Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19، ހއ. ތުރާކުނު

ތުރާކުނު އާއްމު ހާލަތަށް ގެނެވުނު ނަމަވެސް، ފިޔަވަޅުތައް ދަނީ އަޅަމުން: ކައުންސިލް

ކާވިޔާ ބޯޓުގައި ތުރާކުނުގެ 8 މީހަކު ދަތުރުކޮށްފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 11 މެއި 2020 | ހޯމަ 00:56
ހއ. ތުރާކުނު

ހއ. ތުރާކުނު

ހއ. ތުރާކުނު އާއްމު ހާލަތަށް ގެނެވުނު ނަމަވެސް، އެރަށު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެޅިފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރަމުންދާ ކަމަށް ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބްދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެޓީވީން ގެނެސްދެމުންދާ ޚާއްސަ ކަވަރޭޖްއަށް ދެއްވި އިންޓަރވިއުއެއްގައި އަލީ ވިދާޅުވީ ވައިރަސްއާއި ގުޅިގެން އެރަށުގައި ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

ތުރާކުނު މޮނީޓަރިންގެ ހާލަތަށް ގެނެވުނީ "ކާވިޔާ" ނަމަކަށް ކިޔާ ބޯޓަކުން ދަތުރުކުރި ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެ ބޯޓުގައި އެރަށުގެ 8 މީހަކު ދަތުރުކޮށްފައި ވެއެވެ.

އެ އެންމެންގެ ނަތީޖާ ނެގެޓިވްވި ނަމަވެސް، އެތެރޭގެ ލަފާދޭ ކޮމިޓީ ގެ މަޝްވަރާގެ މަތިން، ފިޔަވަޅުތަކެއް އަޅަމުންގެންދާ ކަމަށް އަލީ ވިދާޅުވި އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ތަކުރާރުކޮށް ދެމުންގެންދާ އިރުޝާދަކީ ގައިދުރުކަން ބަހައްޓާ، ޒަރޫރީ ބޭނުމެއްގައި ނޫނީީ ގެއިން ބޭރަށް ނުނުކުތުމަށް ކަމަށްވާއިރު، އެ ކަންކަމަށް އިތުރު ސަމާލުކަމެއް ދީގެން ފިޔަވަޅު އަޅަމުންދާކަމަށެވެ.

އެގޮތުން، އެރަށު ވިޔަފާރިވެރިންނާއި މަޝްވަރާކޮށް، ފިހާރަތައް ހުޅުވާނެ ވަކި ގަޑިތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ތަރުކާރީގެ ބާވަތްތައް ރަށަށް ލިބުމާއި އެކު ސޯޝަލް ސަޕޯޓު ޑެސްކުގެ ފަރާތުން ޑެލިވަރީ ކުރަމުންދާ ކަމަށެވެ. އަދި ޒަރޫރީ ބޭނުމަށް ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ސަޕޯޓު ޑެސްކުގެ ހުއްދަ ހޯދަންޖެހޭކަމަށެވެ.

އެރަށުގައި ދިރިއުޅޭ ބިދޭސީންގެ ހާލަތާއި ގުޅިގެން އަލިއަޅުއްވާލައްވާ އަލި ވިދާޅުވީ ތުރާކުނުގައި ގަވާއިދާ ޚިލާފަށް އެއްވެސް ބިދޭސީ އެއް ނޫޅޭ ކަމަށެވެ.

އަލީ ވިދާޅުވީ އެ ރަށުގައި އުޅޭ ދިވެހިންނެކޭ އެއްގޮތަށް އެފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުންދަނީ އެއްވެސް ތަފާތު ކުރުމެއް ނެތިކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު