Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފުލުހުންގެ އޮޕަރޭޝަން

އަތޮޅު ތެރޭގައި ހިންގި އޮޕަރޭޝަންތަކެއް: މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބަޔަކު ހައްޔަރަށް!

ހިންމަފުށިން 2 މީހަކު ވަނީ ހައްޔަރުކޮށްފައި، ދެމީހުންގެ ބަންދަށް 15 ދުވަސް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 10 މެއި 2020 | އާދީއްތަ 02:43
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހުންތަކެއް ހައްޔަރުކޮށްފިއެވެ.

ހޮނިހިރު ދުވަހު ފުލުހުން އާންމުކޮށްފައިވާ މައުލޫމާތު ތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ގިނަ އަދަދެއްގެ ކޭސްތަކެއް ހިމެނެއެވެ. އެގޮތުން، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކ. ހިންމަފުށީގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންމަފުށީގައި ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނެފައިވަނީ، މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެއްކަމަށެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

Advertisement - newsAdvertisement

މި ދެ މީހުންގެ ތެރެއިން 29 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހިންމަފުށީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ހިނގާ މެއި 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 37 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 34 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މެއި 5 ވަނަ ދުވަހު ހިންގި ދެވަނަ އޮޕަރޭޝަނުގައެވެ. އެ އޮޕަރޭޝަނުގައި، އޭނަ ހައްޔަރުކޮށް ބަލައި ފާސްކުރިިިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި ދެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށްވެސް 15 ދުވަހުގެ މުއްދަތު ކޯޓުންވަނީ ދީފައެވެ.

ފުލުހުންވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ހދ. މަކުނުދޫ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކޯޓުއަމުރެއްގެ ދަށުން މަކުނުދޫ ގެ އެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާކަމަށް ބުނެފައެވެ. މި މައްސަލައާ ގުޅިގެން 18 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ހިނގާ މެއި މަހުގެ 06 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.

އެ އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ގެ އިން އެނާ ހައްޔަރުކޮށް އެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 15 ކަރުދާސްކޮޅު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަނދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮވިޑް-19އާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ފުލުހުން ކުރަމުންދާ މަސައްކަތް އިތުރުވުމާއެކު އެކަމުގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތް ކުރަމުންދާކަމަށާއި އެފަދަ ފުރުސަތު ނުދީ ފުލުހުންގެ އޮޕަރޭޝަންތައް ކުރިޔަށް ގެންދާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު