Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަލުން ސްކޫލްތަކުގައި ކިޔަވަން ފަށައިދިނުން

ނިއު ނޯމަލް: ހަތަރު ދަންފަޅިއަަށް ބަހާލައިގެން ސްކޫލްތަކުގައި ކިޔަވައިދިނުމަށް ވިސްނަނީ

ނިއު ނޯމަލްގައި އަމަލުކުރާނެ ގޮތުގެ މަޝްވަރާތައް ދަނީ ކުރެވެމުން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 11 މެއި 2020 | ހޯމަ 23:00
އިސްކަންދަރު ސްކޫލް: މާޗް 11ން ފެށިގެން ސްކޫލްތައް ވަނީ ބަންދުކުރެވިފައި

އިސްކަންދަރު ސްކޫލް: މާޗް 11ން ފެށިގެން ސްކޫލްތައް ވަނީ ބަންދުކުރެވިފައި

ކޮވިޑްގެ ހާލަތުން އަރައިގަނެ އާންމު ދިރިއުޅުމަށް ބަދަލުވާއިރު، ނިއު ނޯމަލްގައި އަމަލުކުރާނެ ގޮތާއި ގުޅިގެން މަޝްވަރާތައް ކުރެވެމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝާތު އަލީ ވިދާާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ނިއު ނޯމަލްގައި އަމަލުކުރާނެ ގޮތުގެ މަޝްވަރާތައް މިހާރު ކުރެވެމުން އަންނަ ކަމަށެވެ. އަދި އެ ހާލަތުގައި ސުކޫލުތަކުގައި ކިޔަވައިދޭން ފަށަން ތައްޔާރު ވަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ އިޖުތިމާއީ ގައިދުރުކުން ބަހައްޓައިގެން ސްކޫލްތަކުގައި ކިޔަވައިދޭން ފަށާއިރު ބައެއް ސުކޫލުތަކުގައި ހަތަރު ދަންފަޅިއަަށް ބަހާލައިގެން ކިޔަވައިދިނުމުގެ މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. މިއަހަރު ގިނަ ސްކޫލްތަކުގެ ކިޔެވުން ވަނީ އެއް ދަންފަޅިއަށް ބަދަލުކޮށްފަ އެވެ.

ހަތަރު ދަންފަޅިއަށް ކިޔެވުން ބަދަލުކުރެވުމާއި އެކު ސުކޫލުގައި ދަރިވަރު ހޭދަ ކުރާ ވަގުތު ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ދަރިވަރުންނާއި ޓީޗަރުންނާއި ބައްދަލުވާ ވަގުތުވެސް މަދުވާނެ ކަމަށެވެ. އަދި ފިލާވަޅުތައް ވެސް ނެގުމަށް ހަމަޖެހިފައިވަނީ 'ޑިސްޓެންސް މޯޑުން' ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ނިއު ނޯމަލްގައި އަމަލު ކުރާނެ އުސޫލާއި ގުޅިގެން މަޝްވަރާތައް ކުރެވެމުންދާކަމަށާއި އެހެންނަމަވެސް، އަދި އެ އުސޫލު މުޅިން ފައިނަލް ނުވާ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، މަރޗް މަހުގެ 11 ވަނަ ދުވަހުން ފެށިގެން ވަނީ ބަންދުކުރެވިފަ އެވެ. އަދި މިއާއެކު ކިޔަވަމުންދިޔަ އެތައް ކުދިންނެއްގެ ކިޔެވުން ވަނީ ހުއްޓިފަ އެވެ. އަދި ސަރުކާރުން ފެށި ޓެލެކްލާސްތައް ވެސް، މާލެ ލޮކްޑައުންވުމާއެކު ވަނީ ހުއްޓާލާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި

ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި

ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި

18 ފެބުރުއަރީ 2017
ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

13 ފެބުރުއަރީ 2017
ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި

ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި

12 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު