Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިކަން ކުރުން

ކުދި އުޅަނދު ފަހަަރަށް މަސްވެރިކަމަށް ނިކުތުމުގެ ހުއްދަ ދޭން އއ. ފެރިދޫ ކައުންސިލުން ނިންމައިފި

10 މެއި 2020 | އާދީއްތަ 08:39

06 މޭލު ބޭރަށް ދިއުން މަނާވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 10 މެއި 2020 | އާދީއްތަ 08:39
އއ.ފެރިދޫ ކައުންސިލުން ނިންމީ، މިގޮތަށް ގިނަ ބަޔަކު އެދެމުންދާތީ

އއ.ފެރިދޫ ކައުންސިލުން ނިންމީ، މިގޮތަށް ގިނަ ބަޔަކު އެދެމުންދާތީ

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުން އަރައިގަނެވެންދެން 9 މީޓަރުން ދަށުގެ އުޅަނދު ފަހަަރަށް މަސްވެރިކަމަށް ނިކުތުމުގެ ހުއްދަ ދޭން އއ. ފެރިދޫ ކައުންސިލުން ނިންމައިފިއެވެ.

ފެރިދޫ ކައުންސިލުން ބުނީ ޢާއިލާގެ ކެއުމަށް ބޭނުންވާ މަސްބޭނުމަށް ކައިރީ ޞަރަޙައްދުތަކަށް ދަތުރުކުރުމަށް، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތައް ރަޖިސްޓްރީނުކޮށް އަދި ސަލާމަތީ ސަރޓިފިކެޓް ނެތް އުޅަނދުފަހަރާއި، ރަޖިސްޓްރީ ނުކުރާ ޑިންގީ ފަދަ އުޅަނދު ފަހަރުން ދަތުރުކުރުމުގެ ހުއްދައަށް އެދެމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ކައުންސިލުން ބުނީ ކޮވިޑް-19 އާ ގުޅިގެން އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުން އަރައިގަނެވެންދެން ރަށްކައިރީ ޞަރަޙައްދުތަކަށް މަސްވެރިކަން ކުރުމަށް ދަތުރުކުރުމުގެ ހުއްދަ މިއުޅަނދުތަކައް ދޭން ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެގޮތުން، މިކަމަށް އެދޭ އުޅަނދު ފަހަރުގެ ވެރިން ކައުންސިލުން ދޫކުރާ ފޯމުތައް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމުން އެކަން ހަމަޖައްސައިދޭނެކަމަށެވެ. އުޅަނދު ފަހަރު ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އޮޑީ ނަންބަރު ފޯމާއި، ކަނޑުގައި ދުއްވާ އުޅަނދު ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމާއި، އުޅަނދު ރަޖިސްޓްރީ ކުރުމަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ފޮޓޯކޮޕީއެއް ހުށަހަޅަން ޖެހޭ ކަމަށެވެ.

ކައުންސިލުން ބުނީ 9 މީޓަރަށްވުރެ ކުދި ދޯންޏާއި، ޑިންގީ އަދި ބޮއްކުރާގެ ގޮތުގައި ބޭނުންކުރާ އުޅަނދު ފަހަރަށް މަސްވެރިކަން ކުރުމަށް ރަށުގެ ފަރުން ފެށިގެން 6 މޭލަށްވުރެ ބޭރަށް ނުދާނެ ކަމަށް އުޅަނދުގެ ވެރި ފަރާތުން އެއްބަސްވުމާއެކު އުޅަނދު އޮޕަރޭޓް ކުރުމުގައި ސަލާމަތީ ގޮތުން ހުންނަން ލާޒިމުކުރާ ކަންކަން އެންމެ މަދުވެގެން (މަސްވެރިކަމުގައި އުޅަނދުން ދަތުރުކުރާ ކޮންމެ މީހަކަށް ލައިފް ޖެކެޓެއް، ދިއްލޭގޮތަށް އޮތް ޓޯޗް ބައްތިއެއް، ގުޅޭނެ ފަދަ ގޮތަކަށް އޮތް ކޮމިއުނިކޭޝަން އާލާތެއް ނުވަތަ ވީ.އެޗް.އެފް ސެޓެއް، ހަންޖަހަން ބޭނުންކުރާ އޮރެންޖު ދިދައެއް، އިންޖީނު މަރާމާތު ކުރެވޭނެ ފަދަ ޓޫލްސްތައް އަދި ދަތުރަށް ބޭނުންވާނެ ވަރަށް ތެލާއި ފެން) އުޅަނދުގައި ދަތުރުކުރާއިރު ހުންނާނެ ކަމުގެ ޔަޤީންކަން ކައުންސިލަށް ލިޔުމުން ހުށަހަޅަންޖެހޭ ކަމަށެވެ.

ކައުންސިލުން ބުނީ މިގޮތުން ދެވޭ ހުއްދައިގެ ދަށުން، 06 މޭލު ބޭރަށް ދިއުމާއި، އެހެން ރަށްރަށަށް ދިއުމާއި، މިޙާލަތުން އަރައިގަނެވެންދެން ކުޑަކުދިން ގޮވައިގެން މަސްވެރިކަން ކުރުމަށް ދިއުމަކީ މަނާކަމެއް ކަމަށެވެ.

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް