Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޯކާ މާފަށް އެދުން

ކުށް ގަބޫލުކޮށް ސަޕޯޓަރުންގެ ކިބައިން ވޯކާ މާފަށް އެދިއްޖެ

ދެ ފަހަރެއްގެ މަތިން ވޯކާ ވަނީ ގަވާއިދުތަކާ ޚިލާފުވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 11 މެއި 2020 | ހޯމަ 11:47
މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ: ސަޕޯޓަރުންގެ ކިބައިން ވަނީ މާފަށް އެދިފައި

މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ: ސަޕޯޓަރުންގެ ކިބައިން ވަނީ މާފަށް އެދިފައި

ގަވާއިދުތަކާ ޚިލާފަށް ދެ ފަހަރެއްގެ މަތިން އަމަލު ކުރެވުމުން، މެންޗެސްޓަރ ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ ސަޕޯޓަރުންގެ ކިބައިން މާފަށް އެދިއްޖެ އެވެ.

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އިނގިރޭސި ވިލާތުން ކަނޑައަޅާފައިވާ ގަވާއިދުތަކާ ދެ ފަހަރެއްގެ މަތިން ވޯކާ ވަނީ ޚިލާފުވެފައެވެ. އެގޮތުން އެންމެ ފުރަތަމަ މާރޗު މަހުގެ ތެރޭގައި ވޯކާ ވަނީ ގަވާއިދުތަކާ ޚިލާފަށް ޕާޓީއެއް ބާއްވާފައެވެ. އެކަމާ ގުޅިގެން ސިޓީން ވަނީ އޭނާއަށް ފިޔަވަޅު އަޅަންވެސް ނިންމާފައެވެ.

އަދި ދާދި ފަހުން ވޯކާ ވަނީ ލޮކްޑައުން ގަވާއިދުތަކާ ޚިލާފަށް އޭނާގެ އާއިލާ ގާތަށް ޒިޔާރަތް ކޮށްފައެވެ. އެކަމާ ގުޅިގެން ގިނަ ސަޕޯޓަރުން ވޯކާ އަށް ފާޑު ކީއިރު، ވޯކާ ވަނީ ސަޕޯޓަރުން އޭނާއަށް ފުރައްސާރަ ކުރި ކަމަށް ވެސް ބުނެފައެވެ.

އެކަމަކު ދާދި ފަހުން އުމުރުން 29 އަހަރުގެ ވޯކާ ވަނީ ކޮވިޑް-19 އާ ގުޅިގެން ކަނޑައަޅާފައިވާ ގަވާއިދުތަކާ ޚިލާފަށް އަމުލުކުރެވުމުން، ސަޕޯޓަރުންގެ ކިބައިން އެކަމަށް މާފަށް އެދިފައެވެ.

ވޯކާގެ މައްސަލަތަކެއް ފެންމަތިވީއިރު، މީގެ ކުރިން ޕްރިމިއަރ ލީގުގެ ބައެއް ކުޅުންތެރިންގެ ފަރާތުންވެސް ވަނީ ގަވާއިދުތަކާ ޚިލާފު އަމަލުތައް ފެނިފައެވެ.

ކޮވިޑް-19 އާ ގުޅިގެން އިނގިރޭސި ޕްރިމިއަރ ލީގު މެދުކަނޑާލާފައި ވާއިރު، ބައެއް ކްލަބުތަކުން މިހާރު ވަނީ ކުޅުންތެރިންނަށް އެކަނި ތަމްރީނުތައް ހެދުމުގެ ފުރުސަތު ދީފައެވެ.

މިދިޔަ މާރޗު މަހުގެ 8 ވަނަ ދުވަހު ޕްރިމިއަރ ލީގުގެ ކުޅުން މެދުކަނޑާލިއިރު، ޖޫން މަހު ޕްރިމިއަރ ލީގު އަލުން ފަށަން އަންނަނީ ތައްޔާރު ވަމުންނެވެ. އެގޮތުން ޕްރިމިއަރ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭގޮތަށް ޖޫން މަހުގެ 8 ވަނަ ދުވަހު ފަށާ، ޖުލައި މަހުގެ 27 ވަނަ ދުވަހަށް ލީގު އެއްކޮށް ފުރިހަމަކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯމާގެ ކިބައިން ބަދަލުހިފައި ބާސާއިން މެލްކޮމް ގެންގޮސްފި

ރޯމާގެ ކިބައިން ބަދަލުހިފައި ބާސާއިން މެލްކޮމް ގެންގޮސްފި

24 ޖުލައި 2018
ސަޕޯޓަރުންގެ އަމަލުތަކާ ގުޅިގެން ޕީއެސްޖީ އަދި ބަސެލް އަށް އަދަބުދީފި

ސަޕޯޓަރުންގެ އަމަލުތަކާ ގުޅިގެން ޕީއެސްޖީ އަދި ބަސެލް އަށް އަދަބުދީފި

09 މާރިޗު 2018
އައިއޯސީގެ އިސް އޮފިޝަލެއްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެއްޖެ

އައިއޯސީގެ އިސް އޮފިޝަލެއްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެއްޖެ

04 ނޮވެމްބަރު 2017
ޓެކްސް އަށް މަކަރު ހެދިކަމުގެ ކުށް ނޭމާގެ މައްޗަށް ސާބިތުވެއްޖެ

ޓެކްސް އަށް މަކަރު ހެދިކަމުގެ ކުށް ނޭމާގެ މައްޗަށް ސާބިތުވެއްޖެ

21 އޮކްޓޯބަރު 2017
އެހެންފަހަރު ފަހަރަށް ވުރެ މިފަހަރު މާބޮޑަށް ވެސް ތައްޔާރު، ސަޕޯޓަރުންގެ އެހީ ބޭނުން: އަޑުބަރޭ

އެހެންފަހަރު ފަހަރަށް ވުރެ މިފަހަރު މާބޮޑަށް ވެސް ތައްޔާރު، ސަޕޯޓަރުންގެ އެހީ ބޭނުން: އަޑުބަރޭ

09 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު