Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

މިވަގުތު މޮނިޓަރިންގ ގައި 307 ގެ އަކާއި 6 ރަށެއް

ކަރަންޓީނުގެ ހާލަތުގައި ގޯޑައުން އާއި ފިހާރަ އަދި ކްލިނިކެއް ހުރިއިރު އޭގެތެރޭގައި ހިމެނެނީ 6 ތަނެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 މެއި 2020 | އަންގާރަ 06:05
މާލެ ލޮކްޑައުން ކޮށްފައިވުމާއެކު މާލެ ސިޓީއަށް މީހުން އަރާ ފޭބުން ވަނީ މަނާކުރެވިފައި

މާލެ ލޮކްޑައުން ކޮށްފައިވުމާއެކު މާލެ ސިޓީއަށް މީހުން އަރާ ފޭބުން ވަނީ މަނާކުރެވިފައި

ކޮވިޑް-19 އާ ގުޅިގެން އަންގާރަ ދުވަހުގެ ދަންވަރު 2:30 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކުން 307 ގެ އެއް މޮނިޓަރިން ޙާލަތަށް ގެނެސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) ހާމަކޮށްފި އެވެ.

އެޗްޕީއޭއިން އެންމެ ފަހުން ޢާންމުކޮށްފައިވާ ލިސްޓުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގިނަ ޢަދަދެއްގެ ގެއެއް މޮނިޓަރިންގ ޙާލަތަށް ވަނީ ގެނެސްފަ އެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުން ވެސް ގެތައް މޮނިޓަރިންގ އަށް ލާފައިވާއިރު އޭގެތެރޭގައި ޕޮޒިޓިވްވި ކޭސްތައް ފެނުނު ރަށްރަށާ،އި އެނޫން ރަށްރަށް ވެސް ހިމެނެ އެވެ.

މެއި މަހުގެ 11 ވަނަ ދުވަހު 13 ގެޔެއް މޮނިޓަރިންގ ޙާލަތަށް ވަނީ ގެނެސްފަ އެވެ. މޮނިޓަރިންގ ގެ ޙާލަތުގައި މީހުން ދިރިއުޅޭ ގެތަކުގެ އިތުރުން ގެސްޓް ހައުސްތައް ވެސް ހިމެނެއެވެ.

މިވަގުތު ކަރަންޓީނުގެ ޙާލަތުގައި ގޯޑައުން އާއި ފިހާރަ އަދި ކްލިނިކެއް ހުރިއިރު އޭގެތެރޭގައި ހިމެނެނީ 6 ތަނެކެވެ. ނަމަވެސް ކްލިނިކެއް މިވަގުތު ކަރަންޓީނު ހާލަތުގައި ނެތެވެ.

މޮނިޓަރިން ނުވަތަ ކަރަންޓީނުގެ ޙާލަތުގައި މުޅި ރާއްޖެއިން މިވަގުތު ވަނީ ހަ ރަށެކެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސިޓީ، ކ. ތުލުސްދޫ ، ށ އަތޮޅުން ނަރުދޫ އަދި މިލަންދޫ އެވެ. މީގެ އިތުރުން ހއ ތަކަންދޫ އަދި ނ އަތޮޅުން މަނަދޫ އެވެ.

މާލެ ސިޓީން ކޮވިޑް-19 ފެނުމާއެކު މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފަ އެވެ. ކ ތުލުސްދޫ މޮނިޓަރިން ގެ ޙާލަތަށް ގެނެސްފައި ވަނީ އެރަށުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންތަކެއް ކޮވިޑް-19ށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ށ ނަރުދޫ އަދި މިލަންދޫ މޮނިޓަރިންގ ގެ ޙާލަތުގައި އޮތީ އެރަށްރަށުން ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ހއ ތަކަންދޫވެސް މޮނިޓަރިންގ ގެ ހާލަތުގައި އޮތީ އެރަށުން ކޮވިޑް-19 އަށް މީހުން ޕޮޒިޓިވް ވުމުންނެވެ. އެހެންނަމަވެސް ނ މަނަދޫ މޮނިޓަރިންގ ޙާލަތަށް ގެނެސްފައިވަނީ ވެސް އެރަށުން މީހަކު ވައިރަސްއަށް ޕޮޒިޓިވް ވުމުންނެވެ. ނަމަވެސް އެމީހާ ޕޮޒިޓިވްވިކަން އެނގުނީ މާލެއަށް އައިފަހުންނެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް 897 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. މީގެތެރޭގައި 302 ދިވެހިން ހިމެނެ އެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު