Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވެންޓިލޭޓަރު ގެނައުމުގެ މައްސަލަ

ވެންޓިލޭޓަރު ގެންނަން އެސްޓީއޯއިން ހުށައެޅީ މާ ކުޑަ އަގެއް!

ރާއްޖެއަށް 145 ވެންޓިލޭޓަރެއް ގެނައުމަށް ދިވެހި ދެ ކުންފުންޏަކާއި، ދުބާއީގެ ކުންފުންޏަކާ ވަނީ ހަވާލުކުރެވިފައި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 11 މެއި 2020 | ހޯމަ 04:33
އެސްޓީއޯގެ ހެޑް އޮފީސް ހުންނަ އިމާރާތް

އެސްޓީއޯގެ ހެޑް އޮފީސް ހުންނަ އިމާރާތް

ރާއްޖެއަށް 145 ވެންޓިލޭޓަރު ގެންނަން އަގު ހުށައެޅި ކުންފުނިތަކުގެ ތެރެއިން، އެންމެ ކުޑައަގެއް ހުށައެޅީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކަން ހާމަވެއްޖެ އެވެ.

ރާއްޖެއެމްވީ އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ވެންޓިލޭޓަރުތައް ގެންނަން ހުޅުވާލުމުން އެސްޓީއޯއިން ވަނީ ތަފާތު ތިން އޮޕްޝަނަކާއެކު ހެލްތު މިނިސްޓްރީ އަށް ކޯޓޭޝަން ހުށައަޅާފަ އެވެ.

Advertisement - newsAdvertisement

އެންމެ އަގުހެޔޮ އޮޕްޝަނަކަށް އެސްޓީއޯއިން ހުށައެޅީ ސްވިޑްންގެ ބްރީސް މަރުކާގެ 15 ވެންޓިލޭޓަރު ޔުނިޓް، ޔުނިޓެއް 206،000ރ. ރޭޓުން ޖުމްލަ 3.09 މިލިއަން ރުފިޔާ އަށެވެ. މިތަކެތި ޑެލިވަރީ ކޮށްދޭނެ ކަމަށް އެ ކުންފުނިން ހުށައެޅި މުއްދަތަކީ 30 ދުވަހާއި 45 ދުވަހާއި ދެމެދުގެ މުއްދަތެކެވެ.

ދެވަނަ އޮޕްޝަނަކަށް އެސްޓީއޯއިން ހުށައެޅީ، ޖަރުމަނުގެ އެކްސެންޓް މަރުކާގެ 15 ވެންޓިލޭޓަރު ޔުނިޓް، ޔުނިޓެއް 426،000ރ. ރޭޓުން ޖުމުލަ 6.4 މިލިއަން ރުފިޔާ އަށެވެ. މި އަގުގައި ހުށައެޅުނީ 15 ދުވަހާއި 20 ދުވަހާއި ދޭތެރޭގެ މުއްދަތެއްގެ ތެރޭގައި ގެނެސްދިނުމަށެވެ.

އެންމެ އަގުބޮޑުކޮށް ހުށައަޅާފައިވަނީ، 60 ދުވަހާއި 70 ދުވަހުގެ މުއްދަތެއްގެ ތެރޭގައި، ޔުނިޓެއް 878،475ރ. ގެ ރޭޓުން އެމެރިކާގެ ޖެނެރަލް އިލެކްޓްރިކް ކުންފުނީގެ ކެއަރސްކޭޕް މަރުކާގެ ވެންޓިލޭޓަރު ގެނެސްދިނުމަށެވެ.

ބިޑްކުރުމަކާ ނުލައި، ހެލްތު މިނިސްޓްރީން މި މަސައްކަތް ޙވާލުކޮށްފައިވަނީ "ސިންގަލް ސޯސް ޕްރޮކިއުމެންޓް" އުޞޫލުގެ ތެރެއިންނެވެ. މިއީ މި މަސައްކަތް އަވަސްކުރުމުގެ ގޮތުން ނިންމެވި ނިންމުމެއްކަމަށް މިނިސްޓަރ އަމީން ވަނީ ވިދާޅުވެފަ އެވެ.

އަމީން މިހެން ވިދާޅުވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ކުރެއްވި ސުވާލެއްޖެ ޖަވާބު ގައެވެ. މި މަސައްކަތް ޙަވާލުކުރެވުނު ތަފާތު ތިން ކުންފުންޏަކުން ކޯޓޭޝަން ނެގުމަށް ފަހުގައި ކަމަށް ވެސް މަޖިލީހަށް ފޮނުއްވެވި ޖަވާބުގައި ވެއެވެ.

މި ތިން ކުންފުންޏަކީ، އެސް.ޓީ.އޯ، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ނާޑް ޕްރައިވެޓް ލިމިޓެޑެވެ. އަދި މި ކުންފުނިތަކުން ކޯޓޭޝަން ނަގާފައިވަނީ 18 މަރޗު ގައެވެ. ތިން ކުންފުނީގެ ތެރެއިން ވެންޓިލޭޓަރު ގަންނަން ޙަވާލުކުރެވުނީ، މެޑްޓެކް އަދި ނާޑް ކުންފުންޏާ އެވެ.

މެޑްޓެކާ އެގްރީމަންޓް ހެދުނީ ޔުނިޓަކަށް 288،914ރ. ރޭޓުން، ބެލަވިސްޓާ ބްރޭންޑުގެ 50 ވެންޓިލޭޓަރު ގެނައުމަށެވެ. ހަތް ދުވަހާއި 14 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ގެނެސްދޭނެކަމަށް ކޯޓޭޝަންގައި ހިމަނާފައިވާއިރު، މި މަސައްކަތް ޙވާލުކުރެވުނީ 14،445،700ރ. އަށެވެ. އާދިއްތަ ދުވަހާ ހަމައަށް މީގެ ތެރެއިން އައިސްފައިވަނީ އެންމެ 18 ވެންޓިލޭޓަރެވެ.

ނާޑް ކުންފުންޏާ އެގްރީމަންޓް ހެދުނީ 14 ދުވަހުގެ ތެރޭގައި، ޔުނިޓެއް 351،577ރ. ރޭޓުން 20 ވެންޓިލޭޓަރު ގެނައުމަށެވެ. މި މަސައްކަތް އެ ކުންފުންޏާ ޙަވާލުކުރެވުނީ 7،031،541ރ. އަށެވެ. މިހާތަނަށް އަދި މި ކުންފުނީގެ އެއްވެސް ވެންޓިލޭޓަރެއް ރާއްޖެއަކަށް ގެނެސްފައެއް ނުވެއެވެ.

އެސްޓީއޯގެ ސްޕޯކްސްޕަރސަން ޢަބްދުﷲ މުޙައްމަދު ވިދާޅުވީ، އެ ކުންފުންޏާ މި މަސައްކަތް ޙަވާލުނުކުރި ސަބަބެއް މިހާތަނަށް އަންގާފައިނުވާ ކަމަށެވެ. އަދި ދުނިޔެއަށް ދިމާވެފައިވާ ޙާލަތަށް ރިޢާޔަތްކޮށް، އެހެން ކުންފުނިތަކުން ހުށައެޅި ތާރީޚުތަކަކީ "ރިއަލިސްޓިކް" ޑެލިވަރީ މުއްދަތެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އެސްޓީއޯއިން ހުށައަޅާފައިވާ އެންމެ ކުޑަ އަގުގައި އެ ކުންފުންޏާ މަސައްކަތް ޙަވާލުކުރެވުނުނަމަ، 20 ވެންޓިލޭޓަރު ގެންނަން ޚަރަދުވާނީ 4،120،000ރ. އެވެ. އަދި 50 ވެންޓިލޭޓަރު ގެންނަން ޚަރަދުވާނީ 10،300،000ރ. އެވެ. ނަމަވެސް، އެސްޓީއޯގެ ކޯޓޭޝަންގެ ތެރެއިން ރިޢާޔަތްކޮށްފައިވަނީ އެ ކުންފުނިން ހުށައެޅި އެންމެ އަގުބޮޑު އޮޕްޝަނަށެވެ.

ވެންޓިލޭޓަރުތައް ރާއްޖެއަށް ގެންނަން މިނިސްޓްރީ އޮފް ހެލްތުން ކުންފުނިތައް ހޮވުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނާ މައްސަލަ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަކަަމަށް ވެސް މަޢުލޫމާތު ވަނީ ލިބިފަ އެވެ. ވެންޓިލޭޓަރު ގެނައުމަށް ކުރާ މަސައްކަތަކީ ދައުލަތުގެ މާލިއްޔާއިން 56 މިލިއަން ރުފިޔާ ޚަރަދަކޮށްގެން ކުރާ މަސައްކަތެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު