Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެ މެޑިކަލް ފެސިލިޓީގެ މަސައްކަތް

ނިންމަން ބުނި ދުވަހަށް ހުޅުމާލޭ ފެސިލިޓީގެ މަސައްކަތް ނުނިމޭ، އަދި 2 ހަފުތާ ނަގާނެ: މަބްރޫކް

މަސައްކަތް ނިންމަން ތާވަލުކުރި މިދިޔަ މަހުގެ ފަހުކޮޅު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 މެއި 2020 | ހޯމަ 05:29
ހުޅުމާލެ މެޑިކަލް ފެސިލިޓީ ހެދުމުގައި އެމްއެންޑީއެފްގެ އޮފިސަރުން ހަރަކާތްތެރިވަނީ؛ މަސައްކަތް ނުނިމި ލަސްވީ ކޮވިޑް-19 އަށް އެތަނުގައި މަސައްކަތް ކުރާ ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން

ހުޅުމާލެ މެޑިކަލް ފެސިލިޓީ ހެދުމުގައި އެމްއެންޑީއެފްގެ އޮފިސަރުން ހަރަކާތްތެރިވަނީ؛ މަސައްކަތް ނުނިމި ލަސްވީ ކޮވިޑް-19 އަށް އެތަނުގައި މަސައްކަތް ކުރާ ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން

ކޮވިޑް-19 އަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި ޤާއިމު ކުރަމުންދާ މެޑިކަލް ފެސިލިޓީގެ މަސައްކަތް އެއްކޮށް ނިންމާލަން 2 ހަފުތާ އަދި ނަގާނެ ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބުނެފިއެވެ.

300 އެނދުގެ މި ފެސިލިޓީއަކީ ކޮވިޑް-19 ވައިރަސް ފެތުރި ގިނަ ޢަދަދެއްގެ މީހުންނަށް އެއްފަހަރާ ފަރުވާދޭން ޖެހިއްޖެ ޙާލަތަކަށް ތައްޔާރުވުމަށް ހަދަމުންދާ ތަނެކެވެ. ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލު ކައިރީގައި ޤާއިމުކުރާ މިތަނުގެ މަސައްކަތް ކުރަމުން އަންނަނީ ސިފައިންނާއި ސަރުކާރުގެ ކުންފުނިތައް ގުޅިގެންނެވެ.

އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވީ އެ މަސައްކަތް ނިންމަން ބޭނުންވީ މުއްދަތަށް ނިންމިފައި ނުވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަސައްކަތް ކުރަން އުޅުނު ބަޔަކު ޕޮޒިޓިވް ވުމާ ގުޅިގެން މަސައްކަތް މަޑުޖައްސާލަން ޖެހުމުން އެ މަސައްކަތް ނުނިމި ލަސްވި ކަމަށެވެ. ނަމަވެސް އުއްމީދުކުރަނީ ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމާލުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރުމަށް ޤާއިމުކުރާ ފެސިލިޓީއަށް 40 މިލިއަން ޚަރަދު ކުރުމަށް ވަނީ ނިންމާފައެވެ. މިދިޔަ މަހުގެ ފަހުކޮޅު އެތަނުގެ މަސައްކަތް ނިންމުމަށް ކުރިން ރޭވިފައިވީ ނަމަވެސް އެތަނުގައި މަސައްކަތް ކުރި ބިދޭސީންތަކަކާއި ސިފައިންގެ އޮފިސަރުންތަކެއް ޕޮޒިޓިވްވުމާއި ގުޅިގެން މަސައްކަތް މަޑުޖެހުނެވެ.

މެޑިކަލް ފެސިލިޓީއަށް ޚަރަދު ކުރާ 40 މިލިއަން ރުފިޔާގެ ތެރެއިން 12 މިލިއަން ރުފިޔާ އަކީ އެތަނުގެ ކޮންސްޓްރަކްޝަނަށްދާ ޚަރަދެވެ. އަދި ބާކީ 28 މިލިއަން ރުފިޔާ އަކީ އެތަނަށް ބޭނުންވާ ޞިއްޙީ އާލާތްތަކަށް ޚަރަދު ކުރާ ފައިސާއެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
07 ފެބުރުއަރީ 2017

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017
ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު