Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތަރިކަ ހިމާޔަތް ކުރުމަށް ކުރާ މަސައްކަތް

ރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތަކަށް ޚާއްސަކޮށްގެން ވެބްސައިޓެއް އާންމުކޮށްފި

12 މެއި 2020 | އަންގާރަ 09:15

މިވެބްސައިޓް ތައްޔާރު ކުރީ މައުރޫފް ޖަމީލް

އަމްނާ އިމާދު
އަމްނާ އިމާދު | 12 މެއި 2020 | އަންގާރަ 09:15
މާލޭގެ ހުކުރު މިސްކިތް

މާލޭގެ ހުކުރު މިސްކިތް

ދިވެހިރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތަކަށް ޚާއްސަކޮށްގެން ވެބްސައިޓެއް ގާއިމުކޮށް އާންމުކޮށްފިއެވެ.

ހޯމަ ދުވަހު ހެނދުނު ބޭއްވި ވަރޗުއަލް ރަސްމިއްޔާތެއްގައި މި ވެބްސައިޓް އާންމުކޮށްދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އާއި ވިލާތުގެ އިއްތިޙާދުން ސްރީލަންކާއާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަހާސިރި ޑެނިސް ޗައިބީއެވެ.

Advertisement - newsAdvertisement

މި ވެބްސައިޓަކީ ވިލާތުގެ އިއްތިޙާދުގެ މާލީ އެހީއާއި، ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ އެއްބާރުލުމާ އެކު، ދިވެހި އާކިޓެކްޓް އަދި ހިރިގަލު މިސްކިތްތަކާއި ބެހޭ ތަޖުރިބާކާރެއް ކަމުގައިވާ މައުރޫފް ޖަމީލް ތައްޔާރުކުރައްވާފައިވާ ވެބްސައިޓެކެވެ. ވެބްސައިޓް ޑިވެލޮޕްކޮށް ފަރުމާކޮށްފައިވަނީ މުއައްވަޒް ޔޫސުފެވެ.

ވެބްސައިޓް އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޔުމްނާ ވިދާޅުވީ، ރާއްޖޭގެ ހިރިގަލު މިސްކިތްތަކުން ރަމްޒުކޮށްދެނީ ދިވެހިންގެ އިސްލާމީ ތާރީޚާއާއި، މުއްސަނދި ތަރިކައާއި، ހުނަރުން ފުރިގެންވާ ފަންނުވެރިކަން ކަމަށެވެ. އަދި އެ މިސްކިތްތައް ރޭވުމުގައި ބޭނުންކޮށްފައިވާ އުކުޅުތަކުގެ މޮޅުކަމާއި މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިފަދަ ވެބްސައިޓެއް ގާއިމްކުރެވި އާންމުންނަށް އޭގެ ބޭނުން ހިފޭނެ މަގު ތަނަވަސްވެގެން ދިއުމަކީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތަކެއް ހިމެނުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ބާރެއްކަން ބަޔާންކުރައްވައި، މި މަސައްކަތުގައި ވިލާތުގެ އިއްތިޙާދުން ވެފައިވާ އެހީއަށްޓަކައި އެ އިއްތިޙާދަށް މިނިސްޓަރު ޝުކުރު ދެންނެވިއެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވީ، ދުނިޔެއަށް މިހާރު ކުރިމަތިވެފައިމިވާ ފަދަ ދަނޑިވަޅުތަކުގައި ސަގާފަތާއި ތަރިކަ މުހިންމު ވަނީ އެއިން އެއްބައިވަންތަކަން ގެނުވައި، އެއްބަޔަކު އަނެއް ބަޔަކަށް އަޅައިލާ އިހުތިރާމު ކުރަން ދަސްކޮށްދީ، އުއްމީދު އާކޮށްދޭތީ ކަމަށެވެ. އަދި ޒަމާނާއި އެއްގޮތަށް، ތާރީޚާއި ތަރިކައިގެ މަޢުލޫމާތު ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބެގެންވެސް އޮންލައިން ވެބްސައިޓް ލިބޭނެ މަގު ފަހިކުރުމުގެ މުހިއްމުކަން އިތުރަށް ހާމަވެގެން ގޮސްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސަފީރު ޗައިބީ ވިދާޅުވީ، ރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތަކަކީ މިވަގުތު ދުނިޔޭގައި ހުރި މިފަދަ ހަމައެކަނި މިސްކިތްތައްކަމުން، އެ މިސްކިތްތަކަކީ ދިވެހިންގެ މުހިއްމު ތަރިކައެއް ކަމަށާއި، އަދި އެ މިސްކިތްތަކާއި ގުޅޭ މައުލޫމާތު މިފަދަ ވެބްސައިޓެއް މެދުވެރިކޮށް ލިބޭނެ މަގު ތަނަވަސްކޮށްދެވުން މިއީ ކުރެވުނު މުހިއްމު މަސައްކަތެއް ކަމަށެވެ.

ވެބްސައިޓް ގާއިމްކުރުމުގައި އިސްކޮށް މަސައްކަތްކުރެއްވި މައުރޫފް ޖަމީލް މި ރަސްމިއްޔާތުގައި ވިދާޅުވީ، މި ވެބްސައިޓް މެދުވެރިކޮށް މިހާރު ރާއްޖޭގައި ހުރި ހުރިހާ ހިރިގަލު މިސްކިތްތަކާއި ގުޅޭ މައުލުމާތު ލިބޭނެ ކަމަށާއި، އަދި ކުރިއަށް އޮތްތަނުގައި މި ވެބްސައިޓް އިތުރަށް ތަރައްގީ ކުރާނެ ކަމަށެވެ.

ކޮރަލް ސްޓޯން މޮސްކްސް އޮފް ދި މޯލްޑިވްސް ވެބްސައިޓް ފަރުމާކޮށްފައިވަނީ ދިވެހި ބަހާއި އިނގިރޭސި ބަހުންވެސް މައުލޫމާތު ހިމަނައިގެންނެވެ.

މި ވެބްސައިޓްގައި ރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތަކާއި، އެ މިސްކިތްތައް ހުރި ތަންތަނާއި، މިސްކިތްތަކުގެ ފަރުމާ އާއި، އެ މިސްކިތްތަކުގެ ތާރީޚުވެސް ހިމަނާފައިވެއެވެ. މީގެ އިތުރުން ފަންނީ ގޮތުން ރާއްޖޭގެ ހިރިގަލު މިސްކިތްތަކުގައި ފާހަގަކުރެވޭ ކަންކަމުގެ ތަފްޞީލުތައްވެސް މި ވެބްސައިޓްގައި ވަނީ ހިމަނާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މިސްކިތްތަކުގެ ހާލަތަށް އަންނަމުންދާ ބަދަލުތައްވެސް މި ވެބްސައިޓް މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖެހިގެން ދާނެއެވެ.

ހޯމަ ދުވަހު އާންމުކުރި ވެބްސައިޓްގެ ވެބްއެޑްރެހަކީ www.coralstonemosques.com އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް