Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް19: ރާއްޖޭގެ ހާލަތު

މި ކާރިސާއަކީ ކަންކަން ހައްލުކުރުމަށް ލިބޭ ފުރުސަތެއް: އަލީ ވަހީދު

11 މެއި 2020 | ހޯމަ 20:47

ރާއްޖޭގެ ފައިސާ އެނބުރެން ޖެހޭނީ ރާއްޖޭގައި ކަމަށް ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 11 މެއި 2020 | ހޯމަ 20:47
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އެންއީއޯސީގައި ވާހަކަ ދައްކަވަނީ

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އެންއީއޯސީގައި ވާހަކަ ދައްކަވަނީ

ކަންކަން ހައްލުކުރުމަށް އަމާޒު ހިފައިފިނަމަ މި ކާރިސާއަކީ ކަންކަން ހައްލުކުރުމަށް ލިބޭ ފުރުސަތެއް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެޓީވީން ގެނެސްދިން ޚާއްސަ ކަވަރޭޖަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ, މި ސަރުކާރު އައީ ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރަން ކަމަށާއި އިދިކޮޅު ފަރާތްތަކާއި ހަނގުރާމަކުރުމަށް ނޫން ކަމަށެވެ.

Advertisement - newsAdvertisement

މި ދަނޑިވަޅުގައި ހައްލުކުރަން ޖެހިފައިވާ ގިނަ މައްސަލަތަކަކީ، އެހެން ސަރުކާރުތަކުގެ އިހުމާލުން ވާރުތަވެފައިވާ މައްސަލަތަކެއް ކަމަށް އިޝާރާތްކުރައްވާ އަލީ ވަހީދު ވިދާޅުވީ، މި ހާލަތާއި ގުޅިގެން ދިގުލައިގެން ގޮސްފައިވާ އެތައް މައްސަލައެއް ހައްލުކުރަން ޖެހިފައިވާ މައްސަލަތަކެއް ކަމަށެވެ. އަދި މި ހުރިހާ ކަމެއް ކުރަން ޖެހުނީ މިއަދު އޮތް ސަރުކާރަށް ކަމަށް ވިދާޅުވި އެވެ.

އަލީ ވަހީދު ދެއްކެވި ވާހަކަފުޅުގައި އޭނާވަނީ މިސާލެއްގެ ގޮތުގައި ބިދޭސީންގެ މައްސަލަ ފާހަގަކުރައްވާފަ އެވެ. އެގޮތުން، ބިދޭސީންގެ މައްސަލައަކީ އިއްޔެއަކު މިއަދަކު އައިސްފައިހުރި މައްސަލަތަކެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި އެއީ ޒަމާންތަކެއް ވަންދެން އެތައް ބަޔެއްގެ އިހުމާލުން މިއަދާ ހަމައަށް ހައްލުނުވެ ހުރި މައްސަލައެއްކަން ފާހަގަކުރެއްވި އެވެ.

މިކަން ހައްލުކުރަން ސަރުކާރުން ގެންގުޅޭ ވިސްނުން ހިއްސާކުރައްވަމުން އަލީ ވަހީދު ވިދާޅުވީ، ރައީސް މިކަމުގައި އިސްނަންގަވައިގެން އެކުރައްވާ މަސައްކަތުން ސަރުކާރުގެ މިސްރާބު ހުރި ދިމާ ވަރަށް ސާފު ކަމަށެވެ. އަދި ސަރުކާރުން އަމާޒުހިފައިފައި ވަނީ މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށް ވިދާޅުވި އެވެ.

ބިދޭސީންގެ މައްސަލަ ދިގުލައިގެން ގޮސް ހައްލުނުވެ އޮތުމާއި ގުޅިގެން އިތުރު މައްސަލަތަކެއް ދިމާވާކަން މިނިސްޓަރ އަލީ ވަހީދު ފާހަގަކުރެއްވި އެވެ.

މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ކުރަންޖެހޭ ބައެއް ކަންކަމަށް އަލިއަޅުވާލާ މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގައި އުފެދިފައި އޮތް އިގްތިސާދު އޮންނާންވާނީ ރާއްޖޭގައި ކަމަށާއި ރާއްޖޭގެ ފައިސާ އެނބުރެން ޖެހޭނީ ރާއްޖޭގައި ކަމަށެވެ.

މިކަން ހައްލުކުރަން ގެންގުޅޭ ވިސްނުން ހިއްސާކުރައްވަމުން އަލީ ވަހީދު ވިދާޅުވީ، ދިވެހިންގެ މައްޗަށް އިގްތިސާދު ބައްޓަންވާންޖެހޭ ކަމަށެވެ. އަދި ދިވެހިންގެ މައްޗަށް އިގްތިސާދު ބައްޓަންކުރަން، ވަޒީފާގެ ބާޒާރުގައި ދިވެހިން މެޖޯރިޓީ އިތުރުކުރަން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އިގްތިސާދު އަލުން ފަށައިގަންނައިރު، މިހާރު ހުރި ބައެއް ވަޒީފާތަކަށް ދިވެހިން ނިކުތުމަށް އަލީ ވަހީދު ގޮވާލެއްވި އެވެ. މިހާރުވެސް އުސޫލެއް ކަނޑައެޅިފައިވާއިރު، ހަމައެކަނި އުސޫލަކުން އެކަން ނުވާނެ ކަމަށް ވިދާޅުވި އެވެ. އަލީ ވަހީދު އެ އިޝާރާތްކުރެއްވީ ޓޫރިސްޓު ރިސޯޓުތަކުގައި ގެންގުޅެންޖެހޭ ރޭޝިއޯއަށެވެ.

ރޭޝިއޯގައިވާ ގޮތުންނަމަ، ރިސޯޓެއްގައި މަސައްކަތްކުރާ ސްޓާފުންގެ ތެރެއިން އަގުލަބިއްޔަތެއް އޮންނަންވާނީ ދިވެހި މުވައްޒަފުންގެ އެވެ. ނަމަވެސް، ރާއްޖޭގެ މަދު ރިސޯޓެއްގައި މެނުވީ މި ރޭޝިއޯއަށް މުވައްޒަފުން ނުތިބޭކަން މިދިޔަ އަހަރު ހެދި ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ ދިރާސާއިން ވަނީ ހާމަވެފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

06 ފެބުރުއަރީ 2017
އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް