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިބްރަހިމޮވިޗް އެނބުރި އިޓަލީ އަށް ދިޔުން

ޒްލަޓާން އިބްރަހިމޮވިޗް އެނބުރި އިޓަލީ އަށް

12 މެއި 2020 | އަންގާރަ 17:19

އިޓަލީގައި އިބްރަހިމޮވިޗް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 މެއި 2020 | އަންގާރަ 17:19
ސްވިޑަންގައި ޒަލަޓާން އިބްރަހިމޮވިޗް ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ސްވިޑަންގައި ޒަލަޓާން އިބްރަހިމޮވިޗް ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

އިޓާލިއަން ލީގު އަލުން ފެށުމަށް ތައްޔާރުވަމުންދާތީ އޭސީ މިލާނަށް އަށް ކުޅެމުން އަންނަ ސްވިޑަންގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް އެނބުރި އިޓަލީ އަށް ހިނގައްޖެ އެވެ.

ހޯމަ ދުވަހެއްގެ ވަގުތެއްގައި އިބްރަހިމޮވިޗް އެނބުރީ އިޓަލީ އަށް ދިޔައިރު، އޭނާ 14 ދުވަސް ވަންދެން ކަރަންޓީނު ކުރާނެ އެވެ. ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހު ޓީމުގެ ފަރިތަކުރުންތަކާއި ގުޅުމުގެ ކުރިން އިބްރަހިމޮވިޗް ވެސް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޓެސްޓު ކުރާނެ އެވެ.

އިޓާލިއަން ލީގު މެދުކަނޑާލުމާއެކު އިބްރަހިމޮވިޗް އޭނާގެ އުފަން ގައުމު ކަމަށްވާ ސްވިޑަން އަށް ދިޔައިރު، އޭނާ ވަނީ ސްވިޑަންގައި ހުރި މުއްދަތުގެ ތެރޭގައި ފިޓްނަސް ހިފެހެއްޓުމުގެ ގޮތުން އެ ގައުމުގެ ކްލަބަކާއެކު ބައެއް ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.

އިޓާލިއަން ލީގު އަލުން ފެށުމަށް ތައްޔާރުވަމުން އަންނައިރު، މިމަހުގެ ހަތަރުވަނަ ދުވަހުން ފަށައިގެން ކުޅުންތެރިން އެކަނި ތަމްރީނުތައް ހެދުމުގެ ހުއްދަ އިޓަލީގެ ސަރުކާރުން ވަނީ ދީފައެވެ. އަދި މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ކުޅުންތެރިން އެކުގައި ތަމްރީނުތައް ހެދުމުގެ ހުއްދަ ދޭން މިހާރު ވަނީ ނިންމާފައެވެ.

އޭސީ މިލާނުގެ ކުޅުންތެރިން އެކަނި ތަމްރީނުތަކަށް ނުކުމެފައިވާއިރު، އޭސީ މިލާނުގެ ހުރިހާ ކުޅުންތެރިންނާއި މުވައްޒަފުން ވަނީ ކޮވިޑް-19 އަށް ޓެސްޓު ކޮށްފައެވެ. އަދި އެންމެން ވަނީ ވައިރަހަށް ނެގެޓިވްވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން މާޗު މަހުގެ ނުވަވަނަ ދުވަހު އިޓާލިއަން ލީގުގެ ކުޅުން މެދުކަނޑާލިއިރު، ރިޕޯޓުތައް ބުނާ ގޮތުން ޖޫން މަހުގެ ދެވަނަ ދުވަހު ލީގުގެ ކުޅުން އަލުން ފަށަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

2

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

3

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

4

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

5

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

އިތުރަށް ކިޔާލަން

07 މާރިޗު 2017

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

07 މާރިޗު 2017
އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި
04 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް
04 މާރިޗު 2017

މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

04 މާރިޗު 2017
މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ
19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
28 ޖެނުއަރީ 2017

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް